Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސައުދީ އަރަބިއްޔާ

ވަނދު ފިލްމަކުން ސައުދީ ގައި 30 އަހަރު ފަހުން އާއްމުންނަށް ފިލްމް ދައްކަން ފަށައިފި

ފުރަތަމަ ދެއްކި ފިލްމަކީ ދި އިމޯޖީ މޫވީ

ރާއްޖެ އެމްވީ | 16 ޖެނުއަރީ 2018 | އަންގާރަ 09:49
ދި އިމޯޖީ މޫވީގެ ޕޯސްޓަރެއް

ދި އިމޯޖީ މޫވީގެ ޕޯސްޓަރެއް

އާއްމު ކޮށް ފިލްމު ދެއްކުން 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް އޮތް އޮތުން ނިމުމަކަށް ގެނެސް ސައުދީ އަރަބިއްޔާގައި ބައިސްކޯފުގޭގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އަލުން ބައިސްކޯފް ދައްކަން ފެށި އިރު ފުރަތަމަ އެޅުވި ފިލްމަކަށް ވީ 2017 ވަނަ އަހަރު ނުކުތް އެންމެ އެއް ވަނދު ފިލްމެވެ.

ޓެންޓެއްގައި ހަދާފައިވާ ވަގުތީ ބައިސްކޯފްގޭގައި އެޅުވި ފިލްމަކީ "ދި އިމޯޖީ މޫވީ" އެވެ. މި ފިލްމަށް ރޮޓްން ޓޮމާޓޯސް އިން ދީފައިވާ ރޭޓިން އަކީ އެންމެ 9 އިން ސައްތަ އެވެ.

ވަނދު ފިލްމަކުން ބައިސްކޯފުގެ ޚިދުމަތް ފެށި ނަމަވެސް ގިނަ ބަޔަކު ދެކެނީ ފިލްމު ދައްކަން ފެށުމަކީ ސައުދީ އަރަބިއްޔާގެ ސިޔާސަތައް އައި ތާރީޚީ ބަދަލެއްގެ ގޮތުގައެވެ.

ސައުދީ އަރަބިއްޔާގައި ބައިސްކޯފު ދެއްކުން މަނާކުރީ 1980 ގެ އަހަރު ތަކުގައެވެ.

އަލުން އާއްމުކޮށް ފިލްމް ދެއްކުން ހުއްދަ ކުރެވުނީ، ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ވިޝަން 2030 ގެ ދަށުން ސައުދީ އަރަބިއްޔާ އަށް ގެންނަމުންދާ ބަދަލު ތަކުގެ ދަށުންނެވެ.

ވިޝަން 2030 ދަށުން ސައުދީ އަރަބިއްޔާގައި އެތައް ސަތޭކަ ސިނަމާ ބިނާކުރަން ވަނީ ނިންމާ ފައެވެ. މިގޮތުން ހުޅުވޭ ފުރަތަމަ ސިނަމާ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި 2030 އާ ހަމައަށް ދެ ހާސް ސްކްރީން އާއެކު ތިން ސަތޭކަ ސިނަމާ ބިނާ ކުރަން ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ.

ސައުދީ ސަރުކާރުން އުއްމީދު ކުރަނީ ބައިސްކޯފު ގޭގެ ޚިދުމަތުގެ ތެރެއިން ސައުދީ އިގްތިސާދަށް 24 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އަދި ތިރީސް ހާސް ވަޒިފާ އުފެދިގެން ދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

12 ޖެނުއަރީ 2017
އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
10 ޖެނުއަރީ 2017

ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

10 ޖެނުއަރީ 2017
ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި
10 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ

10 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
07 ޖެނުއަރީ 2017

ދިއްލީގައި "ޑަންގަލް" ޓެކްސް ފްރީ ކޮށްފި!

07 ޖެނުއަރީ 2017
ދިއްލީގައި "ޑަންގަލް" ޓެކްސް ފްރީ ކޮށްފި!
07 ޖެނުއަރީ 2017

ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!

07 ޖެނުއަރީ 2017
ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!
07 ޖެނުއަރީ 2017

ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!

07 ޖެނުއަރީ 2017
ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!
07 ޖެނުއަރީ 2017

" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި

07 ޖެނުއަރީ 2017
" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު