Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އުއްތަމަ ފަނޑިޔާރު

ޖެމްސް ހުއްޓުވާލި ވާހަކައަކީ ހިނގި ކަމެއްނޫން، ކޮށްގެން އުޅެނީ އަސްލެއް ނެތް ދައުވާއެއް: އުއްތަމަ ފަނޑިޔާރު

މައްސަލަ ސާބިތުކުރަން ސިއްރު ހެކިވެރިން ހުށަހަޅާފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 30 އެޕްރީލު 2018 | ހޯމަ 11:42
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ދައުލަތުގެ އިދާރާތަކުގެ މެދުގައި ލިޔުންތައް ބަދަލުކުރަން ގާއިމް ކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ނިޒާމް ސުޕްރީމް ކޯޓުގައި ހުއްޓުވާލި ކަމަށް ބުނެ ދައުވާ ކޮށްފައިވީ ނަމަވެސް އެކަމަކީ ހިނގާފައިވާ ކަމެއް ނޫން ކަމަށް އެކުށް ކުރި ކަމަށް ދައުލަތުން ބުނާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

ޖެމްސް ނިޒާމް ހުއްޓުވާލި ކަމަށް ބުނެ އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ ހިންގުމަށް ހުރަސްއެޅި ކަމުގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އެންމެ ފަހު އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވަނީ އެ ދައުވާގައި ބުނާ ކަންކަމަކީ ބަޔަކު އަމިއްލައަށް ހަދައިގެން އުޅޭ ވާހަކަތަކެއް ކަމަށް ސިފަ ކުރައްވާފައި އެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް އަބްދުﷲ ސައީދުގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ ދައުލަތުގެ އިދާރާތަކުގެ މެދުގައި ލިޔުންތައް ބަދަލުކުރަން ގާއިމުކޮށްފައިވާ ނެޓްވޯކް، (ޖެމްސް) ހުއްޓުވުމަކަށް ގެނައުމަށް މިދިޔަ ފެބްރުއަރީ 4 އަދި 5 ދުވަހު އެކި ވަގުތުތަކުގައި އެންގެވި ކަމަށް ބުނެ އެވެ.

މި ދައުވާއާ ގުޅިގެން އަބްދުﷲ ސައީދު ވިދާޅުވީ ޖެމްސް ނިޒާމަކީ ސުޕްރީމް ކޯޓަށް މައްސަލައެއް ކޯޓަށް ހުށައެޅޭނެ މަގެއް ނޫން ކަމަށާއި އެހެން ކަމުން އެކަން ހުއްޓުވައިގެން ނިކުންނާނެ ނަތީޖާއެއް ނޯންނާނެ ކަމަށެވެ. އަދި ޖެމްސް ނިޒާމް ހުއްޓުވަން އެންގި ކަމަށް ބުނާ ވަގުތު އެމަނިކުފާނު ހުންނެވީ ކޮންތާކު ކަން ވެސް އެނގިވަޑައިގަންނަވާތޯ ސުވާލު ކުރައްވައި، އިތުރަށް ވިދާޅުވީ އެމަނިކުފާނު އެބުނާ ދުވަހުގެ ބޮޑު ބައެއް ހޭދަ ކުރެއްވީ ވެސް ގޭގައި ކަމަށެވެ. އަދި ޖެމްސް ނިޒާމް ހުއްޓުމަކަށް އައިނަމަ އެކަން ކޯޓުގެ ރަޖިސްޓްރާ އާއި އެ ކޯޓުގެ ކޯޕަރޭޓިވް ސާވީސް މެނޭޖްމަންޓް ހެޑަށް ވެސް އެނގިވަޑައި ނުގަތީ ކީއްވެތޯ އާއި އަދި ކޯޓުގެ އެއްވެސް ބޭފުޅަކު ޖެމްސްގެ ނިޒާމް ހުއްޓިފައިވާ ވާހަކަ ވިދާޅުނުވީ ކީއްވެތޯ ވެސް އެމަނިކުފާނު ސުވާލު އުފައްދަވާފައިވެ އެވެ. އަދި އެހެންމެ ޖެމްސްގެ ނިޒާމް ހުއްޓުމަކަށް ގެނައުމަށް އެންގި ކަމަށް ބުނާ ދުވަހު އެމަނިކުފާނު ކޯޓަށް ވަޑައިގެންނެވީ ޕްރޮސެކިއުޓާ ޖެނަރަލް ހުށަހަޅުއްވާފައިވާ މައްސަލައެއްގައި ކޯޓުން ނިންމާ ގޮތެއް ބައްލަވަން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް އަބްދުﷲ ސައީދު ވިދާޅުވީ މީހުން ފްރޭމް ކުރެވި ކަންކަން ކުރުމަކީވެސް ކުރާ ކަމެއް ކަމަށާއި އެމަނިކުފާނާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައަކީވެސް އެއްވެސް އަސްލެއް ނެތް މައްސަލައެއް ކަމަށެވެ. މިއަޑުއެހުން ނިންމަވާލައްވަމުން މި މައްސަލައިގައި ކުރިއަށް ހުރި ކަންކަން ފާހަގަ ކުރައްވައި މިއީ އެހާ ބޮޑު މައްސަލައެއް ނޫން ކަމަށް ގާޒީ ވިދާޅުވުމާއެކު އަބްދުﷲ ސައީދު ވިދާޅުވީ މިއީ ބޮޑު މައްސަލައެއް ކަމަށާއި ކުޑަ މައްސަލައެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގެ ޝަރީއަތް ދަނީވެސް އާބިޓްރަރީ ގޮތެއްގައި ކަމަށާއި މިއީ ވަރަށް ބޮޑު ދުސްތޫރީ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި މައްސަލައިގެ ޝަރީއަތްކުރިއަށް ގެންދެވުމަށް ނިންމެވީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ފާހަގަކޮށް ޝަރީއަތުގެ ކުރިން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި ހުރިހާ ނުކުތާއެއް ބަލައި ނުގަނެވޭނެ ކަމަށް ނިންމުމަށް ފަހު އެވެ.

މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ދައުވާގެ އުންސުރުތައް އަބްދުﷲ ސައީދުގެ މައްޗަށް ފުރިހަމަވެފައިނުވާއިރު ފުރިހަމަ ވެފައިނުވަނީ ކޮން އުންސުރެއް ކަމެއް ދައުވާ ލިބޭ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ. އަދި ދައުވާ ފޯމްގައި ޕްރޮސެކިއުޓާ ޖެނަރަލް ނޫން ބޭފުޅަކު ސޮއި ކުރައްވާފައިވާއިރު އެ ފޯމްގައި އެހެން ބޭފުޅަކު ސޮއި ކުރައްވާނަމަ އެކަން ކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނަރަލް އަންގަވައިގެންކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައި އެ ފޯމާއެކު އޮންނަންވާނެ ކަމަށް ދިފާއުން އިން ފާހަގަ ކުރެއްވި ނުކުތާއަށް ގާޒީ ވިދާޅުވީ ދައުވާގެ ފޯމްގައި ޕްރޮސެކިއުޓާ ޖެނަރަލް ނޫން ބޭފުޅަކު ސޮއި ކުރާނަމަ އެކަން އަންގަންވާނެ ކަމަށް ބުނެފައިވާއިރު އެކަން އަންގާނެ ގޮތެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. އެހެން ނަމަވެސް ޕްރޮސެކިއުޓާ ޖެނަރަލް ވަނީ ސިޓީއަކުން ބަދަލުގައި ސޮއިކުރާނެ ބޭފުޅަކު އަންގަވާފައި ކަމަށާއި އެހެން ކަމުން އެކަން ހިނގާފައިވަނީ ރަނގަޅަށް ކަމަށެވެ.

ހަމަ އެހެންމެ އަބްދުﷲ ސައީދު ކުށުގެ އަމަލު ހިންގި ވަގުތު ދައުވާގައި ބަޔާން ކޮށްފައިނުވާ ކަމަށް ދައުވާ ލިބޭ ފަރާތުން ވިދާޅުވި ނަމަވެސް އެކަން ކޮށްފައިވަނީ ފެބްރުއަރީ ހަތަރެއް އަދި ފަހެއްގައި އެކި ވަގުތުތަކުގައި ކަމަށް ބަޔާން ކޮށްފައި އޮތުމުން އެ އޮތީ ވަގުތު ބަޔާން ކުރެވިފައި ކަމަށް ގާޒީ ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް ކޮށްފައިވާ ދައުވާއަށް ބަލާއިރު އެއިން ނިކުން ނަތީޖާއާ ކަންކަމަށް ރިއާޔަތްކޮށް އެ މައްސަލައަކީ ނުބަލައި ދޫކޮށްލެވޭނެ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވެސް ގާޒީ ވަނީ ނިންމަވާފައިވެ އެވެ. މި މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ކުށަށް އިއުތިރާފްވެއްޖެނަމަ، އަދަބު ކުޑަވާނެ އެވެ.

ސުޕްރީމް ކޯޓުގެ ޖެމްސް ހިދުމަތް ހުއްޓުވުމަކީ ޖިނާއީ ކުށުގެ އަމަލެއް ކަމަށް ނިންމެވީތީ ކްރިމިނަލް ކޯޓަށް ބައެއް ފަހަރު ހުށަހަޅާ މައްސަލަތައް ރިސެޕްޝަނުން ބަލައިނުގަންނަ މައްސަލަވެސް ޖިނާއީ މައްސަލައެއް ގޮތުގައި ތަހްގީގު ކޮށްދިނުމުގެ އަމުރެއް ނެރެދެއްވުމަށް ނޫރުއްސަލާމް އެދިވަޑައިގެންނެވި އެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައިގެ ހުރިހާ ލިޔެކިތުންތަކެއް ވާނީ ކޯޓުން ބަލައިގެންފަ ކަމަށެވެ.

ދައުލަތުން ވަނީ މި މައްސަލަ އަބްދުﷲ ސައީދުގެ މައްޗަށް ސާބިތުކުރުމަށް ސިއްރު ތިން ހެއްކަކާއި ބައެއް ސިއްރު ލިޔުންތައް ވެސް ހުށަހަޅާފަ އެވެ. މި މައްސަލައިގައި ދިފާއު ހުށަހަޅާއިރު އެއާއެކު ދިފާއީ ހެކި ހުށަހެޅުމަށް ވަނީ ފުރުސަތު ދެއްވާފަ އެވެ. އަދި ދިފާއީ ހެކިން އަންނަ ބުދަ ދުވަހާ ހަމައަށް ކޯޓަށް ހުށަހަޅަން ފުރުސަތު ދެއްވާފައިވާއިރު ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ގާޒީ ވިދާޅުވި އެވެ. އަދި އެއަށް ފަހު ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ފަހު ހުލާސާ ބަޔާން ހުށަހެޅުން އޮންނާނެ ކަން ޝަރީއަތުން ފާހަގަ ކުރެއްވިއިރު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މި މައްސަލައިގެ ހުކުމެއް ކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރަދޫގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްތަކެއްވި ޒުވާނާ މަރުވެއްޖެ

މަރަދޫގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްތަކެއްވި ޒުވާނާ މަރުވެއްޖެ

19 މާރިޗު 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު