Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއައިމެކްސް

އައިމެކްސްވެސް ސައުދީ އަރަބިއާއަށް

14 މެއި 2018 | ހޯމަ 09:05

ސައުދީގައި އާންމުކޮށް ސިނަމާ ހުޅުވާފައިވަނީ މެއި 18 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 14 މެއި 2018 | ހޯމަ 09:05
ސިނަމާއެއް

ސިނަމާއެއް

އާންމުކޮށް ފިލްމު ދެއްކުން މަނާ ކޮށްފައި އޮތް އޮތުން ގާތްގަނޑަކަށް 30 އަހަރަށް ވުރެ ދިގު މުއްދަތަކަށްފަހު ނިމުމަކަށް ގެނެސް ސައުދީ އަރަބިއްޔާގައި ސިނަމާއެއްހަދައި ހުޅުވާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ.

ސައުދީގައި އަލުން އާންމު ސިނަމާ ހުޅުވުމަށްފަހު، އެ ޤައުމުން މިހާރު ވަނީ އެ ޤައުމުގައި 4D ސިނަމާ ހުޅުވުމަށް ކުންފުންޏަކާއި މަޝްވަރާ ކޮށްފައެވެ.

ސައުދީ ސިނަމާތަކާއި ގުޅިގެން އެންމެ ފަހުގެ ޚަބަރަކީ، އެގައުމުގައި އައިމެކްސް ފޯމެޓްގައި ފިލްމު ދެއްކޭނެ ސިނަމާތައް ގާއިމްކުރި ޚަބަރެވެ. މިދިޔަ މެއި މަހުގެ 30 ގައި ސައުދީގެ ރިޔާޒްގައި ވަނީ އައިމެކްސް ސިނަމާއެއް ހުޅުވާފައެވެ. ސައުދީގެ ޖެނެރެލް ކަލްޗަރ އޮތޯރިޓީއާއެކު ހެދި އެއްބަސްވުމުގައި، ސައުދީގައި އައިމެކްސް ޓެކްނޮލޮޖީ އާއިއެކު ވިއްސާއި ތިރީހާއި ދެމެދުގެ އަދަދަކަށް ސިނަމާ ގާއިމް ކުރަން ނިންމާފައިވާ ކަމަށާއި މި ސިނަމާތައް ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ގާއިމްކުރުމަށް މިހާރު ކުންފުނިތަކާއި މަޝްވަރާކޮށްފައިވާ ކަމަށް އައިމެކްސްގެ ސީއީއޯ ރިޗް ގެލްފޮންޑް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ސައުދީގައި ހަދާ ފިލްމުތަކާއި ޑޮކިއުމެންޓްރީތައް އައިމެކްސް ފޯމެޓްގައި ހެދުމަށާއި އިންޓަނޭޝަނަލް މާކެޓަށް ފިލްމުތައް ނެރެދިނުން ހިމެނޭ ކަމަށެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމެންޓުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ދި ޑިވެލޮޕްމެންޓް އެންޑް އިންވެސްޓްމެންޓް އެންޓަރޓެއިން ކޮމްޕެނީއާއި އޭއެމްސީ އެންޓަރޓެއިންމެންޓް ގުޅިގެން މިދިޔަ މަހުގެ 18 ގައި އެންމެ ފުރަތަމަ ސިނަމާ ހުޅުވާފައިވަނީ ރިޔާޒްގައި ހުންނަ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓްގައެވެ.

ސައުދީއާއި އެ ގައުމުން ބޭރުގެ އެތައް މެހެމާނުންނެއް ހާޒިރުވި މި ރަސްމިއްޔާތުގައި ސިނަމާގައި ފުރަތަމަ އަޅުވާފައިވަނީ މާވެލްގެ ސުޕަހީރޯ ފިލްމު ބްލެކް ޕެންތާއެވެ.

އިތުރަށް ކިޔާލަން

31 އޯގަސްޓު 2018

ސައުދީގައި ރިލީޒް ކުރި ފުރަތަމަ ބޮލީވުޑް ފިލްމަކަށް އަކްޝޭގެ 'ގޯލްޑް'

31 އޯގަސްޓު 2018
ސައުދީގައި ރިލީޒް ކުރި ފުރަތަމަ ބޮލީވުޑް ފިލްމަކަށް އަކްޝޭގެ 'ގޯލްޑް'
19 ޖޫން 2018

ސައުދީގެ މުނިފޫހިފިލުވުމާއިބެހޭ އިދާރާގެ ވެރިޔާ މަޤާމުން ވަކިކޮށްފި

19 ޖޫން 2018
ސައުދީގެ މުނިފޫހިފިލުވުމާއިބެހޭ އިދާރާގެ ވެރިޔާ މަޤާމުން ވަކިކޮށްފި
11 އެޕްރީލު 2018

މިފަހަރު ބާއްވާ ކޭންސް ފިލްމު ފެސްޓިވަލްގައި ސައުދީން ބައިވެރިވަނީ

11 އެޕްރީލު 2018
މިފަހަރު ބާއްވާ ކޭންސް ފިލްމު ފެސްޓިވަލްގައި ސައުދީން ބައިވެރިވަނީ
10 އެޕްރީލު 2018

ސައުދީގައި އަޅުވާ ފުރަތަމަ ފިލްމަށް ބްލެކް ޕެންތާ

10 އެޕްރީލު 2018
ސައުދީގައި އަޅުވާ ފުރަތަމަ ފިލްމަށް ބްލެކް ޕެންތާ
08 އެޕްރީލު 2018

 ސައުދީގެ ފުރަތަމަ ސިނަމާ މިމަހުގެ 18 ގައި ހުޅުވަނީ

08 އެޕްރީލު 2018
 ސައުދީގެ ފުރަތަމަ ސިނަމާ މިމަހުގެ 18 ގައި ހުޅުވަނީ
16 ޖެނުއަރީ 2018

ވަނދު ފިލްމަކުން ސައުދީ ގައި 30 އަހަރު ފަހުން އާއްމުންނަށް ފިލްމް ދައްކަން ފަށައިފި

16 ޖެނުއަރީ 2018
ވަނދު ފިލްމަކުން ސައުދީ ގައި 30 އަހަރު ފަހުން އާއްމުންނަށް ފިލްމް ދައްކަން ފަށައިފި
26 އޮކްޓޯބަރު 2017

ސައުދީ އަރަބިއްޔާ އިން ރޮބޮޓަކަށް ރަށްވެހިކަން ދީފި

26 އޮކްޓޯބަރު 2017
ސައުދީ އަރަބިއްޔާ އިން ރޮބޮޓަކަށް ރަށްވެހިކަން ދީފި
18 އޮކްޓޯބަރު 2017

މިސްރުގެ ލަވަކިޔުންތެރިޔާ ޝެރީންގެ ކޮންސަރޓް ސައުދީން ކެންސަލްކޮށްފި

18 އޮކްޓޯބަރު 2017
މިސްރުގެ ލަވަކިޔުންތެރިޔާ ޝެރީންގެ ކޮންސަރޓް ސައުދީން ކެންސަލްކޮށްފި
06 އޮކްޓޯބަރު 2017

ރަޝިއާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނުގެ ރަން އެސްކަލޭޓަރ މަސައްކަތެއް ނުކުރި

06 އޮކްޓޯބަރު 2017
ރަޝިއާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނުގެ ރަން އެސްކަލޭޓަރ މަސައްކަތެއް ނުކުރި
12 މެއި 2017

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

12 މެއި 2017
ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް