Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެން ވެންގާ

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

ބާންލީ މެޗުގައި ވެންގާގެ އަމަލުތަކާ ގުޅިގެން އެފްއޭ އިން ވަނީ އޭނާ 25،000 ޕައުންޑުން ޖޫރިމައިނާކޮށްފަ

ލީވާން އަލީ
ލީވާން އަލީ | 28 ޖެނުއަރީ 2017 | ހޮނިހިރު 02:01
ވެންގާ އޭނާގެ ކަންބޮޑުވުން ރެފްރީއާ ހިއްސާކުރަނީ

ވެންގާ އޭނާގެ ކަންބޮޑުވުން ރެފްރީއާ ހިއްސާކުރަނީ

އާސެނަލްގެ ކޯޗު އާސެން ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް 25،000 ޕައުންޑުން ޖޫރިމަނާކޮށްފި އެވެ.

ވެންގާ ޖޫރިމައިނާކުރީ ބާންލީ އަތުން 1-2 ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗުގެ ފަހު ވަގުތުކޮޅުގައި ހަތަރު ވަނަ އޮފިޝަލް ޓައިލާ ކޮށްޕާލުމުންނެވެ. އަދި އޭނާގެ މައްޗަށް އެފްއޭއިން ތުހުމަތުކޮށްފައިވަނީ ހުތުރުބަހުން ހަތަރު ވަނަ އޮފިޝަލާ މުހާތަބުކުރުމެވެ.

އެ މެޗުގައި ރެފްރީގެ ނިންމުންތަކާ ވެންގާ ހިތްހަމަ ނުޖެހުނީ 93 ވަނަ މިނެޓުގައި ބާންލީ އަށް ރެފްރީ ޖޯން މޮސް ދިން ޕެނަލްޓީއާ ގުޅިގެންނެވެ. އެ މެޗުގައި ވެންގާގެ އަމަލުތަކާއެކު ފަހު މިނެޓުތައް އޭނާ ހޭދަކުރަން ޖެހިފައިވަނީ ޓަނެލް އޭރިޔާގައެވެ.

ބާންލީ އަށް ލިބުނު ޕެނަލްޓީ އެޓީމުގެ އެންޑްރޭ ގްރޭ ކާމިޔާބުކުރިއިރު، އޭގެ ސިކުންތުކޮޅެއްފަހުން އާސެނަލް އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެލެކްސަސް ސަންޗޭޒް ވަނީ އެޓީމަށް ލީޑު ނަގައިދީ މެޗު ކާމިޔާބުކޮށްދީފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވެންގާ ބުނީ އޭނާގެ އަމަލުތައް ފަހުވަގުތު ހުރިގޮތާ މެދު ފަހުން ދެރަވި ކަމަށާއި، އެއްވެސް އެއްޗެކޭ ނުބުނެ ހަމަޖެހިގެން އެ ދަނޑިވަޅުގައި ގެއަށް ދާންޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ އޭނާގެ އަމަލުތަކަށް މައާފަށްވެސް އެދިފައެވެ.

ވެންގާގެ މި ސަސްޕެންޝަނާއެކު އޭނާ އަށް ޗެލްސީއާ ދެކޮޅަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު އާސެނަލް ކުޅޭ މެޗުގައި ބެންޗުގައި ހުރުމުގެ ފުރުސަތުވެސް ގެއްލޭނެއެވެ. އެ މެޗުގެ އިތުރުން ވެންގާ އަށް އެފްއޭކަޕްގައި އަންނަ ހޮނިހިރު ދުވަހު ސައުތްހެމްޓަންއާ ދެކޮޅަށް ކުޅޭ މެޗު، ވަޓްފޯޑްއާ ދެކޮޅަށް ކުޅޭ މެޗު އަދި ޕްރިމިއާ ލީގުގައި ހަލް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ބެންޗުން ފުރުސަތު ގެއްލޭނެއެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު