Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ ހަނގުރާމަ

ސީރިޔާ ހަނގުރާމަ: ޣޫތާގެ އެންމެ ބޮޑު ޓައުން ސަރުކާރު ސިފައިން ހިފައިފި

ޣޫތާގެ ހަމަލާތައް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 18 ވަަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 11 މާރިޗު 2018 | އާދީއްތަ 07:28
ސީރިއާގެ ސިފައިން ވަނީ 2013 ވަނަ އަހަރުން ފެށިގެން ގޫތާ ހިސާރުކޮށްފައި

ސީރިއާގެ ސިފައިން ވަނީ 2013 ވަނަ އަހަރުން ފެށިގެން ގޫތާ ހިސާރުކޮށްފައި

ސީރިޔާގެ ފައުޖުތަކުން އިރުމަތީ ޣޫތާގެ އެންމެ ބޮޑު އަވަށް ހިފައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގަދަ ތިން ސަރަހައްދެއް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާކަމަށް މޮނިޓަރިންގ ގްރޫޕަކުން އަލަ ޖަޒީރާގައި ބުނެފިއެވެ.

ސީރިޔަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ހޮނިހިރު ދުވަހު ބުނީ ސަރުކާރުގެ ފައުޖުތަކުން ޣޫތާގެ މަސްރަބާ ޓައުން ހިފާފައިވާކަމަށެވެ. އެ ވެރިރަށް ދިމިޝްގުގެ އިރުން 10 ކިލޯމީޓަރު ދުރުމިނުގައި އޮންނަ އެ އަވަށް ހިފާފައިވާއިރު ވަށައިގެންވާ ސަރަހައްދުތަކުންވެސް ސަރުކާރުގެ ސިފައިން ކުރިއަރަމުން އަންނަކަމަށް އެ ޖަމާއަތުން ބުނެއެވެ.

ސީރިޔާގެ ދައުލަތުގެ ޓީވީއިން ބުނީ އިރުމަތީ ޣޫތާގެ މެދުތެރޭގައި ސީރިޔާގެ އަސްކަރިއްޔާގެ ބާރު ގަދަވަމުންދާކަމަށެވެ. މީގެ އިތުރުން އިދިކޮޅު ހަނގުރާމަވެރިންވެސްވަނީ އެ ޓައުނާއި ގުޅިފައިވާ މަގު އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފައިވާކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ޣޫތާގެ ހަމަލާތައް ފަށާފައިވާއިރު މިހާތަނަށް 1،002 މީހުން މަރާލާފައިވާކަމަށް ސީރިޔަން އޮބްޒަރވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެފިއެވެ.

މީގެ ތެރޭގައި 215 ކުޑަކުދިންނާއި 145 އަންހެނުން ހިމެނެއެވެ.

ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީއިން އަލް ޖަޒީރާގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ހަމަލާތަކުގައި އެކަނިވެސް 49 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 14 އަންހެނުންނާއި 10 ކުޑަކުދިން ހިމެނޭކަމަށެވެ.

އިތުރު 200 މީހުން ޒަޚަމްވެފައިވާކަމަށް އެ ޖަމާއަތުން ބުނެއެވެ.

ސީރިއާގެ އިރުމަތީ ޣޫތާގެ ހާލަތާއިމެދު ބައިނަލްއަޤްވާމީ މުޖުތަމައު އިން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ކުރިމަތިލުންތަކުގެ ސަބަބުން ޣޫތާގައި ހާލުގައި ޖެހިފައިވާ އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރަސްތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

ހަތަރު ލައްކަ އެއްހާ މީހުން ދިރިއުޅޭ އިރުމަތީ ޣޫތާގެ އާބާދީގެ ބޮޑު ބަޔަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެހެން ސަރަހައްދުތައް ދޫކޮށް އެސަހަރަށް ހިޖުރަކޮށްފައިވާ ފަރާތްތަކެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރި ގްރޫޕްތަކުން ކޮންޓްރޯލް ކުރާ އިރުމަތީ ޣޫތާ އަކީ ވެރިރަށް ދިމިޝްޤުގެ ރަށް ބޭރުގައި އޮންނަ ސަހަރެކެވެ. ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ މީހުން ދިރިއުޅޭ އިރުމަތީ ޣޫތާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިޔުމާއެކު، ސީރިއާގެ ސިފައިން ވަނީ 2013 ވަނަ އަހަރުން ފެށިގެން އެސަހަރު ވަށާލައި، ހިސާރުކޮށްފައެވެ. ބައްޝާރުގެ ފައުޖުތަކުގެ ހަނގުރާމަވެރިން އިރުމަތީ ޣޫތާ އަށް ވަދެވެން އޮންނަ މަގުތައް ބަންދުކުރުމާއި ގުޅިގެން އެސަހަރުގެ ތެރެއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، އެކަމާއި ގުޅިގެން އެސަރަހައްދުގެ ތަކެތީގެ އަގު ބޮޑުވެ، އިންފްލޭޝަން ރޭޓް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު