Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސައުދީ އަރަބިއާ

މިސްރުގެ ލަވަކިޔުންތެރިޔާ ޝެރީންގެ ކޮންސަރޓް ސައުދީން ކެންސަލްކޮށްފި

މި ޚާއްސަ ކޮންސަރޓަކީ، ކެންސަރު ބައްޔާއި ހަނގުރާމަކުރަމުންދާ ކުޑަކުދިންނަށް އެހީވުމަށް ރޭވި ކޮންސަރޓެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 18 އޮކްޓޯބަރު 2017 | ބުދަ 20:56
މިސްރުގެ މަޝްޙޫރު ލަވަކިޔުންތެރިޔާ ޝެރީން އަޙުމަދު ޢަބްދުލްވައްޙާބް

މިސްރުގެ މަޝްޙޫރު ލަވަކިޔުންތެރިޔާ ޝެރީން އަޙުމަދު ޢަބްދުލްވައްޙާބް

މިސްރުގެ މަޝްޙޫރު ލަވަކިޔުންތެރިޔާ ޝެރީން އަޙުމަދު ޢަބްދުލްވައްޙާބް ސައުދީ އަރަބިއާގައި ދިނުމަށް ހަމަޖެހިފައި އޮތް ކޮންސަރޓްއެއް އެޤައުމުގެ މުނިފޫހިފިލުވުމާއި ބެހޭ އިދާރާއިން ހުއްޓުވައިފިއެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ސައުދީގެ ޖެނެރަލް އެންޓަރޓެއިންމަންޓް އޮތޯރިޓީން ބުނީ، މި އޮކްޓޯބަރ މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައި އޮތް ޝެރީންގެ ކޮންސަރޓް ކެންސަލް ކޮށްފައިވާ ކަމަށެވެ. އެ އިދާރާއިން ބުނީ ކޮންސަރޓް ކެންސަލްކުރީ އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ނަގަންޖެހޭ ލައިސެންސް ނެގުމަށް ހުށަހަޅާފައި ނުވާތީ ކަމަށެވެ.

ޝެރީންގެ މި ޚާއްސަ ކޮންސަރޓަކީ، ކެންސަރު ބައްޔާއި ހަނގުރާމަކުރަމުންދާ ކުޑަކުދިންނަށް އެހީވުމަށް ފައިސާ ހޯދުމަށް ރޭވި ކޮންސަރޓެކެވެ.

ޒަމާންތަކެއްވަންދެން ސައުދީގައި މުނިފޫހިފިލުވުމުގެ މިފަދަ ހަރަކާތްތައް މަނާކޮށްފައި އޮތުމަށްފަހު، މިފަދަ ހަރަކާތްތައް ހިންގުމަށް ފުރުޞަތުދޭން ފެށީ ދާދި ފަހުންނެވެ. ނަމަވެސް މިގޮތަށް ހުއްދަދޭން ފެށި ނަމަވެސް، ޝޯތަކާއި ކޮންސަރޓް ބޭއްވުމުގެ ހުއްދަ މިހާތަނަށް މުޅިންވެސް ދީފައިވަނީ ފިރިހެން ފަންނާނުންނަށެވެ.

އިތުރަށް ކިޔާލަން

11 މެއި 2020

މަޝްހޫރު ލަވަކިޔުންތެރިޔާ ބެޓީ ރައިޓް މަރުވެއްޖެ

11 މެއި 2020
މަޝްހޫރު ލަވަކިޔުންތެރިޔާ ބެޓީ ރައިޓް މަރުވެއްޖެ
16 ފެބުރުއަރީ 2019

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި ފިލްމީތަރި އޮލެންޑޯ ބްލޫމް އެންގޭޖްވެއްޖެ!

16 ފެބުރުއަރީ 2019
ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި ފިލްމީތަރި އޮލެންޑޯ ބްލޫމް އެންގޭޖްވެއްޖެ!
11 އެޕްރީލު 2018

މިފަހަރު ބާއްވާ ކޭންސް ފިލްމު ފެސްޓިވަލްގައި ސައުދީން ބައިވެރިވަނީ

11 އެޕްރީލު 2018
މިފަހަރު ބާއްވާ ކޭންސް ފިލްމު ފެސްޓިވަލްގައި ސައުދީން ބައިވެރިވަނީ
25 ޖެނުއަރީ 2018

މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯން ބާއްވާ އެންމެ ފަހު ޓުއަރ އިއުލާނުކޮށްފި

25 ޖެނުއަރީ 2018
މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯން ބާއްވާ އެންމެ ފަހު ޓުއަރ އިއުލާނުކޮށްފި
16 ޖެނުއަރީ 2018

ދަ ކްރޭންބެރީސްގެ ލަވަކިޔުންތެރިޔާ ޑޮލޯރްސް އޮރަޔޯޑާން މަރުވެއްޖެ

16 ޖެނުއަރީ 2018
 ދަ ކްރޭންބެރީސްގެ ލަވަކިޔުންތެރިޔާ ޑޮލޯރްސް އޮރަޔޯޑާން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު