Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ ޚިޔާނާތް

އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން

މެންބަރުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ތަން ފެނުން އެކަށީގެންވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 14 މާރިޗު 2017 | އަންގާރަ 12:11
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސްގެ ބައެއް މެންބަރުންނަށް ބިރުދައްކަންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން މަސައްކަތް ކުރާ ކޮންމެ މެންބަރަކާ ދެކޮޅަށް ވެސް ފިޔަވަޅުތައް އަޅާތަން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، އެ މަސައްކަތުގައި ނިކުތީ އެފަދަ ފިއްތުންތަކާއި ބިރުވެރިކަމެއް ކުރިމަތިނުވާނެ ކަމަށް ބަލައިގެން ނޫން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރީ ވެސް ހަމަ މި ކަހަލަ ސަބަބުތަކަށްޓަކައި، އެބޭފުޅުން ބޭނުންވާ ބައެއްގެ ނަން އެ ރިޕޯޓަށް އަރުވާލުމުގެ ފުރުސަތު އޮތް ކަމުގެ ބިރު އަޅުގަނޑުމެންގެ ތެރެއިން ބައެއް މެންބަރުންނަށް ދައްކައިގެން މި ވޯޓަށް ހުރަސް އެޅުމުގެ ގޮތުން،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ ބިރުދެއްކުމާއި ފިއްތުންތަކާއި ކުރިމަތިވިޔަސް މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވަން ތިއްބެވި މެންބަރުން އެ ގޮތުގައި ދެމިތިބޭނެ ކަމަށާއި، މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނެކަމުގެ ޔަގީންކަން އާންމުންގެ ތެރޭގައި ވެސް ބޮޑުވަމުންދާ ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ މިއަށް ވުރެ ދަތި އުނދަގޫ ހާލަތުތަކުގައި ދޭންޖެހޭ ވޯޓްތައް ރައްޔިތުންނާއި ގާނޫނު އަސާސީގެ ދިފާއުގައި ޖުމްހޫރީ ޕާޓީން އައީ ދެމުން ކަމަށާއި އެހެންކަމުން މަސީހުގެ އިތުބާރުގެ މައްސަލައިގައި ވެސް އެގޮތުގެ މަތިން ރައްޔިތުން ބޭނުންވާ ގޮތަށް ޖުމްހޫރީ ޕާޓީގެ ހުރިހާ މެންބަރުން ވޯޓް ދެއްވާނެ ކަމަށެވެ.

މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެއިރު ބެއްސެވި ފައިސާއަކީ ޚިޔާނާތުގެ ފައިސާކަމެއް މެންބަރުންނަށް ނޭނގޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު