Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގެ ދެ ރަށެއް ސައުދީއަށް

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

ކޯޓުގެ ނިންމުން އައިސްފައި މިވަނީ އެ އެއްބަސްވުމާ ގުޅޭގޮތުން ގާނޫނުހަދާ މަޖިލީހުގެ ވޯޓަކަށް ހުށަހަޅާފައިވަނިކޮށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 17 ޖެނުއަރީ 2017 | އަންގާރަ 09:07
ހުކުމް އިއްވުމާއެކު ވަކީލުންނާއި އެކްޓިވިސްޓުންވަނީ އުފާފާޅުކޮށްފައި

ހުކުމް އިއްވުމާއެކު ވަކީލުންނާއި އެކްޓިވިސްޓުންވަނީ އުފާފާޅުކޮށްފައި

ރެޑްސީގެ ދެ ރަށެއް ސައުދީ އަރަބިއްޔާއަށް ދިނުމަށް ނިންމާފައިވާ ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް މިސްރުގެ ދަށުކޯޓަކުން ނިންމާފައިވާ ނިންމުމަށް އެގައުމުގެ އިދާރީކަންކަމުގައި ގޮތް ނިންމާ އެންމެ މަތީ ކޯޓުން ހޯމަ ދުވަހު ތާއީދުކޮށްފިއެވެ.

ސައުދީ އަރަބިއްޔާއަށް މިސްރުގެ ދެ ރަށެއް ވިއްކުމަށް އެގައުމުގެ ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އެގައުމުގައި މުޒާހަރާތައް ފަށާފައިވެއެވެ.

ރައީސް އަބްދުލް ފައްތާހުގެ ސަރުކާރުން ހެދި ބޯރޑާ ޑިމާކޭޝަން އެއްބަސްވުމަކީ ގާނޫނާޚިލާފް އެއްބަސްވުމެއްކަމަށް ދަށުކޯޓުން ނިންމާފައިވަނީ ޖޫންމަހުއެވެ.

ހައި އެޑްމިނިސްޓްރޭޓިވް ކޯޓުން ނިންމި ނިންމުމުގައި ބުނީ މިސްރުގެ ދެ ރަށް ކަމަށްވާ ޓިރާން އާއި ސަނަފީރް އަކީ މިސްރުގެ ސަރަހައްދުގައިވާ އެގައުމުގެ އިހްތިސާސްގައި ހިމެނޭތަނެއްކަމަށް އިއްތިފާގުން ނިންމި ކަމަށެވެ.

ފަނޑިޔާރު ހުކުމް އިއްވުމާއެކު ވަކީލުންނާއި އެކްޓިވިސްޓުންވަނީ "މިއީ މިސްރުގެ ރައްތަކެއް" ކަމަށްބުނެ އުފަލުން ހަޅޭއްލަވައިގެންފައެވެ.

ކޯޓުގެ ނިންމުން އައިސްފައި މިވަނީ އެ އެއްބަސްވުމާ ގުޅޭގޮތުން ގާނޫނުހަދާ މަޖިލީހުގެ ވޯޓަކަށް ހުށަހަޅާފައިވަނިކޮށެވެ.

މި ނިންމުމަކީ މިސްރާއި ސައުދީއާ ދެމެދު އޮންނަ ގުޅުމަށް އިތުރަަށް ބުރޫއަރާފާނެ ކަމެކެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސްގެ ވެރިކަން 2013 ވަނަ އަހަރު ވައްޓާލުމަށްފަހު އޭރުގެ އަސްކަރިއްޠާގެ ވެރިޔާ އަދި މިހާރުގެ ރައީސް ސީސީގެ ސަރުކާރަށް މާލީގޮތުން އެންމެ ބޮޑު އެހީއެއްދޭ ގައުމަކީ ސައުދީ އަރަބިއްޔާއެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

ޓްރަމްޕަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ލަންޑަން މޭޔަރު ދެކޮޅު ހައްދަވައިފި

07 ޖޫން 2017
ޓްރަމްޕަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ލަންޑަން މޭޔަރު ދެކޮޅު ހައްދަވައިފި
06 ޖޫން 2017

ލަންޑަން ހަމަލާ: ހަމަލާގައި ބައިވެރިވި މީހުން ވަޅުލަށް އިމާމުން ދެކޮޅު ހަދައިފި

06 ޖޫން 2017
ލަންޑަން ހަމަލާ: ހަމަލާގައި ބައިވެރިވި މީހުން ވަޅުލަށް އިމާމުން ދެކޮޅު ހަދައިފި
15 މެއި 2017

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

15 މެއި 2017
ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
06 އެޕްރީލު 2017

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު