Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރު ވައްޓާލުން

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނު އަސާސީގައި މަޖިލިސް ރައީސް ވަކިކުރެވޭނެ ގޮތް އެބައޮތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 21 އެޕްރީލު 2017 | ހުކުރު 20:56
ގާސިމް އިބްރާހިމް: ހައްޔަރުކުރި ތުހުމަތަކީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރުން

ގާސިމް އިބްރާހިމް: ހައްޔަރުކުރި ތުހުމަތަކީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރުން

ގާނޫނީ ގޮތުން، ރައްޔިތުންގެ ވޯޓާއެކު ފެށޭ ވެރިކަމަކަށް ވިޔަސް ރައްޔިތުންގެ އިތުބާރު ގެއްލޭ ހިސާބުން އެ ވެރިކަމެއްގެ ޖާއިޒުކަން ގެއްލިގެންދާނެ އެވެ. ސައްޚަކަން ގެއްލިފައިވާ، ރައްޔިތުންގެ އިތުބާރެއް ނެތް ވެރިކަމެއް ދެމިއޮތުމުގެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ އެވެ. އެއީ ގާނޫނީ ވެރިކަމެއް ފެށިގެން އަންނަނީ ރައްޔިތުންނާ ހިސާބުން ކަމަށްވާތީ އެވެ. އަދި ގާނޫނީ ވެރިކަމެއް ދެމި އޮންނާނީ ވެސް ރައްޔިތުން ބޭނުންވާ ނަމަ ކަމަށްވާތީ އެވެ. މިއީ ޑިމޮކްރެެޓިކް ފަލްސަފާ އެވެ.

މި ފަލްސަފާގެ ދަށުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ހިންގެވުމާ ހަވާލުވެ ހުންނަވާ ވެރިއަކު ބަދަލުކުރެވޭނެ ގާނޫނީ އުސޫލުތަކެއް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި، ގާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ ގާނޫނުތަކުގެ ސަރީޚަ އިބާރާތުން ބަޔާކޮށްފައި އެބަހުއްޓެވެ. އެހެންކަމުން، އެ އިންތަކާއި މިންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރުމަކީ ގާނޫނާ ޚިލާފްވެ، ކުށްވެރިވެގެންވާނެ ކަމަކަށް ނުވާނެ އެެވެ. އެފަދަ މަސައްކަތެއް ވެގެންވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބޭނުން ހިފުމަށެވެ. ނަމަވެސް، މިހާރުގެ ހާލަތަށް ބައްލަވާށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފި އެވެ. ފުރަތަމަ ހައްޔަރުކުރީ، ގާނޫނާ ޚިލާފަށް ފުލުހުން ހޯދާފައިވާ، އަދި ގާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ. ދެވަނަ ފަހަރަށް ހައްޔަރުކޮށްފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާ ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ޕްރޮސެކިއުޓާ ޖެެނެރަލް މެދުވެރިކޮށް އަމުރެއް ހޯދައިގެންނެވެ.

އެ ގާނޫނާ އެއްގޮތަށް ގާސިމް ހައްޔަރުކުރި ނަމަވެސް، ގާސިމްގެ މައްޗަށް ކޮށްފައިވާ ތުހުމަތާ މެދު ގާނޫނީ ނަޒަރިއްޔާތަކުން ބަލާލަމާތޯ އެވެ. ގާސިމް ވިދާޅުވަމުން ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލިސް މެންބަރުން ވޯޓް ދެއްވުމަށެވެ. އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ މަޖިލިސް މެންބަރުން ތާއީދު ހޯދައިގެން މަސީހު މަގާމުން ދުރުކުރުމަށެވެ. އެކަމުގައި ގާނޫނީ އެއްވެސް ކުށެއް ނެތެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން ބޭނުންވެއްޖެނަމަ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ސަބަބު ބަޔާންކޮށް 42 މެމްބަރުންގެ ސޮޔާއެކު ލިޔުމަކުން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދިި އެ މައްސަލައެއް މަޖިލީހަށް ލިބޭތާ ތިން ދުވަސް ތެރޭގައި މެމްބަރުންނަށް ނޯޓިސް ފޮނުވައި އެ މަސައްކަތް ކުރިއަށް ގެންދަން ޖެހެ އެވެ. ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ވެސް މަޖިލިސް ރައީސް މަގާމުން ދުރުކުރުމަށް އަމަލުކުރަންޖެހޭ ގޮތް ބަޔާން ކޮށްދީފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަކީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން ކަމުގައި ނުވާނެ އެވެ. މަޖިލިސްގެ ރައީސް ބޭރުކޮށް، މަޖިލީހުގެ ކޮންޓްރޯލް ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމަށް ފާސްކުރިޔަސް އެއީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން ކަމުގައި ނުވާނެ އެވެ. ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ ވަކިކުރެވޭނެ ގޮތްތައް ވެސް ބަޔާންކޮށްދީފައިވެ އެވެ. އެގޮތުން އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނު އަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ޚިލާފްވެއްޖެނަމަ އެ ރައީސަކު ވަކިކުރެވޭނެ އެވެ. މަގާމުގައި ހުރެ ކުރަން އެކަށީގެންނުވާ ފަދަ ކަމެއް ކޮށްފިނަމަ ވެސް މަގާމުން ދުރުކުރެވޭނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވެއްޖެނަމަ މަގާމުން ދުރުކުރުމުގެ ޝަރުތު ހަމަވީ އެވެ. ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭނީ ވެސް ރައްޔިތުންގެ މަޖިލީހަށެވެ.

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ބޭނުމަކީ މިއީ އެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ ވެސް ރައްޔިތުންގެ އަތް ފޯރާ ހިސާބުގައި ހުންނަ މީހަކަށް ހެދުމެވެ. ރައްޔިތުންނަށް އަނިޔާވެރިވާން ފަށައިފިނަމަ ކަނޑާ ވައްޓާލެވޭނެ އެވެ. މުޅި ނިޒާމު ބިނާވެފައިވަނީ ހުރިހާ ބާރެއް ރައްޔިތުންގެ އަތް މައްޗަށް ދީގެންނެވެ. އެހެން ކަމަށްވާއިރު، އެއް ބާރުން އަނެއް ބާރު ޒިންމާދާރުކުރުވުމަށް މަސައްކަތް ކުރުމަކީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން ކަމުގައި ފުލުހުންނަށް ތުހުމަތު ކުރެވޭނަމަ އެ ތިބީ ފޮތް ކިޔަން ޖެހިފަ އެވެ. ގާނޫނުތައް ދަސްކޮށް، ދުސްތޫރީ ނިޒާމު ކިޔަވަން ޖެހިފަ އެވެ.

ގާސިމްގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތެވެ. އަސާސަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރުމަށް މަސައްކަތް ކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ މަސައްކަތްކުރާނަމަ، އެކަން ކުށަކަށް ވާނީ ކިހިނެއްތޯ އެވެ؟ އެ ކުށް ކަނޑައަޅަނީ ކޮން ގާނޫނެއްގެ ދަށުންތޯ އެވެ؟ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރި މަންޒަރު 2012 ވަަނަ އަހަރު ވާނީ ފެނިފަ އެވެ. ގާނޫނީ ގޮތުން ރައްޔިތުންގެ ތާއީދާއެކު އުފެދިފައިވާ ވެރިކަމެއް ގާނޫނާ ޚިލާފަށް ވައްޓާލީ ފުލުހުންނާއި ސިފައިންކަން ތާރީޚުން އެ އޮތީ ފެންނާށެވެ. އެހެންކަމުން ގާނޫނީ އިމުގެ ތެރެއިން ވެރިކަމެއް ބަދަލުކުރަން މަސައްކަތް ކުރާ މަންޒަރު ފެނި އެކަން ފުލުހުންނަށް ހަޖަމު ނުވަނީތޯ އެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު