Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖެޓީވީއަށް ގޯނާކުރުން

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ފިޔާޒުގެ މައްޗަށް ކުރަނީ އަތްލުމުގެ ދައުވާ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2017 | ހޮނިހިރު 16:18
ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ

ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސެއިން ފިޔާޒް މުސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތައާވަލްކޮށްފި އެވެ.

ފިޔާޒުގެ މައްޗަށް ކުރަނީ ފުލުހެއްގެ ގައިގައި އަތްލުމުގެ ދައުވާ އެވެ. ދައުވާގައި ބުނެފައިވަނީ، މުލިއާގެ ކައިރިން ފެނުނު ބޮމެއް، ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދަނިކޮށް، އެ ސަރަހައްދުން ފިޔާޒު ނުގޮސް، ފުލުހެއްގެ މޭ މަތީ ޖަހާފައިވާ ކަމަށެވެ. އެހެންވެ، ފުލުހެއްގެ ގައިގައި އަތްލުމުގެ ދައުވާ ވަނީ ކޮށްފަ އެވެ. ފުރަތަމަ ފިޔާޒުގެ މައްޗަށް އުފުލީ ފުލުހެއްގެ ގައިގައި ޖެހިކަމުގެ ދައުވާ އެވެ. ނަމަވެސް އެ ދައުވާ އަނބުރާ ގެންގޮސް އަލުން ދައުވާކުރީ ފުލުހެއްގެ ގައިގައި އަތްލިކަމުގެ ދައުވާއެވެ.

Advertisement - newsAdvertisement

ދައުވާ ބަދަލުކުރި ސަބަބެއް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައެއް ނެތެވެ. ދައުލަތުން އުފުލާފައިވާ ދައުވާއަށް ފިޔާޒު ވަނީ އިންކާރުކޮށްފަ އެވެ.

އާދިއްތަ ދުވަހަށް ތައާވަލްކޮށްފައިވަނީ، ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީސް އެވެ. ފިޔާޒްގެ ފަރާތުން ވަނީ ހެކީންގެ ގޮތުގައި ހަތް ނޫސްވެރިޔަކާއި، ރާއްޖެ ޓީވީގެ ލައިވް ކަވަރޭޖްގެ ވީޑިއޯ ހުށަހަޅާފަ އެވެ.

ފިޔާޒުގެ ފަރާތުން ހުށަހެޅި ހެކިން:

  • ރާއްޖެ ޓީވީގެ ސްޕޯޓްސް ޖާނަލިސްޓް ލީވާން އަލީ ނަސީރު
  • ރާއްޖެ ޓީވީ ނޫސްވެރިޔާ އަހުމަދު އަޒްމޫން (އޭރު އަޒުމޫނަކީ ސީއެންއެމްގެ ނޫސްވެރިއެއް)
  • ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމް
  • ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް
  • މިހާރު ނޫހުގެ ފޮޓޯގްރާފާ މުހައްމަދު ޝަރުހާން
  • ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު ޝަރުވާން
  • ޕީއެސްމްގެ ފޮޓޯ ގްރްފާ އަލީ ނަސީރު

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ފިޔާޒްގެ ފަރާތުން ވަނީ ދައުވާގައި ސާފު ނުވާ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ. އެ ނުކުތާ ފިޔާޒްގެ ފަރާތުން ފާހަގަކުރުމާއި ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ، އެކަންކަން ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތުގައި ސާފުވާނެ ކަމަށެވެ.

ފިޔާޒްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާއިރު، ރާއްޖޭގެ ޓީވީގެ އިތުރު ނޫސްވެރިންގެ މައްޗަށްވެސް އަންނަނީ ޝަރީއަތް ހިންގަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު