Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގާސިމް އިބްރާހިމް

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ފުނޑާލުމަށް ބޭނުންކުރި ރަސްމީ ބަހަކީ ވޯރާ ވިޔަފާރިވެރިންނަށް ދެރުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2018 | އާދީއްތަ 07:44
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް މީހުންނަށް ކޮށް ދެއްވާފައި ހުރި ހެޔޮ ކަންތައްތަކުގެ ވާހަކަ ބާއްވާށެވެ. އެ ވާހަކަތައް ދައްކައިގެން ވާނެ މާބޮޑު ކަމެއް ނެތްތާ އެވެ. ކޮށް ދެއްވާފައި ހުރި ހެޔޮ ކަންތައްތައް، މަދު ބަޔަކު ނޫނީ ހަނދާނެއް ނެތެވެ. ގައިމު އެހެން ނޫން ނަމަ، ގާސިމުއާ ބެހޭ ގޮތުން މިއަދުގެ އިކޮނޮމިކް މިނިސްޓަރު ފާޑުފާޑުގެ ބަސްތަކެއް ވިދާޅެއް ނުވާނެތާ އެވެ. މި ރިޕޯޓުގެ މައުޟޫއަކީ ގާސިމްގެ ދީލަތިކަމުގެ ވާހަކައެއް ނޫނެވެ. ގާސިމްގެ މުދާ ދައުލަތަށް ނަގައި، ހުތް ފެލާލާފައި އޮތް ތޮށިގަނޑަކަށް ހަދަން ކުރަމުންދާ މަސައްކަތުގެ ވާހަކައަކީ މިއަދުގެ މައުޟޫއެވެ.

ގާސިމަކީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ އެވެ. އެކި ބާވަތްތަކުގެ ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. އެތައް ހާސް މުވައްޒަފުންނެއް ގެންގުޅުއްވާ ބޭފުޅެކެވެ. މިއީ އެންމެންނަށް އެނގޭ ކަންތައްތަކެވެ. ދެން ދައްކަން އޮތީ ވެސް ހަމަ އެންމެންނަށް އެނގޭ ވާހަކައެކެވެ. ގާސިމްގެ ވިޔަފާރި ފުނޑާލުމަށް މި ރާއްޖޭގެ ވެރިކަމުގެ ޝެހެންޝާހާއި ލައްޒަތު ލިބިވަޑައިގަންނަވާ ހަމަ ކޮންމެ ބޭފުޅަކު ކުރައްވާ ކަންތައްތަކުގެ ވާހަކަ އެވެ. ގާސިމްގެ ވިޔަފާރި ފުނޑާލުމަށް މާޒީގައި ދީފައި ހުރި ހަމަލާތަކާ އަޅައިބަލާއިރު، މިއަދުގެ ސަރުކާރުން މިވަނީ އެ ހަމަލާތައް "މުޅިން އެހެން ލެވަލް" އަކަށް ގެންގޮސްފައެވެ. އާދެ، "ކަނޑިއާއި ބަޑިން ދެވުނު ހަމަލާތައް، ނިއުކްލިއަރ އަށް ބަދަލުކޮށްލާފަ" އެވެ.

ގާސިމްގެ ވާހަކަ ފައްޓަން ޖެހެނީ ގުޅީ އީސާ ކަލޭފާނާމެދު ކަންތައްތައް މެދުވެރިވީ ގޮތުން މިސާލު ނަގައިގެންނެވެ. މިއީ ގާސިމުއާ ބެހޭ ގޮތުން ސިޔާސީ ޕޯޑިއަމެއްގައި ވާހަކައެއް ދައްކާލިޔަސް އަދި ރިޕޯޓުގަނޑެއް ލިޔެލިޔަސް ކޮންމެހެން ވެސް ދައްކަންޖެހޭ ވާހަކައެކެވެ. ވެރިން ނުރުހުނީމައި ގުޅީ އީސާ ކަލޭފާނުއަށް ހެދި ގޮތް، މިއަދު ހަދަމުންދަނީ ގާސިމަށެވެ. ވިޔަފާރި ފުނޑާލައި، ދީފައިއޮތް އެއްޗެއް ވިއްޔާ ނަގައިގެން ދަނީ އެވެ. ގުޅީ އީސާ ކަލޭފާނުގެ ހަޔާތާއި ދާދި ހަމައެއްގޮތެކެވެ.

ގުޅީ އީސާ ކަލޭފާނަކީ ވަރަށް ބޮޑު މުއްސަންޖެކެވެ. މުޅި ރާއްޖޭގައި އެއިރު ހުރި އެންމެ ބޮޑު މަހުޖަނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި އެވެ. އޭނާގެ އަމިއްލަ 11 ގޯތި މާލޭގައި އޮތެވެ. ބާޒާރުގައި ބޮޑު ހަތަރު ފިހާރައާއި ވިޔަފާރި ދަތުރުކުރާ އޮޑިދޯނި ފަހަރު ހުއްޓެވެ. ފަޅުރަށް ލިޔުއްވައިގެން ގެންގުޅުއްވި އެވެ. މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރެއްވި އެވެ. ގާސިމް ފަދަ ބޭފުޅެކެވެ. އެއިރު ރާއްޖޭގައި ނެތް ވަރުގެ ވިޔަފާރިވެރިއެކެވެ.

ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ފުނޑާލައި، ދުވަސްދުއްވާލީ "ހެންވޭރު ގަނޑުވަރު ބަޣާވާތް" ފަޅާއެރި ހިސާބުންނެވެ. ޝަމްސުއްދީން ރަދުންނާއި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި ދެމެދު އުފެދުނު ދެކޮޅުވެރިކަމާއި، ޚާއްސަކޮށް އަތިރީގޭ ބޭފުޅުންނާއި ޝަމްސުއްދީން ރަދުންގެ ދެބަފައިންނާ ދެމެދު އުފެދުނު މައްސަލަތަކެވެ. މި އަރައިރުން ތާރީޚުގައި މަޝްހޫރުވެގެންވަނީ "ހެންވޭރު ގަނޑުވަރު ބަޣާވާތު'ގެ ނަމުންނެވެ. އެކަންކަން އެ ހިނގި ގޮތަކަށް ހިނގައި ނިމުނުއިރު، އެ ބަޣާވާތް އުފެދިގެން އައުމުގެ އެންމެ ބޮޑު އެހީތެރިޔާ ކަމަށްވީ ގުޅީ އީސާ ކަލޭފާނެވެ. ޝަމްސުއްދީންގެ ކޮޅުގައި ހުންނެވި އީސާކަލޭފާނު ބަނޑޭރިގޭގައި ބަންދުކުރެވުނެވެ. ޝަމްސުއްދީން ވެސް ބަންދުކުރެވުނެވެ.

ތަހުގީގު ހިންގައި، ޝަރީއަތްކޮށް ގުޅީ އީސާ ކަލޭފާނު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އަރުވާލި އެވެ. ފުރަތަމަ އައްޑޫ މަރަދޫއަށެވެ. އޭގެ ފަހުން ގޮއިދޫއަށް އަރުވާލި އެވެ. ގުޅީ އީސާ ކަލޭފާނު ނައްތާލުމަށް ބޭނުންކުރި އުކުޅަނީ މުޅި މިލްކިއްޔާތު ދުއްވާލުމެވެ. މާލޭގައި ތިބި ވޯރާ ވިޔަފާރިވެރިންނަށް ދަރާފައި އޮތް ކަމަށް ހެދި އެވެ. ޝަރީއަތުން ވެސް އިސާހިތަކު އެކަން ސާބިތުވެ، މުޅި މިލްކިއްޔާތު ނީލަމުގައި ވިއްކާލެވުނެވެ. ގެދޮރާއި އޮޑިދޯނި ފަހަރާއި ހުރިހާ އެއްޗެއް ހިމެނޭ ގޮތަށެވެ. އަރުވާލިތާ ހަތް އަހަރު ފަހުން އީސާ ކަލޭފާނު މާލެ ގެނެވުނުއިރު، މިލްކަކަށްވެސް، މުދަލަކަށްވެސް ހުރީ އަނބިމީހާ އެކަންޏެވެ.

މިއީ ކުރުކޮށް، ގުޅީ އީސާ ކަލޭފާނަށް ހެދިގޮތެވެ. ތާރީޚު ލިޔުއްވި ބޭފުޅުން ލިޔުއްވާފައި ހުރި އެއްޗެއްގެ ކުރު ޚުލާސާއެކެވެ. ގުޅީ އީސާ ކަލޭފާނަށް ހެދި ގޮތާއި ގާސިމުއަށް ހަދަމުންދާ ގޮތުގައި އެއްގޮތް ކަމެއް ނެތްތޯއެވެ؟ ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަސް ވަންދެން ޖަލަށް ލައިފި އެވެ. 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ މީރާއަށް ދައްކަންޖެހިއްޖެ އެވެ. ދީފައި ހުރި ފަޅުތަކާއި ފަޅުރަށްތައް ދައުލަތަށް ނަގައިފި އެވެ. ވިޔަފާރި ފުނޑާލަން އެކި ގޮތްގޮތުން ދުއްތުރާ ކުރަނީ އެވެ. ރިސޯޓުތަކަށް އަރައި، އެތަންތަން ފުނޑާލަން އުޅެނީ އެވެ.

ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ފުނޑާލަން ރަސްމީކޮށް ބޭނުންކުރި އިބާރާތާތަކީ "ވޯރާ ވިޔަފާރިވެރިންނަށް ދަރާ އޮތުމެވެ." ގާސިމްގެ ވިޔަފާރި ފުނޑާލަން ފުރަތަމަ ބޭނުންކުރީ "ކުއްޔާއި، ޖޫރިމަނާއާއި މީރާ" އެވެ. ދެން އެއަށްފަހު މިހާރު އިބާރާތް ބަދަލުވެއްޖެއެވެ. "ބަނގުރަލާއި، އޫރު މަހަށް" ބަދަލުކޮށްފި އެވެ. ހިނގަނީ އެއްކަމެކެވެ. ވާދަވެރިޔާ ނައްތާލުމެވެ. ސަނާ ނުކިޔާ މީހާ ފުނޑާލުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

28 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!

ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!

08 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު