Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

22 އަހަރަށްފަހު ވެންގާ އަދި އާސެނަލްގެ ވާހަކައަށް ނިމުމެއް!

އެ ޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ހަވަނައިގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 20 އެޕްރީލު 2018 | ހުކުރު 14:35
އާސެނަލްގެ ކޯޗު އާސެން ވެންގާ ޕްރިމިއާ ލީގުގެ ތަށްޓާއެކު

އާސެނަލްގެ ކޯޗު އާސެން ވެންގާ ޕްރިމިއާ ލީގުގެ ތަށްޓާއެކު

މި ސީޒަނަށްފަހު އާސެނަލްގެ ކޯޗުގެ މަގާމުން ނުފެންނާނެ ކަމަށް އެ މަގާމު ވޭތުވެދިޔަ 22 އަހަރު އަދާކުރި އާސެން ވެންގާ ބުނެފިއެވެ.

އާސެނަލްގެ ކޯޗުގެ މަގާމު ދޫކޮށްލާނެކަން ވެންގާ އިއުލާނުކޮށްފައިވާއިރު އެ ޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ހަވަނައިގައެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އެ ޓީމަށް ޖާގަ ހޯދެން އޮތް ހަމައެކަނި ގޮތަކީ މި ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކުރުމެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އާންމުކުރަމުން ވެންގާ ބުނީ އެތަކެއް އަހަރު ވަންދެން އާސެނަލްއަށް ޚިދުމަތްކުރަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށާއި ކްލަބްގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންގޮސްފައިވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ. އޭނާ ބުނީ އާސެނަލް ދެކެ ލޯބިވާ ހުރިހާ ފަރާތްތަކެއްވެސް އެ ކްލަބްގެ ހުރިހާ ކަމެއްވެސް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އާސެނަލްގެ މެޖޯރިޓީ ޝެއާހޯލްޑަރު ކަމަށްވާ ސްޓެން ކޮރެއެންކޭ ބުނީ މިއީ އޭނާ އެ ކްލަބްގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން ކުރިމަތިވި އެންމެ ދަތި އަދި އުނދަގޫ ދުވަސް ކަމަށެވެ. އޭނާ ބުނީ އާސެނަލްގައި އިންވެސްޓް ކުރަން ނިންމި އެންމެ މައިގަނޑު އެއް ސަބަބަކީ އެ ޓީމަށް ވެންގާ ގެނެސްދިން ކާމިޔާބާއި ކުރިއެރުން ކަމަށާއި އޭނާ އެ ކާމިޔާބުތައް އެތަކެއް ދުވަސްތަކެއް ވަންދެން ގެނެސްދިނުމަކީ އަޖައިބުކުރަނިވި ކަމައް ކަމަށެވެ. އާސެނަލްއިން ބުނެފައިވަނީ ވެންގާގެ ބަދަލުގައި އާ ކޯޗެއް ވަރަށް އަވަހަށް އެ މަގާމަށް އައްޔަނުކުރެވިގެންދާނެ ކަމަށެވެ.

އާސެނަލްގެ ކޯޗުގެ މަގާމައި ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލްއެވެ. ހަމައެހެންމެ އެ ޓީމަށް ކުރިން ކުޅުނު ޕެޓްރިކް ވިއެރާގެ އިތުރުން ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޔޯކިމް ލޯ އަދި ރެއާލް މެޑްރިޑާއި އޭސީ މިލާންގެ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީ އެ މަގާމުން ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އާސެނަލްގެ ކޯޗުގެ މަގާމާއި ވެންގާ ހަވާލުވީ 1996 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ޕްރިމިއާ ލީގުގައި އޭނާ އެ ޓީމަށް 823 މެޗުގައި އިރުޝާދު ދީފައިވާއިރު މިއީ ރެކޯޑެކެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން 1549 ލަނޑު ޖަހާފައިވާއިރު އޭނާ އެ މަގާމު ދޫކޮށްލީ ސަޕޯޓަރުންގެ ފަރާތުން ވޭތުވެދިޔަ ދެ ސީޒަނުގައި އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އުމުރުން 68 އަހަރުގެ ވެންގާ ވަނީ އާސެނަލްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް ތިން ޕްރިމިއާ ލީގާއި ހަތް އެފްއޭ ކަޕް ކާމިޔާބުކޮށްދީފައިވެއެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2004 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ތަށި އެއްވެސް މެޗަކުން ބަލިނުވެ އުފުލާލުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

28 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު