Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާޓީން ވަކިކުރުން

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

9 މާރިޗު 2017 | ބުރާސްފަތި 03:59

އެމްޑީއޭއިން މީގެކުރިންވެސް ހުސެއިން އަރީފަށް ފިޔަވަޅު އެޅުމަށް ނިންމާފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 9 މާރިޗު 2017 | ބުރާސްފަތި 03:59
މަސީހުގެ އިތުބަރު ނެތްކަމަށް ހުށައެޅި ބައެއް މެމްބަރުން -- (ވ) ނޮޅިވަރަމް ދައިރާގެ މެމްބަރު ހުސެއިން އަރީފް

މަސީހުގެ އިތުބަރު ނެތްކަމަށް ހުށައެޅި ބައެއް މެމްބަރުން -- (ވ) ނޮޅިވަރަމް ދައިރާގެ މެމްބަރު ހުސެއިން އަރީފް

ނޮޅުވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އިސްލާހަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަސައްކަތަކީ، "ޤައުމަށް ގައްދާރުވަމުން" ކަމަށް ބުނެ، އޭނާ ޕާޓީގެ މެމްބަރުކަމުން ވަކިކުރާނެ ކަމަށް، އެމްޑީއޭއިން ބުނެފި އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ، މެމްބަރު ހުސެއިން އަރީފްއަކީ، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދުގެ އެމްޑީއޭގައި ހުންނެވި މެމްބަރެކެވެ. އޭނާ އެމްޑީއޭއާ ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީން ވަކިވުމަށް ފަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައިވެސް ހުސެއިން އަރީފް ހިމެނިވަޑައިގަންނަވައެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވީ، ހުސެއިން އަރީފް ޤައުމަށް ގައްދާރުވަމުން އަންނަ ކަމަށެވެ. އަދި ގައްދާރުން ގެންގުޅުމަކީ އެ ޕާޓީގެ އުސޫލެއް ނޫންކަމަށާއި، އެފަދަ ފަރާތްތަށް ޕާޓީން ބޭރުކުރާނެ ކަމަށެވެ.

އެހެންކަމުން މިއަދުގެ ވަގުތެއްގައި އޭނާ ޕާޓީން ވަކިކުރާނެ ކަމަށް އަލީ މައުރޫފު ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ހުސެއިން އަރީފް ޕާޓީން ވަކިކުރިކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރެއް ނުވެއެވެ.

އެމްޑީއޭގައި ހުންނަވާ ރައީސް ޔާމީނަށް އެންމެ ފާޑުގައި ފާޑުވިދާޅުވާ މެމްބަރުންގެ ތެރޭގައި ހުސެއިން އަރީފް ހިމެނިވަޑައިގަންނަވަ އެވެ. ހުސެއިން އަރީފް ސިފަކުރާގޮތުގައި ރައީސް ޔާމީނަކީ، އަނިޔާވެރި، އަދި ހުދުމުތާރުވެރިކަމެއް ކުރައްވާ ބޭފުޅެކެވެ.

ހުސެއިން އަރީފް ވަނީ ޕީޕީއެމް ދެ ފެކްޝަނަކަށް ބެހުނު ވަގުތު، އެމްޑީއޭއާ ފެއަށް ޖެހިވަޑައިގެން ހުސައިން އަރީފް ހިޔާރު ކުރެއްވީ ރައީސް މައުމޫނު އަބްދުއްޤައްޔޫމް ފެކްޝަނެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް