Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ބަޔާން

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

އިހުތިޖާޖްކުރަނިކޮށް، މެމްބަރު އަލީ އާރިފާއި، މެމްބަރު ފަލާހު ވަނީ އޭނާގެ އަތުގައި އޮތް އެއްޗެހިތައް އަތުލައިގަނެފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 6 ފެބުރުއަރީ 2017 | ހޯމަ 21:10
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކުރައްވަނީ

ރައީސް އަބްދުﷲ ޔާމީން، ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔަ ވަގުތު ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް، ދަރުބާރުގޭގެ ތެރޭގައި އިހުތިޖާޖްކޮށްފި އެވެ.

ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފް އިހްތިޖާޖު ކުރެއްވީ ގިނިކަންޏާއެވެ. އެގޮތުން ހުސެއިން އަރީފް ވަނީ މިނިވަން މީޑިއާއަކަށް ގޮވަލާއި، އަދި ކޮރަޕްޝަން ހުއްޓާލުމަށް ގޮވާލާ ބޯޑެއް ހިއްޕަވައިގެން، ކަނު ބަނދެ، އަނގަމަތީ ޓޭޕް އަޅުއްވައިގެން އިންނަވައި ސުލްހަވެރިކަމާއެކު އިހުތިޖާޖްކުރައްވައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެމްޑީޕީން ބޮއިކަޓްކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން އަރީފް -- ފައިލް ފޮޓޯ

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ހުސެއިން އަރީފް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ވެންނެވި ވަގުތުގައި، ސުލްހަވެރިކަމާއެކު ގޮނޑީގައި އިންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، މެމްބަރު އިބްރާހިމް ފަލާހާއި، ދެ ބޭފުޅުން އޭނާގެ އަތުގައި އޮތް ބޯޑާއި، އަންގަ މަތީގައި އަޅާފައިއޮތް ޓޭޕް ގަނޑާއި ކަނު ބަނުމަށް ބޭނުންކުރި ފޮތި ގަނޑު ޖަހާގެންފައިވާ ކަމަށެވެ. އަދި އެތަކެތި އަތުލީ ގަދަކަމުން ކަމަށް ހުސެއިން އަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ޖަލްސާގައި އިންނެވި ސުލްހަވެރިކަމާއެކު އިހުތިޖާޖްކުރުމުގެ ގޮތުން ކަމަށެވެ. އަދި ޖަނަވާރު އަރައިގަންނަ ފަދަ ގޮތަކަށް އޭނާގެ ގަޔަށް ބޮލަށް އަރައިގަތުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށް ހުސެއިން އަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އޭނާއަށްވެސް އިހުތިރާމް ކުރައްވަންޖެހޭނެ ކަމަށެވެ. އަދި ދަރުބާރުގޭގައި ބޭއްވި ޖަލްސާއަކީ، ރައީސް އަބްދުﷲ ޔާމީނަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރަން ނުކެރެއްވުމުގެ ސަބަބުން ރިޔާސީ ބަޔާނުގެ ނަމުގައި ބޭއްވި ޕީއޭގެ ޖަލްސާއެއް ކަމަށެވެ.

އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ ހުސެއިން އަރީފްއަކީ، ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް އަރީފް ގެންދަވަނީ ރައީސް ޔާމީނަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންނެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު