Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޒަވީ

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

ވިލްޝެއާގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުން ބަލައިގަންނަން: ޒަވީ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2017 | ބުރާސްފަތި 13:48
ވިލްޝެއާ (ކ) އާއި ގާޑިއޯލާ (ވ)

ވިލްޝެއާ (ކ) އާއި ގާޑިއޯލާ (ވ)

އާސެނަލް އަށް ކުޅެމުން އަންނަ ޖެކް ވިލްޝެއާ ގެންދަން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުންވާ ކަމަށް ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ފޮކްސް ލެޓިން އެމެރިކާ އަށް ދިން އިންޓަވިއުއެއްގައި ޒަވީ ބުނީ ގާޑިއޯލާ އަބަދުވެސް ވިލްޝެއާ އަށް އިހުތިރާމް ކުރާ ކަމަށާއި، އާސެނަލް އާއި ބާސާ 2011 ވަނަ އަހަރު ބައްދަލުކުރި މެޗުގައި ވިލްޝެއާ ވަނީ ބާސާގެ ކުޅުންތެރިން އަދި މެނޭޖްމަންޓް ވެސް ހައިރާންކުރުވާ ފަދަ ކުޅުމެއް ކުޅެފައިވާ ކުޅުންތެރިއެއް ކަމަށެވެ.

މީގެ އިތުރުން ޒަވީ ބުނީ އެ މެޗުގައި ވިލްޝެއާގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުން ބަލައިގަންނަ ކަމަށާއި، އޭނާގެ އެންމެ ބޮޑު މައްސަލައަކީ ދިމާވާ އަނިޔާގެ މައްސަލަތައް ކަމަށެވެ. އެހެންނަމަވެސް އަނިޔާގެ މައްސަލަ ދިމާނުވާ ނަމަ ވިލްޝެއާ ވެގެންދާނީ ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފިލްޑަރަށް ކަމަށް ވެސް ޒަވީ ވަނީ ބުނެފައެވެ.

މީގެ އިތުރުން ޒަވީ ބުނީ ވިލްޝެއާގެ ފިޓްނަސްއާ މެދު މިހާރު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށާއި، އެގޮތުން ވިލްޝެއާގެ ސޮއި ހޯދެން ކިރިޔާ ވެސް ފުރުސަތެއް އޮތް ނަމަ އެ ފުރުސަތުގެ ބޭނުން ގާޑިއޯލާ ހިފާނެ ކަމަށެވެ.

އާސެނަލް އިން 2008 ވަނަ އަހަރު ކެރިޔަރު ފެށި ވިލްޝެއާ ވަނީ އެޓީމުގައި މިހާތަނަށް ހޭދަކުރި ނުވަ ސީޒަނުގައި 159 މެޗު ކުޅެ 12 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

ބޮލްޓަންއަށް ލޯނު އެއްބަސްވުމެއްގެ ދަށުން 2009 ވަނަ އަހަރު އާސެނަލް އިން ބަދަލުވެ 14 މެޗު ކުޅެފައިވާ ވިލްޝެއާ މިވަގުތު ހުރީ ލޯން އެއްބަސްވުމެއްގެ ދަށުން އޭއެފްސީ ބޯންމައުތްގައެވެ. އެގޮތުން މިހާރު އޭނާ ވަނީ އެ ކްލަބަށް 20 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީއަށް މޮޅެއް

ފަހު ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީއަށް މޮޅެއް

16 އެޕްރީލު 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް

ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް

11 އެޕްރީލު 2017
ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

18 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު