Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިއަށް ދިން އިންޒާރު

ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

ފުލުހުން ބުނެފައިވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 މާރިޗު 2017 | ބުދަ 12:01
އިމްތިޔާޒު ފަހުމީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

އިމްތިޔާޒު ފަހުމީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

ވަޅިހަރައި މަރާލާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔަޒް ފަހުމީ (އިންތި)އަށް މަރުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް ދިވެހި ފުލުހުންނަށް އެމީހާ ހައްޔަރުނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެެ.

ރާއްޖޭގައި މޮބައިލް ހިދުމަތާއި އިންޓަރނެޓްގެ ހިދްމަތް ދެމުންދާ އުރީދޫ ނަމްބަރަކުން ވައިބަރ މެދުވެރިކޮށް، އިންތި އަށް މަރުގެ އިންޒާރު ދީފައި ވާތީ އެމައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ބެލުމަށް ބުދަ ދުވަހު ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުލާލުމުން ވިދާޅުވީ މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

Advertisement - newsAdvertisement

އެ އިންޒާރު ދިން މެސެޖްގެ ސްކްރީމް ޝޮޓާއި މެސެޖް ފޮނުވި މޮބައިލް ނަމްބަރާ އެކު އިންތި ވަނީ ފުލުހުންނާއި ސިފައިންނަށް އަދި ހިއުމަން ރައިޓްސް ކޮމިޝަން ޓެގްކޮށް އެމެސެޖް ޓްވީޓް ކުރައްވާފަ އެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނެފައި ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ އިމްތިޔަޒް ފަހުމީއަށް ވައިބަރ މެދުވެރިކޮށް، މަރުގެ އިންޒާރު ދިން މައްސަލަ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެއްމަސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އިމްތިޔަޒް ފަހުމީއަށް ނުދަންނަ ނަމްބަރަކުން ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ "ކަލޭ ވަޅި ހަރައި މަރާލާނެ" ކަމަށެވެ. އޭގެ އިތުރުން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފުރިހަމަ ރައްކާތެރިކަމާއި، ހިމާޔަތް ފޯރުކޮށްދޭންޖެހޭނެކަމަށް ޤާނޫނުތަކުގައި ފުލުހުންނާއި، ސިފައިންގެ މައްޗަށް ލާޒިމްކޮށްފައިވާއިރު، މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިންއިރު، އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދެމުންދާކަމެއް ކަށަވަރެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތީކަންކަން ވަކިވަކިން އެމްއެންޑީއެފުން މިހާރު ބަލަހައްޓަމުންނެއް ނުގެންދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް މީގެ ކުރިން ވެސް ވަނީ މަރުގެ ގިނަ އިންޒާރުތަކެއްދީފަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ތަހުގީގުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެ ގޮތުން އިމްތިޔާޒް ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލައެއް ވެސް މީގެ ކުރިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އިމްތިޔަޒް ފަހުމީއަށް މަރުގެ އިންޒާރުދިންއިރު، އޭނާއަކީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު