Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހްލޫފް

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017 | ހޯމަ 23:55

މާރޗް މަހުވެސް މަހްލޫފް ފަރުވާއަށް އިންޑިއާއަށް ވަޑައިގަންނަވަން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 27 ފެބުރުއަރީ 2017 | ހޯމަ 23:55
އަހްމަދު މަހްލޫފް: ޖަލުގައި އޮންނަވައިގެންވެސް ސަރުކާރަށް ގެންދަވަނީ ފާޑު ވިދާޅުވަމުން

އަހްމަދު މަހްލޫފް: ޖަލުގައި އޮންނަވައިގެންވެސް ސަރުކާރަށް ގެންދަވަނީ ފާޑު ވިދާޅުވަމުން

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ބޭސްފަރުވާއަށް ފަހު ހޯމަ ދުވަހުގެރޭ ރާއްޖެ ވަޑައިގެންނެވުމުން އަނބުރާ މާފުށީ ޖަލަށް ގެންގޮސްފިއެވެ.

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު މަހްލޫފް ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންނެވީ ފުރަތަމަ ފަހަރު އޭނާގެ ފަރުވާއަށް ފޮނުވި ނަމަވެސް ދީފައިވާ މުއްދަތު ހަމަވުމުން ރާއްޖެ ވަޑައިގަންނަވަން ޖެހިވަޑައިގެންފައި ވަނިކޮށެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި ފަހަރު ބޭސްފަރުވާ އަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާއިރު މަހްލޫފު އެނބުރި މާލެ ވަޑައިގަތީ ހޯމަ ދުވަހުގެ 7:00 ހާއިރު އެވެ.

މަހްލޫފްގެ އާއިލާއިން ބުނެފައިވާ ގޮތުގައި މަހްލޫފަށް ކުރިމަތިވެގެން އުޅެނީ އެލާޖީ މައްސަލައެކެވެ. އެހެންވާން ދިމާވި ސަބަބެއް ކަމުގައި އާއިލާއިން ތުހުމަތު ކުރަނީ ޖަލުން ފޯރުކޮށްދޭ ކާތެކެތީގެ މައްސަލައާއި އެކާތަކެތީގެ ނުސާފުކަމުގެ މައްސަލައެވެ.

އެލާޖީގެ މައްސަލަތައް ދިމާވާތީ ތިން މަސް ވަންދެން އިންޖެކްޝަން ޖަހަން ޑޮކްޓަރުން ވަނީ މީގެ ކުރިންވެސް މަހުލޫފަށް ލަފާދީފައި ވެއެވެ. އިންޖެކްޝަންގެ ފުރަތަމަ ޑޯޒް މިފަހަރު ޖަހާފައިވާއިރު، އަންނަ މަހުގައި ވެސް އިންޖެކްޝަން ޖަހަން މަހުލޫފް އިންޑިޔާ އަށް ވަޑައިގަންނަވަން ޖެހޭ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މަހްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފައިވާއިރު އޭނާ އެމައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅި މައްސަލަ އަދިވެސް ނިމިފައެއް ނުވެއެވެ. އަދި މިހާރު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރި ހުކުމެވެ.

މަހްލޫފަކީ ޕީޕީއެމްގައި ހުންނަވައިގެންވެސް ރައީސް ޔާމީނާއި ސަރުކާރުގެ ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާ ފާޑު ވިދާޅުވި ބޭފުޅެކެވެ. ޕީޕީއެމުން ވަކިކުރީވެސް އެހެންވެގެންނެވެ. އަދި ފަހުން މަހްލޫފް ފެންނަން ފެށީ އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ނަގާކިއުއްވި ބޭފުޅެއްގެ ގޮތުގައެވެ. މަހްލޫފަށް ކޮށްފައިވާ ދެހުކުމަކީވެސް އެފަދަ ދެހަރަކާތެއްގެ ތެރެއިން ހައްޔަރުކޮށް ކޮށްފައިވާ ހުކުމެކެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް