Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިކުއެޑޯގެ އިންތިޚާބު

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

އިދިކޮޅު މީހުން ވަނީ މަގުތަކަށް ނުކުމެފައި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 3 އެޕްރީލު 2017 | ހޯމަ 10:04
ނަތީޖާ ޤަބޫލުނުކޮށް އިދިކޮޅު ފަރާތްތަކުން އިކުއެޑޯގެ މަގުތައް ހަލަބޮލި ކުރަނީ

ނަތީޖާ ޤަބޫލުނުކޮށް އިދިކޮޅު ފަރާތްތަކުން އިކުއެޑޯގެ މަގުތައް ހަލަބޮލި ކުރަނީ

އިކުއެޑޯގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށާއި ވޯޓުގެ ޖުމްލަ ނަތީޖާ ލިބުމުން އެ މައްސަލަ ޖައްސާނެ ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އިކުއެޑޯގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަދި ކުރީގައި އުޅުއްވަނީ މިހާރު ވެސް ވެރިކަންކުރަމުން އަންނަ ސޯޝަލިސްޓް ޕާޓީގެ ފަރާތުން ވާދަކުރައްވާ ނައިބު ރައީސް ލެނިން މޮރޭނޯއެވެ.

މިހާތަނަށް ގުނާ ނިމިފައިވާ ވޯޓްގެ ނަތީޖާ ދައްކާ ގޮތުން މޮރޭނޯއަށް ވޯޓުގެ 51.07 އިން ސައްތަ ލިބެއެވެ. އަދި ބާކީ ހަ ޕަސެންޓް ޑިސްޓްރިކްޓްގެ ވޯޓް ގުނަންޖެހެއެވެ.

ވޯޓްގެ ނަތީޖާއިން މިހާރު ވެސް ވެރިކަންކުރަމުންދާ ޕާޓީގެ ކެނޑިޑޭޓް ކުރީގައި އުޅޭ ކަމަށް ދެއްކިޔަސް، ނަތީޖާ އިއުލާން ކުރުމާ އެކު އިދިކޮޅު ކެނޑިޑޭޓް ގަލެރްމޯ ލާއްސޯ ވަނީ ކާމިޔާބީ ފާހަގަކުރަން ފަށާފައެވެ.

ކާމިޔާބީ ފާހަގަކުރި ނަމަވެސް ލާއްސޯ ވަނީ ވޯޓް އަލުން ގުނުމަށް ގޮވާލާފައެވެ. ލާއްސޯ ވިދާޅުވީ އިންތިޚާބުގެ ނަތީޖާވަނީ ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށެވެ. އަދި އެކަން ބަލާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އިދިކޮޅު ފަރާތްތަކުން އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހުމުގެ ސަބަބުން އެމީހުން ވަނި އިކުއެޑޯގެ މަގުތައް ހަލަބޮލިކޮށް މުޒާހަރާ ކުރަން ފަށާފައެވެ.

އިކުއެޑޯގެ ރިޔާސީ އިންތިޚާބުގެ ވޯޓަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އެތަކެއް ސިއްރުތަކެއް ފަޅާ އަރުވާލާފައިވާ ހެކަރު ޖޫލިއަން އަސާންޖްއަށް ވަރަށް މުހިންމު އިންތިޚާބެކެވެ.

އިންތިޚާބުގެ ނަތީޖާއަކީ މިހާރު އަސާންޖްއަށް ވެސް އެންމެ ރަނގަޅު ގޮތެވެ. އިކުއެޑޯގެ އިދިކޮޅު ފަރާތްތަކަށް ވަކިން ޚާއްސަކޮށް އިދިކޮޅު ކެނޑިޑޭޓް ލާއްސޯ އިންތިޚާބު ކާމިޔާބުކުރައްވައިފި ނަމަ އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީގައި އޭނާއަށް ހުރެވިދާނެ ކަމާ މެދު ޝައްކު އުފެދިފައި ވެއެވެ.

ލާއްސޯ ބުނެފައި ވަނީ އޭނާއަށް އިކުއެޑޯގެ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީން އޭނާ ނެރޭނެ ކަމަށެވެ.

އިކުއެޑޯގެ ރިޔާސީ އިންތިޚާބުގެ 94 ޕަސެންޓްގެ ވޯޓް ގުނާ ނިމިފައިވާ އިރު އިދިކޮޅު ކެންޑިޑޭޓަށް ލިބެނޭ ވޯޓްގެ 48.93 ޕަސެންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ

05 އޯގަސްޓު 2017
ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ

ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ

29 ޖުލައި 2017
މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

30 ޖޫން 2017
ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު

ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު

12 ޖޫން 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު