Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކްސިޑެންޓް

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

މި އެކްސިޑެންޓްގައި އެކަކު ވަނީ މަރުވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ފެބުރުއަރީ 2017 | އާދީއްތަ 09:51
އަނިޔާވި މީހާ ސިފައިންގެ ހެލިކޮޕްޓަރުގައި މާލެ ގެންނަނީ

އަނިޔާވި މީހާ ސިފައިންގެ ހެލިކޮޕްޓަރުގައި މާލެ ގެންނަނީ

ލާމް ލިންކް ރޯޑްގައި ހުކުރު ދުވަހުގެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެކަކު މަރުވެފައި ވާއިރު، އެ އެކްސިޑެންޓްގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ނެގެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އެބަދެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އާދިއްތަ ދުވަހު ވިދާޅުވީ އިތުރު ފަރުވާ މާލެ ގެނެސްފައިވާ 27 އަހަރުގެ މީހާގެ ހާލު އެހާ ސީރިސް ނޫން ކަމަށާއި އޭނާއަށް އަވަސް ފަރުވާ ދިނުމަށްފަހު މިހާރު ވޯޑުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

ލ. ގަން ރިޖަނަލް ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މިހާ ހޮނިހިރު ދުވަހުގެ މެންދުރު އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރުގަ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ހުކުރު ދުވަހު ހަވީރު 17:30 ހާއިރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި 27 އަހަރުގެ ޒުވާނަކު މަރުވި ކަމަށެވެ. ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވީ މުހައްމަދު ރިފްޝާނު ކިޔާ ޒުވާނެކެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ ރިފްޝާން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ލާމް ލިންކް ރޯޑްގެ ކުރިހިންނެ އާއި ހިސާބުންނެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

23 ފެބުރުއަރީ 2017
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު