Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017 | ހޮނިހިރު 11:56

ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް 15 އަށް ފަސްކުރުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 11 ފެބުރުއަރީ 2017 | ހޮނިހިރު 11:56
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

އޭޕްރީލް މަހަށް ތާވަލްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ރީރެޖިސްޓްރޭޝަނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ ރީރަޖިސްޓްރޭޝަނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އެކަމަށް މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެންޑިޑޭޓުންގެ ޝަރުތުތަކަށް މަޖީލީހުން ބަދަލުތަކެއް ގެނެސް ބިލެއް ފާސްކޮށްފައިވާ އިރު އެ ބިލް ގާނޫނަކަށް ވެގެންދާ ހިސާބުން ފެށިގެން ގާނޫނުން ރައްޔިތުންނަށް ލިބޭ ފުރުސަތުތައް ދެވިގެންދާނެ ކަމަށެވެ.

އިންތިހާބުގެ ތާރީހުގެ ގޮތުގައި އެންމެ ފަހުން ކަނޑައަޅާފައިވާ ދުވަސް ބަދަލު ނުވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ގެނައި ބަދަލުތަކާ ގުޅިގެން އިންތިހާބު ފަސް ވެދާނެކަން އަދި ނޫންކަން ވެސް ބުނަން ނޭންގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރިލް މަހުގެ 15 ދުވަހެވެ.

ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި އޮތް ކައުންސިލް އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. ކައުންސިލް އިންތިހާބު ފަސް ކޮށްފައިވަނީ ވަކި ބަޔަކަށް މަންފާތަކެއް ހޯދައި ދިނުމަށް ކަމަށް އެމްޑީޕީ އާއި ޕީޕީއެމްގެ މައުމޫން ޕެކްޝަނުން ވެސް ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކަމަށެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް