Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުގައި މަރު ގިނަވުން

މާފުށީ ޖަލުގައި ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުދީ މަރާލަނީ ކަމަށް މަހުލޫފް ތުހުމަތު ކުރައްވައިފި

21 ޖެނުއަރީ 2018 | އާދީއްތަ 03:46

އަހަރެއްގެ ތެރޭގައި 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 21 ޖެނުއަރީ 2018 | އާދީއްތަ 03:46
މަހުލޫފްގެ މައްޗަށް އިއްވި ހުކުމް ތަންފީޒު ކުރަމުންދިޔައިރު، ކަރެކްޝަނުގެ އޮފިސަރުންތަކަކާއެކު

މަހުލޫފްގެ މައްޗަށް އިއްވި ހުކުމް ތަންފީޒު ކުރަމުންދިޔައިރު، ކަރެކްޝަނުގެ އޮފިސަރުންތަކަކާއެކު

މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ފަރުވާނުދީ މަރާލަނީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ތުހުމަތު ކުރައްވައިފިއެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ހޮނިހިރު ދުވަހު މަރުވެފައިވަނިކޮށް، މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ފަރުވާ ނުދީ ގައިދީން މަރާލަނީ ކަމުގެ ތުހުމަތު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އަހަރެއްގެ ތެރޭގައި 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި ކޮމިޝަނަރ އޮފް ޕްރިޒަންސް މިކަމުގެ ޒިންމާ ނަންގަވަންޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

މަހުލޫފް ވިދާޅުވީ އޭނާގެ މައްޗަށް އިއްވި ހުކުމް ތަންފީޒު ކުރަމުންދިޔައިރު، މި ޝަކުވާ ކުރެވުނު އަދަދުވެސް ނޭނގޭ ކަމަށެވެ.

މަހުލޫފްގެ މައްޗަށް އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި އިރުވެސް އޭނާ ވަނީ ޖަލުގައި ގައިދީންނާ މެދު އަމަލުކުރަމުން ގެންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެގޮތުން، މާފުށީ ޖަލުގެ ޔުނިޓް 10 ގައި ހުކުމް ތަންފީޒު ކުރައްވަމުން މަހުލޫފް ނެރުއްވި ބަޔާނެއްގައި ވަނީ ގައިދީންނާ މެދު އަމަލުކުރަމުންދާ ގޮތް ހާމަކުރައްވާފަ އެވެ. ޖަލުގައި ހުންނަވައިގެން މިދިޔަ އަހަރުގެ ފެބްރުއަރީގައި ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ މީހުން ޖަލަށް ލަނީ އެމީހަކު ކުރި ކުށަކަށް ދެވޭ އަދަބެއްގެ ގޮތުންކަމަށްވާއިރު، ޖަލަށްލުމަށް ފަހު ޖަލު ތެރޭގައި އަނިޔާ ލިބެމުންދާ އެތައް ގައިދީންނެއް އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތައް ލިބެމުންދާ އެތައް ގައިދީންނެއް މިވަގުތުވެސް ޖަލުގައި އެބަތިއްބެވެ.

ގައިދީންނާމެދުވެސް އަމަލުކުރަންވާނީ އިންސާނުންނާމެދު އަމަލުކުރާ އުސޫލުން ކަމަށާއި، ގައިދީންނާމެދު އަމަލުކުރާ އުސޫލުތަކުގެ ސަބަބުން ބުއްދިފިލާ ގޮސްފައިތިބި ގައިދީން މިވަގުތު މާފުށި ޖަލުގައިވެސް އެބަ ތިބިކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އެކަށީގެންވާ ބޭސް ފަރުވާ ހަމަޖައްސައިނުދީ އެތައް ގައިދީންނެއް ތިބިއިރު، ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބޭސް ލިޔެދިން ފަހުން ހަތަރު މަސްދުވަސް ވީއިރުވެސް ޑޮކްޓަރު ލިޔެދިން ބޭސް ގައިދީންނަށް ނުދޭ ކަމަށެވެ. މަހްލޫފް ވިދާޅުވީ ޖަލުތަކާ ޕެރޯލްގެ ގާނޫނުގައި، ޖަލު އަދަބެއްގެ ގޮތުން ވިޔަސް އެކަހެރިކޮށްފައި ގައިދީއަކު ބެހެއްޓޭނީ ގިނަވެގެން އެއް މަސް ދުވަހުގެ މުއްދަތަށް ކަމަށް ބަޔާންކޮށްފައިވީނަމަވެސް ޖަލުގައި އެކަހެރިކޮށް ބަންދުކޮށްފައިތިބި އެތައް ގައިދީންނެއް އެބަތިބިކަމަށެވެ.

މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ހިތް ހުއްޓިގެން މަރުވިއިރު، ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ވެސް ހިތް ހުއްޓިގެން މިދިޔަ މަހު މަރުވެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
18 ފެބުރުއަރީ 2017

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް