Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ސެރީއޭ

އިޓާލިއަން ސެރީއޭ: އެއްވަރުވެ އިންޓަ ހަތަރުވަނައަށް ވެއްޓިއްޖެ

ރޯމާއާ ދެކޮޅަށް އިންޓަ ކުޅުނު މެޗު ނިމިފައިވަނީ 1-1އިން އެއްވަރުވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2018 | ހޯމަ 07:08
ރޯމާ އަދި އިންޓަ ކުޅުނު މެޗުގެ ތެރެއިން

ރޯމާ އަދި އިންޓަ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ސެރީއޭގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ތާވަލުގެ ހަތަރުވަނަ އަށް އިންޓަ މިލާން ވެއްޓިއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޯމާއާ ދެކޮޅަށް އިންޓަ ކުޅުނު މެޗު ނިމިފައިވަނީ 1-1އިން އެއްވަރުވެގެންނެވެ. ލީގުގައި އެންމެ ފުރަތަމަ ކުޅުނު 15 މެޗުގެ ތެރެއިން 12 މެޗުން އިންޓަ މޮޅުވި ނަމަވެސް، އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅުވެފައެއް ނުވެއެވެ. މި ދެ ޓީމުގެ ފޯވާޑުން ވެސް ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން މަސައްކަތްކުރަމުން އަންނައިރު އެ ކުޅުންތެރިން ވަނީ މި ދެ ޓީމުގެ ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 31 ވަނަ މިނެޓުގައި އިންޓަގެ ޑިފެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ރޯމާއަށް ޖަހައިދިނީ ސްޓެފަން އެލް ޝާރަވީއެވެ. މި ލަނޑަށްފަހު އިންޓައިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމަށް ނަތީޖާ ހަމަހަމަކުރެވިފައެއް ނުވެއެވެ.

ރޯމާ ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު އިންޓައިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ވަރުގަދަކޮށްފައެވެ. މި ހާފުގައި އިންޓައިން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ރޯމާގެ ކީޕަރު އެލިސަންއެވެ. އެހެން ނަމަވެސް މެޗުގެ 86 ވަނަ މިނެޓުގައި މަޓިއަސް ވެސީނޯ ވަނީ އެލިސަން ބަލަހައްޓަމުންދިޔަ ރޯމާގެ ގޯލު ފޫއަޅުވާލުމަށްފަހު އިންޓައަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ސެރީއޭގައި ލާޒިއޯ ވަނީ 5-1 އިން ޗިއޭވޯ ވެރޯނާ ބަލިކޮށް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. މި މެޗުގައި ލާޒިއޯގެ ސާޖީ މިލިންކޮވިޗް ދެ ލަނޑު ޖެހިއިރު އެ ޓީމުގެ ލުއިސް އަލްބާޓޯ އަދި ލުއިސް ނާނިގެ އިތުރުން ބާސްޓޯސް ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިދީފައެވެ. މި މެޗުގައި ޗިއޭވޯއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ފޯވާޑް މެނުއެލް ޕުކަރޭލީއެވެ.

ނަޕޯލީ ވެސް ވަނީ ރަށުން ބޭރުގައި 1-0 އިން އެޓަލާންޓާ ބަލިކޮށް ތާވަލުގެ ކުރީގައި އެ ޓީމަށް ލިބިފައިވާ ލީޑު ފުޅާކޮށްފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ ބެލްޖިއަމްގެ ފޯވާޑް ޑްރައިސް މާޓެންސްއެވެ. ހަމައެހެންމެ އޭސީ މިލާން ވެސް ވަނީ ރަށުން ބޭރުގައި 2-1 އިން ކަގްލިއާރީ ބަލިކޮށް ތާވަލުގެ ހަތްވަނަ މަގާމަށް ޖެހިލާފައެވެ. ނިކޮލޯ ބޮރޭލާ ކަގްލިއާރީއަށް ލީޑު ނަގައިދިން ނަމަވެސް ފްރޭންކް ޔަނިކް ކެސީ ވަނީ ދެ ލަނޑު ޖަހައިދީ އޭސީ މިލާން މި މެޗުން މޮޅުކޮށްދީފައެވެ.

އިޓާލިއަން ސެރީއޭގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 21 މެޗުން 54 ޕޮއިންޓް ހޯދައިގެން އޮތީ ނަޕޯލީއެވެ. އެ ޓީމަށްވުރެ އެއް މެޗު މަދުން ކުޅެގެން 50 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ތިންވަނައިގައި 43 ޕޮއިންޓާއެކު އޮތީ ލާޒިއޯއެވެ. އިންޓައަށް ވެސް 43 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ހަތަރުވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު