Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މޫސަލް

މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި

އިރާގު ސިފައިންނާ އައިއެސް ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ވަރުގަދަވެފައިވާއިރު ތާށިވެފައި ތިބި އެތައް ހާސް އާއްމުންގެ ރައްކާތެރިކަމާ މެދު ވަނީ ބިރު ހީވެފަ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2017 | ބުރާސްފަތި 21:30
އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މޫސަލްއަށް މިސްރާބުޖަހަނީ

އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މޫސަލްއަށް މިސްރާބުޖަހަނީ

އިސްލާމިކް ސްޓޭޓް (އައިއެސް)، އިރާގުގެ މޫސަލްގެ ހުޅަނގުން ފައްސާލުމަށްޓަކައި އިރާގު އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނުގައި މޫސަލް ގެ އެއާޕޯޓު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެއާޕޯޓު ހިފުމަށް ހިންގި އޮޕަރޭޝަނަށް ގަނޑިތަކެއް ނެގިއެވެ. އެއާޕޯޓުގެ ކޮންޓްރޯލް އައިއެސްއަށް ގެއްލުނު ނަމަވެސް އައިއެސް އިން އެއާޕޯޓާ ދިމާލަށް، ސިޓީގެ އެތެރޭގައި ތިބެ، ހަމަލާ ދެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާގުގެ އިރުމަތީ މޫސަލް، އަސްކަރިއްޔާއިން ވަނީ މިދިޔަ މަހު އަލުން ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.

އިރާގު ސިފައިންނާއި އައިއެސް ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ވަރުގަދަވެފައި ވާއިރު ތާށިވެފައި ތިބި އެތައް ހާސް އާއްމުންގެ ރައްކާތެރިކަމާ މެދު ވަނީ ބިރު ހީވެފައެވެ.

ވައިގެ މަގުން ދޭ ހަމަލާތަކުގެ އެހީއާއެކު އިރާގު ސިފައިންގެ އެތައް ސަތޭކަ އަސްކަރީ ވެހިކަލެއް އާދީއްތަ ދުވަހު ވަނީ އައިއެސް ހަނގުރާމަވެރިންގެ ޖަގަހަތަކާ ކައިރިއަށް ޖެހިލާފައެވެ. އިރާގުގެ ދެވަނައަށް އެންމެ ބޮޑު ސިޓީގައި އިރާގު ސިފައިން އައިއެސްއާ ދެކޮޅަށް ހަމަލާދީ ކުރިހޯދަމުންދާއިރު ހަމަލާތައް ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީއެވެ.

އިތުރަށް ކިޔާލަން

24 މާރިޗު 2017

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ

24 މާރިޗު 2017
އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
06 މާރިޗު 2017

އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

06 މާރިޗު 2017
އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު