Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަލުގައި އަނިޔާކުރާކަމުގެ ތުހު

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

އެއްވެސް ގައިދީ އެއްގެ މަރާ ބެހޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ވާހަކަ ދައްކާފައެއް ނުވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 16 ފެބުރުއަރީ 2017 | ބުރާސްފަތި 10:19
މާފުށީ ޖަލުގެ ކަމްޕައުންޑް،ޖަލުގެ ބޭރުން

މާފުށީ ޖަލުގެ ކަމްޕައުންޑް،ޖަލުގެ ބޭރުން

މާފުށީ ޖަލުގައި ގައިދީންނަށް ބޮޑެތި އަނިޔާތަކެއް ކުރާކަމަށްބުނެ ހުކުމް ތަންފީޒުކުރައްވަމުންގެންދަވާ ގަލޮޅު ދެކުނުދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ކުރެއްވި ތުހުމަތު ތަކާ ގުޅިގެން ހިއުމަންރައިޓްސް ކޮމިޝަނުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް އެ ކޮމިޝަނުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މި މަހުގެ 11 ވަނަ ދުވަހު މަހުލޫފް ނެރުއްވާފައިވާ ބަޔާނެއްގައި އޭނާ ވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވެސް ހިމެނޭގޮތުން ޖަލުގައި އެތައް ގައިދީންނަކަށް އަނިޔާ ކުރާ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މަހުލޫފް ތުހުމަތު ކުރެއްވި ބައެއް ކަންކަން

  • ގައިދީންނަށް ދޭ ކެއުން ދެރަ
  • ބޭސްފަރުވާ ރަނގަޅަށް ފޯރުކޮށްނުދޭ
  • ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ކޮންކްރީޓް ހޮހޮޅައެއްގައި އިރަށް ދޮންވާ ގޮތަށް އޮންނަތާ އަހަރެއް

ދެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މަހުލޫފު، ފުރަތަމަ ޖަލަށް ގެންގޮސްފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރަން ދަތިކުރި ކަމަށްބުނާ މައްސަލައެއް ސާބިތުކޮށްގެންނެވެ. ހަތަރު މަހަށް ޖަލަށް ލުމަށް އިއްވި އެ ހުކުމް އިއްވާފައިވަނީ ޖުލައި 18، 2016ގައެވެ.

މަހްލޫފު ފާހަގަކުރެއްވި ގޮތުގައި އޭނާ ޖަލަށް ލި ފަހުން، މިދިޔަ މުއްދަތުގެ ތެރޭގައި ފަސް ގައިދީއަކު "ހަގީގަތް ނޭނގޭ ގޮތަށް" ވަނީ މަރުވެފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ޖަލުގައި ފަސްގައިދީން މަރުވިކަން ކަރެކްޝަނަލް ސާވިސަސްއިން މީޑިއާތަކަށް ދީފައިވާ މައުލޫމާތުން ވެސް އެނގޭއިރު، ހިއުމަންރައިޓްސް ކޮމިޝަނުން މިއިން އެއްވެސް މައްސަލައެއްގައި މީޑިއާއަށް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމިޝަނުން ޖަވާބު ނުލިބުން

މި މަހުގެ 11 ވަނަ ދުވަހު މަހުލޫފް ނެރުއްވާފައިވާ ބަޔާނާ ގުޅިގެން ކޮމިޝަނަށް ގުޅުމުން ކޮމިޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ ޖަލުތަކާބެހޭ މައުލޫމާތު ދެއްވާނީ ކޮމިޝަނުގެ ނައިބް ރައީސް ޝިފާގު މުފީދު ކަމަށެވެ. 12 ވީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ގުޅުމުން ވެސް އަދި މެސެޖް ކުރުމުން ވެސް ޝިފާގު ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ބުނާ ގޮތުގައި ތަހުގީގު ކުރަމުންދާ މައްސަލަަކާ ބެހޭގޮތުން މައުލޫމާތު ދެއްވާނީ ޝިފާގުއެވެ.

ޖަލުތަކާމެދު ހިއުމަން ރައިޓްސް ކޮމިޝަނުގެ ދައުރު

ދިވެހި ރާއްޖެއަށް ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ގެންނަން ފެށުމުގެ ތެރެއިން އާ ގާނޫނު އަސާސީ ތަސްދީގުކުރުމުގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނެއް އެކުލަވާލެވުނު އިރު މިއިން ކޮންމެ ކޮމިޝަނަކުން ވެސް ކުރިން އެންގުމަކާ ނުލައި ޖަލުތަކަށް ޒިޔާރަތްކޮށް ހާލަތު ބަލާފައިވާއިރު، މިހާރު ތިއްބެވި މެންބަރުން ވަޑައިގަތްފަހުން އަދި އެފަދަ ގޮތަކަށް ޖަލުތަކަށް ޒިޔާރަތްކޮށްފައި ނުވާކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ޢާއްމުކޮށް ޖަލުތަކަށް އަންގައިގެން ކުރާ ޒިޔާރަތްތަކާ ބެހޭގޮތުން ވެސް ކޮމިޝަނުން މައުލޫމާތު ހާމައެއް ނުކުރެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާ ކުރުމަކީ ސަގާފަތެއްގެ ގޮތުގައި އޮތްއިރު އިސްލާހީ ބަދަލުތަކުގައި ރޫހެއްޖެހިގެން އައިސްފައިވަނީ ވެސް ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިއަ ޒުވާނަކު މަރާލި ހާދިސާއިންނެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ގާސިމްގެ މައްޗަށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް: ޖޭޕީ

21 އެޕްރީލު 2017
ގާސިމްގެ މައްޗަށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް: ޖޭޕީ
18 އެޕްރީލު 2017

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި
27 މާރިޗު 2017

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟
13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު