Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ ޕާޓީތަކުގެ ޖަލްސާ

ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން

ރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަސް ބުނަންޖެހޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 6 އެޕްރީލު 2017 | ބުރާސްފަތި 04:17
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ވޮޓު ނެގި ދުވަހު ބަޔަކު މުޒާހަރަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ވޮޓު ނެގި ދުވަހު ބަޔަކު މުޒާހަރަކުރަނީ

އަދުލު އިންސާފު ޤާއިމްވާކަން ކަށަވަރުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށާއި، ބިރު ފަހަނައަޅާގޮސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން "ޤައުމީ ޓީމާ" ގުޅިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ގޮވާލައްވައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ، އަދުލު އިންސާފު ޤާއިމްކުރުމަށް އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން އެކަން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއްވާކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބިރު ފަހަނަ އަޅާ ދާންޖެހޭކަމަށެވެ. ބިރު ފަހަނައަޅާ ދާނެ ގޮތް އަލީ ހުސެއިން ވަނީ ވިދާޅުވެފަ އެވެ.

"85 ނަރު (85 މެމްބަރުން) މި އޮންނަނީ ބޮމަކާއި ގުޅިފައި. އެހެންވީމައި ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރެއްގެ އޮވޭ ކަޓަރަކާއި، އެ ނަރުފަތް އެބައޮވޭ ކުރިމަތީގައި. އެހެންވީމައި 42 މެމްބަރު (މަޖިލީހުގެ މެޖޯރިޓީ ވޯޓު ހަމަކުރަންޖެހޭ އަދަދު) އަޅުގަނޑުމެންނަށް ހީވަނީ ހަމަ ގޮވާފާނެއޭ. ގޮވީމައި މުޅި މިތަން އަނދާ ހުލިވެގެންނެ ދާނީ. ތިމާވެސް މަރުވާނެއޭ. ތިމާގެ ދަރިންވެސް މަރުވާނެއޭ. ވިހަންތިބި ކުދިންވެސް މަރުވާނެއޭ. އެހެންވާ ކަމެއް ނޫން އެއީކީ. 42 މެމްބަރުން އެ ނަރުފަށް އެއް ފަހަރާ ކަނޑުއްވާލަށްވާފިއްޔާ އިތުރަށް ގޮވާނެ ބޮމެއް ނޯންނާނެ. ބިރުފަހަނައަޅާ އެ ދެވުނި" އަލީ ހުސެއިން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނަކީ އިކޮނޮމިސްޓެއްކަމަށް ވިދާޅުވާ ވިދާޅުވުމަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ރައީސް ޔާމީން އިކޮނޮމިކްސް ކިޔަވާވިދާޅުވެފައިވާ މިންވަރަށް އޭނާވެސް އިކޮނޮމިކްސް ކިޔަވާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އިކޮނޮމިކްސްގައި ޑިމާންޑާ އެއްވަރަށް ސަޕްލައިކޮށްދެންޖެހޭނެ ކަމަށާއި، ރައްޔިތުން ޑިމާންޑްކުރަނީ އިންސާފު ޤާއިމްކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ސަޕްލައިކޮށްދެއްވަނީ ބޭއިންސާފުކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"ބޭއިންސާފާއި އަނިޔާވެރިކަން ކޮންތާކުންތޯ ދިމާވާނީ. މިއީ އެއް މަގަކުން ހިނގާ ދެ އެއްޗެއް ނޫނޭ." އަލީ ހުސެއިން ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ބަހަކީ ވަރަށް ބާރުގަދަ އެއްޗެއް ކަމަށެވެ. އަދި ރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަސް ބުނަންޖެހޭކަމަށާއި، ބުނަންޖެހެނީ ހައްޤު ބަސް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ތެދު ބަސް ބުނުމަށްފަހު އެކަން ސާބިތުކޮށްދިނުމަށް އިތުރު ވާހަކައެއް ދައްކަން ނުޖެހޭނެ ކަމަށެވެ. ސަބަބެއް ކަމަށް އަލީ ހުސެއިން ވިދާޅުވީ ތެދު ބަހަކީ އެގެ އަމިއްލަ ޖާތުގައި ތެދުވާ އެއްޗަކަށް ވުން ކަމަށެވެ.

"އަނިޔާވެރިކަން އައިސް ކުރިމަތިވީމާއި، ބޯލަނބާ ނުލާށޭ، އިސްޖަހާ ނުލާށޭ. އަނިޔާވެރިކަމާއި ދެކޮޅަށް ހައްޤުބަސް ބުނާށޭ. އޭއޭ އިންސާނުންނަކީ، އެއީއޭ ދިވެހިންނަކީ. އެއީއޭ އަޅުގަނޑުމެން މިކިޔާ ދިވެހި ދަރިންނަކީ." އަލީ ހުސެއިން ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު