Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓުބޯޅަ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ދެ ޓީމުން ވެސް ނުކުންނާނީ ވަރުގަދަކޮށް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2017 | އަންގާރަ 21:53
ނިއު ރޭޑިއަންޓް ސްޕޯޓްސް ކަލަބުގެ މި ސީޒަނަށް ތައްޔާރުވާ ޓީމް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކަލަބުގެ މި ސީޒަނަށް ތައްޔާރުވާ ޓީމް

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ. ޓާފް އެއް ނަންބަރ ދަނޑުގައި ހޯމަ ދުވަހު ހަވީރު ކުޅުނު މި މެޗުގައި ނިއު ރޭޑިއަންޓުން ވަނީ އެކްލަބަށް އަލަށް ގެނައި ބިދޭސީ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ ހަފުތާގަ އެވެ. އެގޮތުން އެޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގައުމީ ޓީމުގައިވެސް އަދި ކްލަބު ލެވެލްގައިވެސް ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންވަނީ ގެނެސްފަ އެވެ. އެކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެއް ނަންބަރު ގޯލްކީޕަރ އިމްރާން މުހައްމަދާއި ޓީސީ އަށް ކުޅެމުން އައި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މިދިޔަ ސީޒަންގައި ވެލެންސިއާއަށް ކުޅުނު މިޑްފީލްޑަރ އަކްރަމް އަބްދުލްޣަނީ އާއި މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބ. އޭދަފުށީ ޓީމުގެ ގޯލްކީޕަރ އަބްދުﷲ ޒިޔަޒަންގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަބުދުﷲ މިދުހަތު ފަހުމީ ހިމެނެ އެވެ. މީގެ އިތުރުން ނިއުއާ ގުޅުނު ބިދޭސީ ހަތަރު ކުޅުންތެރިންނަކީ ޗެލްސީގެ 18 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ގާނާގެ ޑިފެންޑަރެއް ކަމަށްވާ ޑެނިއަލް ޕަޕޯ އާއި ނެދަލެންޑްސްގެ މިޑްފީލްޑަރެއް ކަމަށްވާ ޖަމެލް ލީފްލޭންގާއި ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯ ވަލްޑެސް އަދި ޖަޕާނުގެ މިޑްފީލްޑަރު ކެއިސޫކޭ އޮގާވާ އެވެ.

ނިއުގެ ފަރިތަކުރުންތައް ކުރިއަށްދާއިރު، އެޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ހަމަޖައްސާފައި ވަނީ އެޓީމުގެ ކުރީގެ ކެޕްޓަން އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. އަދި ގޯލު ކީޕަރ ޓްރެއިނަރަކަށް ހަމަޖއްސާފައިވަނީ ހަސަން ހަމީދު (ޑަކޭ) އެވެ. މީގެ އިތުރުން ގްރީން ސްޓްރީޓުންވެސް ވަނީ އާ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ގޮންގޮސްފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ މެދުތެރެއިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ގެނައި ޖަޕާނުގެ ގޯލްކީޕަރު ޔުން ކޮޗީ އާއި ވިކްޓަރީ އަށް ކުޅުނު ފަރުހާދު އިސްމާއިލް (ފަރޭ) އާއި ސައިފް އާއި މާޒިޔާ އަށް ކުޅުނު އަހްމަދު ރަޝީދާއި ޓީސީގެ އަހްމަދު ނިޒާމް އަދި މުހައްމަދު ޝައްފާޒު (ޝައްޕެ) ހިމެނެއެވެ. މިއަހަރުގެ ފުރަތަމަ ޑިވިޝަނުން ގްރީން ސްޓްރީޓް ޖާގަ ހޯދީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމްއިން ނިންމާފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު