Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެން

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

ކުރިޔަށް އޮތް ސީޒަނުގައި އާސެނަލް ނުވަތަ އެހެން ކްލަބަކުން ފެނިގެންދާނެ: ވެންގާ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2017 | ހޮނިހިރު 16:58
އާސެނަލްގެ ކޯޗު ވެންގާ

އާސެނަލްގެ ކޯޗު ވެންގާ

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނާ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ އެއްބަސްވުމާމެދު އެއްޗެއް ބުނަން ނޭނގޭ ކަމަށާއި، އެހެން ނަމަވެސް އަންނަ ސީޒަނުގައި އާސެނަލް ނުވަތަ އެހެން ކްލަބަކުން ފެނިގެންދާނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.

ވެންގާ ބުނީ ކުރިމަގަށް ގޮތެއް ނިންމަން އެނގޭނީ ކްލަބަށް ކަމަށާއި، އޭނާ އުންމީދު ކުރަނީ އެންމެ ފައިދާހުރި ގޮތް ނިންމާނެ ކަމަށް ކަމަށެވެ. އެގޮތުން ވެންގާ ބުނީ ވޭތުވެދިޔަ 20 އަހަރު އާސެނަލްއާއެކު ހޭދަކުރީ ވަރަށް އިތުބާރާ އެކު ކަމަށެވެ.

މީގެއިތުރުން ވެންގާ ބުނީ އެކި ކްލަބްތަކުން އޭނާ އަށް ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި، އެހެންނަމަވެސް އަބަދުވެސް ވިސްނީ އާސެނަލްއާ މެދު ކަމަށެވެ. އޭނާ ބުނީ އާސެނަލް ނޫން އެހެން ކްލަބަކާ މެދު އަދިވެސް ނުވިސްނާ ކަމަށެވެ.

ކުރިމަގާ ބެހޭގޮތުން ތަފްސީލްކޮށް ވާހަކަދައްކަން ބޭނުންނުވާ ކަން ފާހަގަކުރަމުން ވެންގާ ބުނީ އޭނާގެ ހުރިހާ ވިސްނުމެއް ހުރީ އަދިވެސް ކުރިމަގަށްވުރެ އާސެނަލްއަށް ކާމިޔާބީ ހޯދައިދިނުމަށް ކަމަށެވެ.

އާސެނަލްގެ ކޯޗުކަމާ 1996 ވަނަ އަހަރު ހަވާލުވި މިހާރު އުމުރުން 67 އަހަރުގެ ވެންގާ ވަނީ އާސެނަލް އެއް ފެންވަރެއްގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އާސެނަލްގައި އަށް ވެންގާ އިރުޝާދުދިން 20 އަހަރު ތެރޭގައި އެޓީމު ވަނީ އެ ކްލަބަށް ތިން ޕްރިމިއާ ލީގު، ހަ އެފްއޭކަޕް އަދި ހަ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުންވެސް ވެންގާ ވަނީ އެކިގޮތްގޮތަށް ގިނަ ކާމިޔާބީތައް ހޯދާފައެވެ. އިނގިރޭސި ގައުމީ ފުޓުބޯޅަ ޓީމަށްވެސް އިރުޝާދުދޭން ފުރުސަތު ލިބުނު ވެންގާ ވަނީ އިންޑިވިޖުއަލް ގިނަ އެވޯޑުތައްވެސް ހޯދާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބިލްބާއޯގައި ރިޓަޔާކުރަން ސަޅިވާނެ: ލޮރެންޓޭ

ބިލްބާއޯގައި ރިޓަޔާކުރަން ސަޅިވާނެ: ލޮރެންޓޭ

27 ފެބުރުއަރީ 2019
މި ސީޒަނަށްފަހު ޗެކް ކުޅުން ހުއްޓާލަނީ!

މި ސީޒަނަށްފަހު ޗެކް ކުޅުން ހުއްޓާލަނީ!

15 ޖެނުއަރީ 2019
ޗެލްސީ އަށް ފަހު ރިޓަޔާކުރަން ފަހެއް ނުޖެހެން: ހަޒާޑް

ޗެލްސީ އަށް ފަހު ރިޓަޔާކުރަން ފަހެއް ނުޖެހެން: ހަޒާޑް

20 އޮކްޓޯބަރު 2018
16 ސީޒަނަށްފަހު އިނިއެސްޓާ ބާސާ ދޫކޮށްލާނެކަން އިއުލާނުކޮށްފި

16 ސީޒަނަށްފަހު އިނިއެސްޓާ ބާސާ ދޫކޮށްލާނެކަން އިއުލާނުކޮށްފި

27 އެޕްރީލު 2018
ސީޒަން ނިންމާލުމަށް ފަހު ރިޓަޔާކުރަން ކެރިކް ނިންމައިފި

ސީޒަން ނިންމާލުމަށް ފަހު ރިޓަޔާކުރަން ކެރިކް ނިންމައިފި

13 މާރިޗު 2018

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު