Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިސްރުގެ ރިޔާސީ އިންތިޚާބު

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އަސްކަރިއްޔާގެ ކުރީގެ ލީޑަރު އިއުލާން ކުރައްވައިފި

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް އަބްދުލް ފައްތާހް އަލް ސިސީ ވެސް ވަނީ އިއުލާން ކުރައްވާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2018 | ހޮނިހިރު 16:52
މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެގައުމުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ޖެނެރަލް ސާމީ އަނާން އިއުލާން ކުރައްވަނީ

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެގައުމުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ޖެނެރަލް ސާމީ އަނާން އިއުލާން ކުރައްވަނީ

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެގައުމުގެ އަސްކަރިއްޔާގެ ކުރީގެ ލީޑަރު ޖެނެރަލް ސާމީ އަނާން ނިންމަވައިފި އެވެ.

އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވިކަން އެގައުމުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ޖެނެރަލް ސާމީ އަނާން ހާމަކުރެއްވީ ހޮނިހިރު ދުވަހު އެވެ.

އަނާންގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް އާއްމުކުރި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ، ނުރަނގަޅު ސިޔާސަތުތަކުން މިސްރު ސަލާމަތް ކުރުމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަކަން ގާއިމް ކޮށްދިނުމަށާއި ވަކި ކޮޅެއް ނުނެގުމަށް މިސްރުގެ ކަމާއިބެހޭ އިދާރާތަކަށް އަނާން ގޮވާލައްވައިފައިވެއެވެ.

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް އަބްދުލް ފައްތާހް އަލް ސިސީ ވެސް ވަނީ ހުކުރު ދުވަހު އިއުލާން ކުރައްވާފައެވެ.

ސިސީގެ ނަން ވިދާޅުނުވެ، އަނާން ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަގާމުން ވަކިވެވަޑައިގަންނަވާނެ ރައީސެއްގެ ހިމާޔަތުގައި ގާނޫނާއި ޚިލާފް އަމަލެއް ނުހިންގުމަށާއި، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާ ކެންޑިޑޭޓުންނާއި މެދު ހަމަހަމަކަން ގެންގުޅުމަށް އެގައުމުގެ ދާޚިލީ އަދި ސަލާމަތާއި ގުޅޭ ކަންކަން ބަލަހައްޓާ އިދާރާތަކަށް ގޮވާލާފައެވެ.

މާޗް މަހުގެ 26 ން 28 އަށް ބޭއްވުމަށް ތާވަލް ކޮށްފައިވާ މިއިންތިޚާބުގެ ފުރަތަމަ ބުރު ސިސީ ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެއެވެ. އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މާޗްމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވާއިރު، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ޖެނުއަރީ މަހުގެ 20 ން 29 ގެ ނިޔަލަށް އެގައުމުގެ އިންތިޚާބީ ކޮމިޝަންގައި ރެޖިސްޓަރ ކުރަން ޖެހެއެވެ.

މާޗް މަހު ބާއްވާ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ ފަންސާސް އިންސައްތަ ވޯޓު ނުހޯއްދެވިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާ އަކު އިންތިޚާބު ކުރާނީ ފުރަތަމަ ބުރުން ކުރި ހޯއްދަވާ ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުންނެވެ. ދެވަނަ ބުރުގެ ވޯޓު ލުން ބޭއްވުމަށް ތާވަލް ކޮށްފައިވަނީ އޭޕްރީލް މަހުގެ 24 ން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަނާން އަދި ސިސީގެ އިތުރުން މިއިންތިޚާބުގައި ވާދަކުރެއްވާނެކަން އިއުލާން ކުރައްވާފައިވާ ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ލީޑަރު އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ގާނޫނީ ވަކީލެއް ކަމަށްވާ ޚާލިދު އަލީ، އަދި 2013 ވަނަ އަހަރާއި 2014 ވަނަ އަހަރާއި ދެމެދު އެގައުމުގެ ސައިންޓިފިކް އެފެއަރޒްގެ މުޝީރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖައްވީ ސައިންޓިސްޓެއް ކަމަށްވާ އީސާމް ހެގީ އެވެ.

އިންތިޚާބުގައި ވާދަކުރެއްވާނެ ކަމަށް ކުރިން ބެލެވުނު ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ދެ ކެންޑިޑޭޓަކު ވަނީ އެ ނިންމުން އަނބުރާ ގެންދަވާފައެވެ. އެގޮތުން މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު މުޙައްމަދު އަންވަރު ސާދާތު އަދި ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީޤް ވަނީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމެވިކަން އިއުލާން ކުރައްވާފައެވެ.

މި ދެބޭފުޅުންގެ ތެރެއިން ޝަފީޤް ވަނީ 2014 ވަނަ އަހަރު މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ސިސީ އާ ވާދަކުރައްވާފައެވެ. ގައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނަވައިގެން އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވުމަށް ފަހު އެނިންމެވުން ބަދަލުކުރެއްވީ ކެމްޕެއިން ކުރެއްވުމަށް އެނބުރި ގައުމަށް ވަޑައިގެންނެވުމަށްފަހު އެވެ. ޝަފީގްގެ ގާނޫނީ ވަކީލަކާއި ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ވަނީ، އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ޝަފީގް ދޫކޮށްލެއްވީ، ރިޔާސީ ރޭހުން ވަކިވެވަޑައިނުގަންނަވައިފިނަމަ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ޝަރީއަތްތައް ފަށާނެ ކަމަށް ބުނެ، މިސްރުގެ ސަރުކާރުން ބިރު ދެއްކުމާއި ގުޅިގެން ކަމަށެވެ.

އަދި މިސްރުގެ ރައީސް ކަމާއި ބޮޑުވަޒީރުގެ މަގާމް ފުރުއްވާފައިވާ ކުރީގެ ސިޔާސީ ލީޑަރު މުޙައްމަދު އަންވަރު އަލް ސާދާތު އަށް ބޮޑުބޭބެ ވިދާޅުވާ ސާދާތު އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމެވީ، މިސްރުގެ ރައްޔިތުން އުއްމީދުކުރާ ފަދަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެކަމަށް ގަބޫލުނުކުރެއްވޭ ކަމަށާއި، އެހެންކަމުން ބަލިވެފައިވާ ހަނގުރާމައެއްގެ ތެރެއަށް ވަނުމަށް ބޭނުންނުވާ ކަމަށް ވިދާޅުވެ އެވެ.

މިސްރުގެ އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި ސިސީ އެގައުމުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ، ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވި މިސްރުގެ ފުރަތަމަ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން 2013 ގެނައި އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށް ފަހު، 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައެވެ. ސިސީ އިސްވެ ހުންނަވައިގެން ގެނައި ބަޣާވާތުގައި މުރްސީގެ މުސްލިމް ބްރަދަހުޑް ޕާޓީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހު، ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމާއި ދެމެދު އެގައުމުގެ ވެރިކަން ކުރައްވާފައިވަނީވެސް ސިސީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

19 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު