Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފްލޮރިޑާގައި ބަޑިޖެހުން

ފްލޮރިޑާގެ ހައި ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއެއްގައި 17 މީހަކު މަރުވެއްޖެ

ހައި ސްކޫލްގެ ކެމްޕަހުގެ ތެރޭގައި ބަޑި ޖަހާފައި ވަނީ އެ ސްކޫލްގެ ކުރީގެ ދަރިވަރެއް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2018 | ބުރާސްފަތި 03:14
ހައި ސްކޫލްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އަށް ފަހު ދަރިވަރުންގެ ބެލެނިވެރިން ހަމަލާގެ ޚަބަރު ހޯދުމަށް އެއްވެފައި

ހައި ސްކޫލްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އަށް ފަހު ދަރިވަރުންގެ ބެލެނިވެރިން ހަމަލާގެ ޚަބަރު ހޯދުމަށް އެއްވެފައި

އެމެރިކާގެ ފްލޮރިޑާގެ މާރޖޮރީ ސްޓޯންމަން ޑަގްލަސް ހައި ސްކޫލްގެ ކެމްޕަހުގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއެއްގައި 17 މީހަކު މަރުވެއްޖެއެވެ.

ފްލޮރިޑާގެ ޕާކްލެންޑްގައި ހުންނަ ހައި ސްކޫލް ކެމްޕަހުގެ ތެރޭގައި ބަޑި ޖަހާފައި ވަނީ ނިކޮލަސް ކްރޫޒް ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާއަކީ އެ ހައި ސްކޫލުން ކަނޑާލާފައިވާ އެ ސްކޫލްގެ ކުރީގެ ދަރިވަރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ 2012 ވަނަ އަހަރު ކަނެކްޓިކަޓް ސްކޫލްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އަށް ފަހު، އެމެރިކާގެ ސްކޫލެއްގެ ތެރޭގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. ކަނެކްޓިކަޓް ސްކޫލްގައި ދިން ބަޑީގެ ހަމަލާގައި 20 ކުއްޖަކު މަރުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ބްރޮވާޑް ކައުންޓީ ޝެރިކް ސްކޮޓް އިސްރާއީލް ބުނީ، ކްރޫޒް ސްކޫލްގެ ތެރެއަށް ވަދެފައި ވަނީ ސްކޫލްގެ ބޭރުގައި ދިން ބަޑީގެ ހަމަލާތަކެއްގައި ތިން މީހަކު މަރާލުމަށް ފަހު ކަމަށެވެ. އަދި ސްކޫލްގެ އިމާރާތުގެ ތެރެއަށް ވަދެ، އިތުރު 12 މީހަކު މަރާލާފައިވާ ކަމަށް ސްކޮޓާއިހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ކްރޫޒް ދިން ބަޑީގެ ހަމަލާތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބްރޯވާޑް ހެލްތުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިން ޑރ. އިވާން ބޯޔާ ވަނީ، އެމެރިކާ ގަޑިން ބުދަ ދުވަހުގެ ފަހުގެ ވަގުތެއްގައި ދިން މިހަމަލާއާ ގުޅިގެން 17 މީހަކު ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުން ފަރުވާ ދިން މީހުންގެ ތެރޭގައި ބަޑީގެ ހަމަލާ ދިން ކްރޫޒް ހިމެނޭ ކަމަށާއި، އޭނާ އަށް ފަރުވާ ދިނުމަށްފަހު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ޑރ. އިވާން ވިދާޅުވިއެވެ.

ހަމަލާ ދިން ކްރޫޒް އެ ސްކޫލުން ވަކިކޮށްފައިވަނީ އަޚުލާޤީ މައްސަލަތަކަކާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު