Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލޯކަލް މާރުކޭޓުގެ އަގުތައް

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

ކަރާގެ އަގު އުޅެނީ 15 ރުފިޔާ އާއި 18 ރުފިޔާ އާއި ދެމެދުގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 25 މެއި 2017 | ބުރާސްފަތި 13:28
ލޯކަލް މާރުކޭޓް

ލޯކަލް މާރުކޭޓް

ރަމަޟާން މަސް ފެށެން އެއް ދުވަހަށް ވެފައިވާ އިރު ލޯކަލް މާރުކޭޓް ސަރަހައްދު ވަނީ ހަލަބޮލިވާން ފަށާފައެވެ. މިދުވަސްވަރާ ދިމާކޮށް އަތޮޅުތަކުން ތާފާތު ބާވްތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ އިރު، މިހާރު ވެސް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގެންނަ ބޮޑުތި ބޯޓުފަހަރު ވަނީ މާރުކޭޓު ސަރަހައްދުގެ ބަނދަރު ފުރާލާފަ އެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން ރަށްރަށުން ތަކެތި ގެންނަ އިރު ހުކުރު ދުވަހު ގިނަ އަދަދެއްގެ ތަކެތި ގެނެސް ގޮޅިތަށް ފުރާލެވޭނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ރަމަޟާން މަހު ކަރައަކީ ވެސް ގިނަ ބަޔަކު ބޭނުން ކުރާ ބާވަތަކަށް ވުމުން ކަރާގެ އަގު ކޮންމެ ރޯދަމަހަކު ވެސް ބޮޑުވެގެންދެވެ. އެހެން ނަމަވެސް މިފަހަރު ވިޔަފާރިވެރިން ބުނަނީ ކަރާގެ އަގަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.

ބައެއް ވިޔަފާރިވެރިން ވަނީ އަގުތަކަށް އަންނާނެ ބަދަލުތައް ހިއްސާކޮށްފަ އެވެ. ރަމަޟާން މަހާ ދިމާކޮށް، މިރުހާއި ދޮންކެޔޮގެ އަގު ބޮޑުވެގެންދާނެ ކަމަށް ގިނަ ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. ކަރާގެ އަގަށް މާބޮޑު ބަދަލުތަކެއް ނާންނާނެ ކަމަށް ވިޔަފާރިވެރިން ބުނަމުންދާ އިރު ބަދަލެއް އަޔަސް އަންނާނީ ފަސް ވަރަކަށް ރުފިޔާގެ އިތުރުވުމެއް ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުންވަނީ މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ ވަރަށް މާރުކޭޓުން ކަރާ ލިބެން ހުންނާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް މާލޭ މާރުކޭޓަށް އެންމެ ގިނައިން ކަރާ ގެންނަ އއ. ތޮއްޑޫގެ ދަނޑުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކޮންމެވެސް ވަރަކަށް ކަރާގެ އަގަށް ބަދަލު އަތުވެދާނެ ކަމަށް ގަބޫލުކުރާ ފަރާތްތައް ވެސް އެބަ ތިއްބެވެ.

ރަމަޟާން މަހާ ދިމާކޮށް ތަކެތީގެ އަގު އުފުލެނީ، ތަކެތި ހޯދުމަށް ކުރިމަތިވާ އުނދަގޫތަކާއި ރަމަޟާން މަހު އޮންނަ ޑިމާންޑުގެ ސަބަބުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތައް ހުރި ގޮތަށް ބަލާ އިރު މިރުހުގެ އަގު އުޅެނީ 100 ގްރާމް 80ރ. އަށެވެ. ދޮންކެޔޮގެ އަގު އުޅެނީ، 2ރ. އާއި 8ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. ފަޅޯ ކިލޯއެއް އުޅެނީ 20ރ. އަށެވެ. ބައެއް ފަރާތްތަކުން ފަޅޮލެއް 5ރ. އަށް ވެސް އަންނަނީ ވިއްކަމުންނެވެ. ކަރާގެ އަގު މިހާރު އުޅެނީ ކިލޯއެއް 15ރ. އާއި 18ރ. އާދެމެދުމުގެ އަގުތަކެއްގަ އެވެ.

މާރުކޭޓުގައި ކިއުކަމްބާ އުޅެނީ، ކިލޯއެއް 40ރ. އަށެވެ. ލުނބޯގެ އަގު ކިލޯއެއް 40ރ. އަށް ބޮޑުވި އިރު، ކާށި އުޅެނީ، 10ރ. އާއި 15ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. މީގެ އިތުރުން އަލަނާސި ގަނޑެއްގެ އަގު އުޅެނީ 20ރ. އާއި 30ރ. އާ ދެމެދުގައެވެ.

ރަމަޟާން މަހާ ދިމާކޮށް ގިނަ އަދަދެއްގެ ތަކެތި ވިޔަފާރިވެރިން ޖަމާކުރަމުންދާ އިރު، ހިތްތަލަފުށާއި ބިންބި ފުށުގެ އިތުރުން ކަނަމަދު ވެސް ވިޔަފާރިވެރިން އަންނަނީ ގެންނަމުންނެވެ.

މި ފަހަރުގެ ރޯދަ މަހު އެންމެ ތާށިވާނެ ކަމަށް ބެލެވެނީ ކާއްޓެވެ. މީގެ ދުވަސްކޮޅެއް ކުރިން ކާއްޓެއްގެ އަގު 50ރ. އަށް ވުރެ މައްޗަށް ދިޔަ އިރު ބާޒާރުގައި އަދިވެސް އާދައިގެ ކާއްޓެއްގެ އަގު އުލެނީ 20ރ. އިން މަތީގައެވެ.

ފުވައްމުލަކުންނާއި، އއ. ތޮއްޑޫގެ އިތުރުން ހުވަދު އަތޮޅުގެ ރަށްތަކުން ވެސް ގިނަ ތަކެތި މިފަހަރުގެ ރަމަޟާން މަހަށް ގެންނާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

30 މާރިޗު 2018
މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

15 މާރިޗު 2018
ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

31 ޑިސެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު