Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ

ސީއޯއޯ ހުސެއިން ފިޔާޒްގެ ހަށިގަނޑަށް ވަޅި ހެރުމަށް ސިޔާސީ ޕާޓީއަކުން ޒުވާނަކާއި ހަވާލުކުރި: ރާއްޖެޓީވީ

26 އެޕްރީލު 2018 | ބުރާސްފަތި 16:53

އެކަމުގެ ކޮންޓްރެކްޓް އަގެއްގެ ގޮތުގައި އެއް ލައްކަ ސާޅީސް ހާސް ރުފިޔާ ހުށަހެޅި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 26 އެޕްރީލު 2018 | ބުރާސްފަތި 16:53
ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔަޒް މޫސާ - އޭނާއަށް ހަމަލާ ދިނުމަށް ޒުވާނަކާއި ހަވާލުކުރިކަމުގެ މައުލޫމާތު ސްޓޭޝަނަށް ލިބިފައިވޭ

ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔަޒް މޫސާ - އޭނާއަށް ހަމަލާ ދިނުމަށް ޒުވާނަކާއި ހަވާލުކުރިކަމުގެ މައުލޫމާތު ސްޓޭޝަނަށް ލިބިފައިވޭ

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރ ހުސެއިން ފިޔާޒް މުސާއަށް ވަޅިން ހަމަލާދޭން ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީ އަކަށް ނިސްބަތްވާ ބަޔަކު ކޮންޓްރެކްޓަށް ޒުވާނަކަށް ހަވާލު ކުރި ކަމުގެ ކަށަވަރު މައުލޫމާތު ލިބިފައިވާ ކަމަށް ސްޓޭޝަނުން ބުނެފި އެވެ.

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރ ހުސެއިން ފިޔާޒް މުސާއަށް ވަޅިން ހަމަލާދޭން ބަޔަކު މަސައްކަތްކުރިކަމުގެ މައުލޫމާތުލިބިފައިވާކަން ހާމަކޮށް، ސްޓޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފިޔާޒަށް ހަމަލާދީ ޒަހަމްކޮށްލުމަށް ހަވާލު ކުރީ ޒުވާނަކަށް ކަމަށާއި އެކަމުގެ ކޮންޓްރެކްޓް އަގެއްގެ ގޮތުގައި އެއް ލައްކަ ސާޅީސް ހާސް ރުފިޔާ ހުށަހެޅި ކަން ވެސް އެނގިފައިވާ ކަމަށެވެ. އަދި އެނގިފައިވާގޮތުގައި މި ޒުވާނާ އޮފީހަކަށް ގެންގޮސް އޭނާއަށް ހަވާލު ކުރެވުނީ ފިޔާޒްގެ ހަށިގަނޑުގެ ކޮންމެވެސް އެއް ތަނަކަށް ވަޅި ޖެހުމަށްކަމަށް ރާއްޖެޓީވީން ބުންޏެވެ. އޭގެއިތުރުން އޭނާއަށް ކޮންޓްރެކްޓަށް އެކަން ހަވާލު ކުރި އިރު އެ އިދާރާގެ ތެރޭގައި ސިޔާސީ މައިދާނުގައި އެންމެން ދަންނަ ދެ ފަރާތެއް ތިބިކަން ވެސް ރާއްޖެޓީވީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީން ބުނީ، އެހާ ފާޅުކަން ބޮޑު ގޮތެއްގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް މަޝްވަރާ ކޮށް ފައިސާ ހުށަހެޅުމުގެ ފަހަތުގައި ސިޔާސީ ފަރާތްތައް ތިބެނީ އެ ފަރާތްތަކަކީ ގާނޫނަށް ވުރެ މަތިން ބާރުތަކެއް ލިބިފައިވާ ބައެއް ކަމަށް އެމީހުންނަށް ގަބޫލު ކުރެވޭތީ ކަމަށް ކަމަށެވެ. އަދި އެކަން މިހާރަށް މިހެން އޮތް ނަމަވެސް، މި ނުބައި އަމަލު ހިންގުމަށް ރާވާ ހިތްވަރު ދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ދުވަހެއް އަންނާނެ ކަމާ މެދު ޝައްކެއްގެ ހިޔަންޏެއްވެސް ނެތް ކަމަށް ސްޓޭޝަނުން ގަބޫލު ކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެޓީވީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖެޓީވީ ނައްތާލުމަށް އެކި ގޮތްގޮތުން ބާރުގަދަ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކަމަކީ އޭގެ ޒާތުގައި ބިރުވެރި، ލާދީނީ، ނުރައްކާތެރި އަދި އެހާމެ ދަށުދަރުޖައިގެ ޓެރަރިޒަމްގެ ފިނޑި އަމަލެއް ކަމަށް މިސްޓޭޝަނުން ދެކޭކަމަށެވެ. އަދި ރާއްޖެޓީވީ އަންދާ އަޅިޔަށް ހަދާލުމާއި، އަސްލެއް ނެތި ބޮޑެތި އަދަދު ތަކުން ފުލުފުލުގައި ޖުރިމަނާ ކުރުމާއި، ނުހައްގުން މުވައްޒަފުން ހިފާ ހައްޔަރު ކޮށް ޖަލުގައި ބަންދު ކޮށް ގެންގުޅުން ފަދަ ކަންކަމަށް ވުރެވެސް ގަސްދުގައި މުވައްޒަފަކަށް ގެއްލުންދޭން ރޭވިކަން އެނގުމަކީ ސްޓޭޝަނުން އަދި ވަކީން ބޮޑަށް ކަންބޮޑުވި ކަމެއްކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެޓީވީން ބުނީ، ފިޔާޒަށް ގަސްދުގައި ގެއްލުން ދޭން ރޭވި ރޭވުމަކީ ރާއްޖޭގައި ނޭވާ ހޮޅިޔަށް އެޅިފައި އޮތް މިނިވަން ނޫސްވެރިކަން އިތުރަށް ބިރުވެރި ކަމުގެ ތެރެއަށް ވައްޓާލާ، ނޫސްވެރިންގެ ހިތްތަކުގައި ނުތަނަވަސް ކަން އިތުރުކޮށް ނޫސްވެރިން ފަހަތައް ޖެއްސުމަށް ކުރި ކަމެއް ކަމުގައިވެސް މި ސްޓޭޝަނުން ދެކޭކަމަށެވެ. ނަމަވެސް މިފަދަ ފިނޑި ރޭވުން ތަކުގެ ތެރެއިންވެސް އެންމެ ފަހު ވަގުތާ ޖެހެން ދެންވެސް ގައުމީ މި މުހިންމު ޚިދުމަތުގައި ތެދު ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ތަންފުކެއްވެސް ފަހަތައް ޖެހުމެއް ނެތި ރާއްޖެޓީވީގެ ނޫސްވެރިން ސާބިތުވެ ތިބޭނެ ކަމަށް ބަޔާން ނިންމާލަމުން ސްޓޭޝަނުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން

06 އެޕްރީލު 2017
ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން
14 މާރިޗު 2017

އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން

14 މާރިޗު 2017
އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
01 މާރިޗު 2017

ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

01 މާރިޗު 2017
ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!
25 ފެބުރުއަރީ 2017

ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި

25 ފެބުރުއަރީ 2017
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް