Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައި ކޯޓް

ޕީޖީ ގަބޫލު ކުރައްވަނީ އަބްދުﷲ ސައީދުގެ މައްޗަށް އައިސްފައިވާ ޖަލު ހުކުމުގެ މުއްދަތު ކުޑަވާން ޖެހޭނެ ކަމަށް

އިސްތިއުނާފުގެ އަޑުއެހުންތައް ވަނީ ނިމިފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 29 މެއި 2018 | އަންގާރަ 13:50
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު؛- ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވެފައި

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު؛- ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވެފައި

ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އިއްވާފައިވާ ޖަލު ހުކުމުގެ މުއްދަތު ކުޑަވާން ޖެހޭނެ ކަމަށް ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނަރަލްގެ ވަކީލުން ހައި ކޯޓުގައި ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވާފައިވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމަކީ އެމަނިކުފާނުފާނުގެ ސާބިތުވެފައިވާ ކުށާ އަޅާބަލާއިރު އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަދަބެއް ކަމަށް ބުނެ ޕީޖީ އޮފީހުގެ ވަކީލުން ވާހަކަ ދެއްކެވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކޮށްދޭން އެދި ހައި ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

ދައުލަތުން އެގޮތައް ވާހަކަ ދެއްކެވީ އަބްދުﷲ ސައީދަށް މި މައްސަލައިގައި ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ނުދީ ކަމަށް އެމަނިކުފާނުގެ ވަކީލުން ފާހަގަ ކުރެއްވުމުންނެވެ. އެ ނުކުތާއާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ތައުފީގު ވިދާޅުވީ ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދައުލަތައް ވެސް ފުރުސަތު ނުދީ ކަމަށެވެ.

އެއާކު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އަދަބާ ގުޅޭ ގޮތުން ދައުލަތުން ދެކޭ ގޮތް ހާމަ ކުރުމަށް ފުރުސަތު ދެއްވާފައެވެ. އަދި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްވުމަށް އަންގާރަ ދުވަހުގެ ހެނދުނު ބޭއްވި އަޑުއެހުން މެދު ކަނޑާލުމަށް ފަހު އަޑުއެހުން ދެން ބޭއްވީ މެންދުރު ފަހުއެވެ.

އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް އެ ކުށުގައި އަދަބު އަންނަ ޖެހޭނީ ކުށުގެ އަދަބަށް ކަނޑައަޅާފައިވާ އަސާސީ މިންގަނޑަށް ވުރެ ތިން ދަރަޖަ އިތުރު ވެގެން ކަމަށެވެ. އެހެން ކަމުން ދައުލަތުން ގަބޫލު ކުރަނީ އުއްތަމަ ފަނޑިޔާރަށް އަންނަން ޖެހޭނީ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް މި ކުށުގެ އަދަބެއްގެ ގޮތުން 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ އަސާސީ މިންގަނޑަށް ވުރެ ހަތަރު ދަރަޖަ އިތުރު ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ އަދަބުގެ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށްކޮށް އަދަބު ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވި ނަމަވެސް މިއީ އަސާސީ މިންގަނޑަށް ވުރެ ތިން ދަރަޖަ އިތުރު މިންވަރެކެވެ. ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އަސާސީ އަދަބެއް ކަމަށް ކަނޑައަޅާފައި ވަނީ 9 މަހާއި 18 ދުވަހެވެ. ނަމަވެސް މި ކުށުގެ އަދަބު އަބްދުﷲ ސައީދުގެ މައްޗަށް ސާބިތުވުމުން އަދަބު ތިން ދަރަޖައަށް އިތުރު ވެގެންދަނީ އެކުށުގެ ސަބަބުން އާންމު މުވައްސަސާއަށް އެކަށީގެންވާ ބޮޑު ހުރަހެއެއް އެޅި ނުވަތަ ގެއްލުމެއް ލިބިގެން ދިއުމުން ކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި އެކުށް ކޮށްފައިވާ ފަރާތަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ފަރާތް ކަމަށްވާއިރު އޭގެ ސަބަބުން ރައްޔިތުންގެ އިތުބާރު އަދުލު އިންސާފުގެ ދައިރާއަށް ގެއްއލިގެން ގޮސްފައިވުމަކީ ވެސް ކުށުގެ އަދަބު ބޮޑުވާން ޖެހޭ ސަބަބެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދަށު ކޯޓުގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ނުދޭ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވުމުން އުއްތަމަ ފަނޑިޔާރުގެ ދިފާއީ ވަކީލު ނޫރުއް ސަލާމް ވިދާޅުވީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މި މައްސަލަ ނިންމިއިރު ދަށު ކޯޓުން ދީފައިނުވުމުން މި މައްސަލައަކީ އިޖްރާއަތްތައް ފުރިހަމަ ނުކޮށް ނިންމާފައިވާ މައްސަލައެއް ކަން އެނގޭ ކަމަށެވެ. އެހެން ކަމުން އެކަމަށް ރިއާޔަތްކޮށް ވެސް ދަށު ކޯޓުގެ ހުކުމް ބާތިލް ކުރަން ޖެހޭނެ ކަަމަށް ނޫރުއް ސަލާމް ވިދާޅުވިއެވެ. ނޫން ނަމަ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދަށު ކޯޓުގައި ދިނުމަށް މައްސަލަ ފޮނުވާލުމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. އަދި އެ ނޫން ގޮތަކަށް ހައި ކޯޓުން އަމަލު ކޮށްފި ކަމަށްވާ ނަމަ އަދަބު ކަނޑައެޅުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދަށު ކޯޓުން އުއްތަމަ ފަނޑިޔާރަށް ގެއްލިގެން ދިޔައީ ކަމަށް ވެސް ނޫރުއްސަލާމް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަސާސީ މިންގަނޑަށް ވުރެ އަދުބުގެ ދަރަޖަ ބޮޑުވާން ޖެހޭނެ ކަމަށް ބުނެ ދައުލަތުން ގާނޫނު އަސާސީގެ ބައެއް މާއްދާތަކާ ހަވާލާދިން ނަމަވެސް އަސާސީ މިންގަނޑަށް ވުރެ އަދަބު ބޮޑުވާން ޖެހޭނެ ކަމަށް ކަނޑައެޅުމުގައި ހަވާލާދޭން ޖެހޭނީ ގާނުލް އުގުބާތުގެ މާއްދާތަކާ ކަމަށް ނޫރުއް ސަލާމް ވިދާޅުވިއެވެ. އަދި އެ ކުށުގެ ސަބަބުން އެކަށީގެންވާ ބޮޑު ގެއްލުމެއް ލިބިފައިވާތީ އަދަބު ބޮޑުވާން ޖެހޭނެ ކަމަށް ދައުލަތުން ފާހަގަ ކުރި ނަމަވެސް އެކުށުގެ ނަތީޖާއެއް ނިކުމެފައިނުވާއިރު ކަމެއްގައި ވާނެ ގެއްލުމެއް ނޯންނާނެ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވިއެވެ.

ނޫރުއްސަލާމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް މި ކުށް ސާބިތުވާ ނަމަ އަންނަން ޖެހޭނެ އަދަބަކީ ދެ މަހާއި 12 ދުވަސް ކަމަށެވެ. އެއީ އެކުށުގެ އަދަބުގެ އަސާސީ މިންގަނޑަށް ވުރެ ދެ ދަރަޖަ ދަށް މިންވަރެކެވެ. އޭގެ އިތުރުން ނޫރުއްސަލާމް ވިދާޅުވީ އެށުގެ ތުހްމަތާ އެކު އަބްދުﷲ ސައީދު 6 ފެބްރުއަރީ ފެށިގެން 21 މާޗްގެ ނިޔަލަށް ބަންދު ކޮށްފައި ހުންނާތީ އެ މުއްދަތު ވެސް ކަނޑައިދިނުމަށް ހުށަހެޅުއްވިއެވެ.

ދަށު ކޯޓުގެ ދެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި މި ދައުވާ ސާބިތުވެ ދެ ބޭފުޅުންނަށް ވެސް އައިސްފައި ވަނީ އެއް ހުކުމެވެ. ދަށު ކޯޓުގައި މި މައްސަލަ އެއްކޮން ކުރިއަށް ގެންދިޔަ ނަމަވެސް ހައި ކޯޓުގައި އިސްތިއުނާފު ކުރިއަށް ދަނީ ވަކި ވަކިންނެވެ. އަންގާރަ ދުވަހު ވަނީ އަލީ ހަމީދުގެ ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލައިގައި ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ދަށު ކޯޓުން އަދަބު ކަނޑައަޅާފައި ވަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ނުދެއްވައި ކަން އަލީ ހަމީދުގެ ވަކީލުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދަށު ކޯޓުން ނުދޭ ކަމަށް ދައުލަތުގެ ވަކީލު ވެސް ފާހަގަ ކުރައްވައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ވީތޯ އެއްސެވުމުން ފަނޑިޔާރުންގެ މަޖިލީހުން އެ ފުރުސަތު ދީފައެއް ނުވެއެވެ. އެހެންވެ އަލީ ހަމީދަށް ކަނޑައަޅާފައިވާ އަދަބާ ގުޅޭ ގޮތުން ދައުލަތުން ދެކޭ ގޮތެއް ނޭނގެއެވެ.

ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރަށް އަދަބު ކަނޑައެޅާފައި ވަނީ އަދަބާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ ކަމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލު ހިސާން ހުސެއިން ރާއްޖެޓީވީއަށް ދިން އިންޓަވިއު ގައި ވިދާޅުވުމާ ގުޅިގެން އޭނާގެ ބަޔާން ކްރިމިނަލް ކޯޓުން ވަނީ ނަގާފައެވެ. އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލް ކުރަން ހުށައެޅި މައްސަލައިގެ އަޑުއެހުންތައް އަންގާރަ ދުވަހު ވަނީ ނިންމާލާފައެވެ. އަދި އިތުރު ކަމެއް ފާހަގަ ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު