Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސުންގެ އިނާޔަތް

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

ރައީސުންނަށް ސެކިއުރިޓީ ދިނުމަކީ ޤާނޫނު ލާޒިމްކުރާ ކަމެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 9 މާރިޗު 2017 | ބުރާސްފަތި 04:19
ރައީސް މައުމޫނު އަބްދުއް ޤައްޔޫމް، ރައީސް ޔާމީނާއި ސަލާންކުރައްވަނީ -- ސަރުކާރުން އަންނަނީ ރައީސް މައުމޫނަށްވެސް ފިއްތުންތައް ކުރިމަތިކުރުވަމުން

ރައީސް މައުމޫނު އަބްދުއް ޤައްޔޫމް، ރައީސް ޔާމީނާއި ސަލާންކުރައްވަނީ -- ސަރުކާރުން އަންނަނީ ރައީސް މައުމޫނަށްވެސް ފިއްތުންތައް ކުރިމަތިކުރުވަމުން

ސަރުކާރާ ހިޔާލުތަފާތުވުމުން, ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށްދޭ ސެކިއުރިޓީ ދިނުން ހުއްޓާ ނުލެވޭނެ ކަމަށާއި، ރައީސް މައުމޫނަށް ސެކިއުރިޓީ ދޭންޖެހޭނެ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި އަބްދުﷲ ރިޔާޒް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ތިއްބެވި، ކުރީގެ ރައީސުންނަށް ސެކިއުރިޓީ ދިނުމަކީ ޤާނޫނު ލާޒިމްކުރާ ކަމެއް ކަމަށެވެ. އަދި ސަރުކާރާ ހިޔާލުތަފާތުވުމަކީ ސެކިއުރިޓީ ދިނުން ހުއްޓަލްނޖެހޭ ސަބަބެއް ނޫންކަމަށް ރިޔާޒް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އިންޑިއާއަށް ކުރައްވާ އަމިއްލަ ދަތުރުފުޅެއްގައި ރައީސް މައުމޫން ފުރާވަޑައިގަތީ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އެމަނިކުފާނު ފުރާ ވަޑައިގެންނެވީ ސެކިއުރިޓީ ހަމަޖައްސައިނުދިނުމުގެ ސަބަބުން، ސެކިއުރިޓީއައި ނުލާ އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް މައުމޫންގެ ހަށިފާރަވެރިންނަށް އެމަނިކުފާނާއި އެކު ދަތުރުނުކުރެވޭނެކަން އެމްއެންޑީއެފް އިން އަންގާފައިވަނީ އެއާޕޯޓްގެ ވީއައިޕީ ލޯންޖްއާ ހަމައިންނެވެ. ހަށިފާރަވެރިންނަށް ރައީސް މައުމޫނާއި އެކު ދަތުރު ނުކުރެވޭނެ ސަބަބު އަންގާފައި ނުވިޔަސް ވީއައިޕީ ލޯންޖްއާ ހަމައިން އެމީހުންގެ އަތުގައި ހުރި ޓިކެޓާއި އެނޫން ވެސް ދަތުރަށް ބޭނުންވާނެ ލިޔުންތައް ވަނީ އަތުލާފައެވެ. ހަށިފާރަވެރިންގެ އަތުން ޓިކެޓާއި ލިޔެކިޔުންތައް އަތުލުމަށް އެމީހުން ލަގެޖް ވެސް ވަނީ ޗެކިން ކުރުމަށް ފަހު އަލުން އަނބުރާ ނެރެފައި ކަމަށް ވެސް އެނގިފައި ވެއެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތްކުރާ އެމްއެންޑީއެފް އޮފިސަރުންނަށް އެމަނިކުފާނާ އެކު ރާއްޖޭން ބޭރަށް ނުފުރޭނެ ކަމަށް އަންގާފައިވާ އިރު، މީގެ ކުރިން އުސޫލުތަކަށް ގެނެވުނު ބަދަލަކާއި ގުޅިގެން ކަމަށް ބުނެ، ރައީސް މައުމޫންގެ ސެކިއުރިޓީގެ ގޮތުގައި އެމަނިކުފާނުގެ ކާރުކޮޅާ އެކު ދަތުރުކުރާ އެމްއެންޑީއެފްގެ ވެހިކަލް ވެސް ވަނީ ދަތުރުކުރުން ހުއްޓުވާލާފައެވެ.

ބުދަ ދުވަހު ދަތުރުފުޅުގެ ކުރިން ނޫސްވެރިންނަށް މައުލުމާތުދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ، ސަރުކާރުންކޮށްފާނެ ކަމަކަށް ބިރު ނުގަންނަ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ހައްޔަރުކޮށްފާނެތީވެސް ބިރު ނުގަންނަ ކަމަށެވެ. ރައީސް މައުމޫނު ވިދާޅުވީ ސިޔާސީ ކަންތައްތައްދާގޮތުން އެމަނިކުފާނު ހައްޔަރުކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިނުވާކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު