Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއް ކޮށްދެއްވުމުން ތައުރީފް ކުރަން ނުޖެހޭނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 15 ޖެނުއަރީ 2017 | އާދީއްތަ 01:58
ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

ޕީޕީއެމް މަޖިލީސް މެންބަރުނާއި މިނިސްޓަރުން ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ކުރައްވާ ތައުރީފަކީ, ހުދުމުހްތާރު ވެރިކަމެއްގައި ކުރައްވަންޖެހޭ އަދި އުޅުއްވަންޖެހޭ ގޮތް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ މިނިސްޓާރުންނާއި ޕީޕީއެމް މަޖިލީސް މެންބަރުން ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ތައުރީފް ކުރުން ނޫން ކަމެއް ނުކުރައްވާ ކަމަށެވެ. އެ އަމަލަކީ ނާޒިމު ވިދާޅުވި ގޮތުގައި، ހުދުމުހުތާރު ވެރިއެއްގެ އަރިހުގައި ތިއްބަވައިގެން މިނިސްޓަރުން ނުވަތަ ޕާލިމްންޓް ގްރޫޕްގެ މެންބަރުން އެންމެ ދައްކަވަން އެކަށީގެންވާ ސިފަ އެވެ.

ހުދުމުތާރު ވެރިއެއްގެ ކައިރީގައި ތިއްބަވާ ބޭފުޅުން، އެ ވެރިޔަކު ރުއްސައިގެން ކަމެއް ކުރެވޭނެ ކޮންމެ މަގެއް ބަލަމުންދާނެ ކަމަށާއި ނަމަވެސް ހަމަ ބުއްދިން ވިސްނައިފި ކަމުގައި ވަނީނަމަ އެބެފުޅުންނަށް އެ ކުރެވެނީ ރަނގަޅު ކަމެއް ނޫންކަން އެނގޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މެޑަމް ފާތުން ކެމްޕޭން ޖަލްސާ ފެއްޓެވުމުން އެކަމަނާ ވަރު ބޭފުޅެއް ނެތިގެން ވާހަކަ ދައްކަމުންދާއިރު އެބޭފުޅުންނަށް މުސާރަ ދެއްވަނީ މެޑަމް ފާތުމައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެބޭފުޅުން ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ގޮސްތިބެ މެޑަމް ފާތުންގެ މޮޅު ވާހަކަ ދައްކަން ލަދެއް ނުގަނޭތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ބައެއް މެންބަރުން ރައީސްގެ ދެކަބަލުންނަށް ތައުރީފް ކުރަމުން ގޮސް ކިޔޭ ނުކުޔޭ އެއްޗެއް ނޭނގި ބުއްދި ފިލައިދާ ހިސާބަށް ވާހަކަ ދައްކަމުން ދާކަން ނާޒިމް ވަނީ ފާހަގަ ކުރައްވަފައެވެ.

އެވާހަކަ ތަކަކީ ހިތުން ރުހުމުން ދައްކާ ވާހަކަ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއީ ބަޔަކު ނުވަތަ ވެރިއަކު ރުއްސަން ދައްކާ ވާހަކަ ތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އެ ރައްޔިތުން ހޮވާފައި ހުންނަވާ ވެރިއަކަށް ލާޒިމް ކަމަކަށް ވާއިރު ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއް ކޮށްދެއްވުމުން ތައުރީފް ކުރަން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ މިނިވަން އިންސާފުވެރި އިލެކްޝަންސް ކޮނިޝަނެއް އޮވެ ހުރިހާ ސިޔާސީ ޕާޓީއެއްގެ ބޭފުޅުނަށްކުރިމަތިލެވޭ އިންސާފުވެރި އިންތިޚާބެއް ބާއްވާފިނަމަ ރައީސް ޔާމީނަށް ރިޔާސީ އިންތިކާބް ކާމިޔާބު ނުކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
05 މާރިޗު 2017

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

05 މާރިޗު 2017
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
20 ފެބުރުއަރީ 2017

ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ

20 ފެބުރުއަރީ 2017
ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް