Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަނބިމީހާ ރުއްސުން

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

ގިނަ ބަޔަކު ގެންދަނީ ފިރިހެން މީހާގެ މި އަމަލާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން

ރާއްޖެ އެމްވީ | 12 މެއި 2017 | ހުކުރު 21:52
އަނބިމީހާ މަސައްކަތް ކުރާ ސްކޫލްގެ ކްލާސް ރޫމް ފިރިމީހާ ސިއްރުން ޒީނަތްތެރި ކޮށްފައި

އަނބިމީހާ މަސައްކަތް ކުރާ ސްކޫލްގެ ކްލާސް ރޫމް ފިރިމީހާ ސިއްރުން ޒީނަތްތެރި ކޮށްފައި

މައްސަލަ ޖެހިފައިވާ އަނބިމީހާ ރުއްސަން ސައުދީ މީހަކު ކުރި ކަމަކުން އިތުރު މައްސަލަތަކެއް އުފެދިއްޖެއެވެ.

އަނބިމީހާއަށް އޭނާގެ ހިތުގައިވާ ލޯބި ހާމަކޮށްދިނުމަށް އަނބިމީހާ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ ސްކޫލްގައި އޭނާ ކިޔަވައިދޭ ކްލާހަށް ސިއްރުން ވަދެ މުޅި ކްލާސް ރޫމްގައި ހުދު ފޮތި އަޅާ ޒީނަތްތެރިކޮށް މެސެޖްތައް ހަރުކޮށް، ކޭކުތައް ބަހައްޓާ، މާމެލާމެލި އަތުރާ ފުއްޕާހަން އެލުވިއެވެ.

އޭނާގެ މަގްސަދަކީ، ދެމީހުންގެ ދޭތެރޭގައި ހިނގި ޒުވާބަކަށްފަހު އަނބިމީހާ ރުޅި އައިސް އޭނާއާ ދުރުވުމުން އަލުން ގުޅުމަށް އެދުމެވެ.

ސައުދީ އަރަބިއްޔާގެ އުތުރުގެ ހިސާބެއް ކަމަށްވާ އަލް ޖައުފު ގައި ހިނގި މިހާދިސާގައި، ބޮޑު ހަރަދެއްކޮށް މިހުރިހާ މަސައްކަތެއް ފިރިހެން މީހާ ކުރި ނަމަވެސް، މިކަން އެނގުނު ހިސާބުން ސްކޫލުން ބޮޑު ތަހުގީގެއް ހިންގަން ފެށީއެވެ.

އަރަބް ނިއުސްގައިވާ މި ޚަބަރުގައި ޖެހިގެން އައި ދުވަހު ސްކޫލް ޕްރިންސިޕަލަށް މިކަން ހިނގި ކަން އެނގުމާއެކު، ކްލާހުން މި ހުރިހާ ތަކެތި ނެރެ ކްލާސް ސާފު ކުރަން އެންގިއެވެ. އަދި އެޑިއުކޭޝަންގެ ކަމާބެހޭ އޮފިޝަލުންނަށް މިކަން ރިޕޯޓުކޮށް މިކަން ތަހުގީގު ކުރަން ފެށިއެވެ.

ފަހުން އެނގުނު ގޮތުގައި ފިރިހެން މީހާއަކީ އަލް ޖައުފު ސަރަހައްދުގެ ތައުލީމާ ބެހޭ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކަށް ވުމުން ބަންދު ގަޑީގައި ސްކޫލަށް އޭނާއަށް ވަނުމުގެ ފުރުސަތު ލިބުނީއެވެ. ކަމާބެހޭ ފަރާތުން އޭނާގެ މި އަމަލާ ގުޅިގެން އަޅާނެ ފިޔަވަޅެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހުރިހާ ކަމެއް ކޮށްގެން އަނބިމީހާ ރުއްސުނު ކަމެއްވެސް ނޭނގެއެވެ.

ކްލާސް ރޫމް ޒީނަތްތެރި ކޮށްފައިވާ ގޮތުގެ ވީޑިއޯ މިހާރު ޔޫޓިއުބްގައިވަނީ އާއްމު ވެފައެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މި ވީޑިއޯއަށް މިހާތަނަށް ދެލައްކަ އަށް ވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

ވީޑިއޯ ބެލުމަށްފަހު މީހުން ކޮށްފައިވާ ކޮމެންޓްތަކަށް ބަލާއިރު، ގިނަ މީހުންވަނީ ފިރިހެންމީހާގެ މި އަމަލާ މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސްރުގެ ލަވަކިޔުންތެރިޔާ ޝެރީންގެ ކޮންސަރޓް ސައުދީން ކެންސަލްކޮށްފި

މިސްރުގެ ލަވަކިޔުންތެރިޔާ ޝެރީންގެ ކޮންސަރޓް ސައުދީން ކެންސަލްކޮށްފި

18 އޮކްޓޯބަރު 2017
ރަޝިއާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނުގެ ރަން އެސްކަލޭޓަރ މަސައްކަތެއް ނުކުރި

ރަޝިއާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނުގެ ރަން އެސްކަލޭޓަރ މަސައްކަތެއް ނުކުރި

06 އޮކްޓޯބަރު 2017
އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

14 ޖުލައި 2017
އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!

އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!

04 ޖުލައި 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު