Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ބަންދުކުރި މައްސަލަ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

އިޖުރާއީ ކަންކަން ފުރިހަމަކޮށް ނަޝީދުގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 23 ޖެނުއަރީ 2017 | ހޯމަ 11:34
ރައީސް ނަޝީދު: މިހާރު ވެސް ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގައި

ރައީސް ނަޝީދު: މިހާރު ވެސް ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގައި

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އެއިރުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އާރަށުގައި ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެމަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލި ފަހުންނެވެ.

އެ މައްސަލައިގައި ފުލުހުން ތަހުގީގު ހިންގާފައިވަނީ ރައީސް ނަޝީދާއި، އެއިރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ އިތުރުން އެއިރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށެވެ. އެ މައްސަލައިގައި އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް، ކްރިމިނަލް ކޯޓުގައި ޝަރީއަތް ދަނީ ހިންގަމުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި ޔާމީން ބަންދުކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވާކުރުމަށް ފޮނުވާފައިވަނީ ރައީސް ނަޝީދާއި އަމީން ފައިސަލްގެ މައްޗަށެވެ. އެ އޮފީހުން ބުނީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ނުކުރެވިވަނީ އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރުމުންނެވެ.

ޕީޖީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިޖުރާއީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރަމުންދާ ކަމަށާއި، އަދި ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ އެ ކަންތައްތައް ފުރިހަމަކުރެވުމުން ކަމަށެވެ.

ރައީސް ނަޝީދާއި، އަމީން ފައިސަލްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ފޮނުވިއިރު، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީއާ އާއިލީ ގުޅުން އޮންނަ މުސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކުރަން ނުފޮނުވީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ކޮމެންޓެއް ހޯދަން މަހަކަށް ވުރެ ގިނަ ދުވަސްވަންދެން ރާއްޖެއެމްވީ އިން މަސައްކަތް ކޮށްފައިވީ ނަމަވެސް، ފުލުހުން ކޮމެންޓެއް ނުކުރި އެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވާފައިވާއިރު، މިހާރު ވެސް އެމަނިކުފާނު ހުންނެވީ ޓެރަރިޒަމުގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ވެރިކަމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގިރިފުށީގައި ބަންދުކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައިވީ ނަމަވެސް، ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސީވިލާތަށް އަރުވާލެވިގެން އެގައުމުގަ އެވެ. އެގައުމުގައި ހުންނަވަނިކޮށް ސަރުކާރުން ވަނީ ރައީސް ނަޝީދުގެ ޕާސްޕޯޓް ކެންސަލް ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު