Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގަތަރު މައްސަލަ

ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!

ގަތަރާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑައެއް ނުލަން: ސަރުކާރު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 ޖޫން 2017 | ބުރާސްފަތި 05:49
ސަރުކާރުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ސަރުކާރުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

އިސްލާމީ ޤައުމެއް ކަމުގައިވާ ގަތަރާއެކު އޮންނަ ސިޔާސީ ގުޅުން ރާއްޖެއިން ކަނޑާލީ ހަމަ ކުއްލިއަކަށެވެ. އެގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި އޮންނަ އެގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމަށްޓަކައި މަޝްވަރާތައް ކުރެވުނުތާ 13 ގަޑިއިރު ކިރިޔާ ހަމަވިތަނާއެވެ. ހަމަ އެހެންމެ މުސްލިމް ޤައުމެއް ކަމުގައިވާ އިރާނާއެކު އޮންނަ ސިޔާސީ ގުޅުން ވެސް ކަނޑާލީ ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވާހަކަތައް ދެކެވުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ރައީސް ޔާމީންގެ ރަން ބުއްދިއަށް ފެނިވަޑައިގެން އެކަން ކުރެއްވި ސަބަބުތަކުގެ ގޮތުގައި ސަރުކާރުގެ ވަޒީރުން ދައްކަވަމުން ގެންދެވީ ނުރައްކާތެރި ޓެރަރިޒަމުން ސަލާމަތް ވުމަށް ކަމަށެވެ. ޓެރަރިޒަމަށް ވާގިވެރިވާ ޤައުމު ތަކަށާއި އެފަދަ ޖަމާއަތްތަކަށް ހިތްވަރުދީ އެފަރާތްތަކަށް އެހީވާތީ އެމީހުންނާ އެކަހެރިވުމަށް ކަމަށެވެ. އެމީހުންގެ އެނުބައި ކަންކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރާނެ ނޭދެވޭ އަސަރުން ސަލާމަތް ކުރުިމަށްޓަކައި އެޤައުމތައް ހަމަމަގަށް އެޅުވުމަށެވެ. އެގައުމުތަކާއި ގުޅުން ކަނޑާލައިގެން އެގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެވެ. އެގައުމުތައް އިސްލާހު ކުރުވުމަށޯލައެވެ.

އިއްތިފާގުން ނަމަވެސް ދެފަހަރު ވެސް މިދިމާވީ ސައޫދީން އެގަުއމުތަކާ ގުޅުން ކަނޑާލި ވަގުތާއެވެ. ސައޫދީން ހަމަ ކަނޑާލާއިރަށް ރާއްޖެއިން ވެސް އޭގެ މޯހިރުން ނުކުމެ ހަމަ އެގޮތަށް އަމަލުކުރަނީއެވެ. އިރާނާ ގުޅުން ކަނޑާލީ ވެސް ހަމަ އެބީދައިންނެވެ. ސައުދީ އަށް ކަމުނުދިޔުމުން ރާއްޖެ އަށް ވެސް ހަމަ ކުއްލިއަކަށް އިރާން ގޯސްވީއެވެ. ދުނިޔޭގެ އެހެން ޤައުމުތަކަށް ބެލުމެއް ނެތިއެވެ. ފަހަރުގައި ހަޤީގަތުގައި ވެސް އެއީ ހަމަ އިއްތިފާގަކަށް ވެދާނެއެވެ. އެއީ ރާއްޖޭގެ ބަޖެޓް ފޫބައްދަން ނުވަތަ މުސާރަ ދޭނެ ގޮތެއް ނެތިގެންދޭ ވަގުތީ ފައިސާ ކޮޅަކަށް ކުރާކަމެކޭ ބުނާކަށް ނެތީމެވެ. ވިއްކާލަން އުޅުނު ކަމަށް ބުނާ އަތޮޅުގެ ޑީލް އަނބުރާ ގެނައުމަށް ކުރާ ކަމެކޭ ބުނާކަށް ވެސް ނެތީމެވެ. ފަހަރެއްގައި ވެސް އެފަދަ ކުށްހީއެއް ކުރާކަށް ނެތީމެވެ. އަމަށަކުން މިއުޅެނީކީ އެވާހަކަ ދައްކައިގެން އަނގަ ވާޅު ކުރާކަށް ވެސް ނުމެ ނޫންމެއެވެ.

ސަރުކާރުން މިފަހަރު ގުޅުން ކަނޑާލީ އާދައިގެ ޤައުމަކާއެއް ނޫނެވެ. ރާއްޖެއަށް ވަރަށް ގިނަ ގޮތްގޮތުން އެހީވެދޭ ޤައުމަކާއެވެ. ޚާއްޞަކޮށް ވިޔަފާރީގެ ބޮޑެތި ގުޅުންތަކެއް އޮތް ޤައުމަކާއެވެ. ރާއްޖޭގެ މުއާސަލާތީ އެއްކުންފުނި އުރީދޫއަކީ ޤަތަރު ކުންފުންޏެކެވެ. ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ގެންނަ އެއް އެއަރލައިނަކީ ޤަތަރުގެ އެއަރލައިނެކެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ރާއްޖެއާއި ގަތަރާ ދެމެދު ވަނީ އިޤްތިސޯީ ގުޅުމުގެ އިތުރުން ވިޔަފާރީގެ އެތައް ގުޅުމަކުން ގުޅި ލާމެހިފައެވެ. މިސަބަބަށް ޓަކައި ރައްޔިތުންނަކަށް މަޑަކުން ނުތިބެވުނެވެ. ހަމަހިމޭނުން ތިބޭކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ކާޅުގޮވާހެން އެވާހަކަތައް ގޮވަން ފެށިއެވެ. އެކަމުން ޢާއްމު ރައްޔިތުންނަށް ލިބޭނެ ގެއްލުމުގެ ވާހަކަ އެންމެން އެއްފަހަރާ ދައްކާން ފެށިއެވެ. ސޯޝަލް މީޑިޔާ ހާޑްވެގެން ގޮސް އެއްކޮށް ފްލަޑްވިއެވެ.

އިސާހަިތަކު ސަރުކާރަށް ކެތްކުރެވޭވަރެއް ނުވިއެވެ. ރައީސް އޮފީހުގައި މާސިންގާހާ ބޮޑު ޕްރެސްކޮންފަރެންސެއް ބާއްވައިފިއެވެ. ބޮޑު ސިންގާ ދެފިރިހެނަކު އަރާވަޑައިގެން ވަރުގަދަ ވާހަކަތަކެއް ދައްކަވައިފިއެވެ. ދައުލަތުގެ ބަންޑާރަނައިބާ ފޮރިންމިނިސްޓަރ އެޕްރެސްކޮންފަރެންސް ނިމެންދެން ވެސް ރައްޔިތުންނަށް ވިސަންއިދެވޭތޯ އުޅުއްވީ ހަމަ އެންމެ ކަމެކެވެ. ސިޔާސީ ގުޅުން ކަނޑާލިއަސް ވިއަފާރީގެ ގުޅުން ކަނޑާނުލާ ވާހަކައެވެ. އެގުޅުންތައް ދެމިއޮންނާނެ ވާހަކައެވެ. މާލޫދު ޅެންބައެއްހެން ފަށަފަށާފައި ނަގަނަގާ ދެއްކެވީ މުޅިންވެސް އެވާހަކައެވެ. އެކަން އަދިވީ މާހެއްވާ ކަމަކަށެވެ. ދުނިޔޭގައި ނެތްވަރުގެ ބޮޑު އިލްޒާމެއް ބޮލުއަޅާފައި ސިޔާސީ ރަހުމަތްތެރިކަމުގެ ގުޅުން ކަނޑާލި ބަޔަކާ އެފަދަ ވިޔަފާރީގެ ގުޅުމެއް ނުބާއްވަފާނެކަން އެވެރިންނަށް ރޭކާ ނުލީތީއެއް ނޫނެވެ. އެވަރަުގެ ބޮޑު ދެރައެއް ދީ އެއޮއް މުއްސަނދި ގަތަރު ރާއްޖެއިން ގުޅުން ކަނޑާލީތީ ބަނޑަށް ޖެހިދާނެތީއެއް ވެސް ނޫނެވެ. ދިވެހި ސަރުކާރުން ފައިސާއަށް ބޫތުކައިފާ ހުރިވަރު ފެނުނީތީއެވެ. ކޮންމެ ބަޔަކު އަތުންވެސް ފައިސާ ލިބުނީމާ އޯކޭކަން އެނގުނީތީއެވެ. ކޮންމެ ގޮތަކަުން ވެސް ފައިސާ ބޭނުންވާކަން ހާމަވީތީއެވެ. ހަލާލެއް ހަރާމެއް ބެލުމެއް ނެތި އެވެ. ރައީސް ބޭފުޅާ ވިދާޅުވާ ފަދައިން ހޯދާ އާމްދަނީއަކީ ހަލާލުތޯ ހަރާމުތޯ ޚުދު ތިމާގެ އަނބިމީހާ ވެސް ނާހާނެއޭ ބުނާ ފަދައިންނެވެ. އެކަމަށްޓަކައި ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ ބައެއްކަން އެނގުނީތީއެވެ. ނާފަހެ، އެހެން ނުބުނެވެންވީ ސަބަބެއް ނެތެވެ. ގުޅުން ކަނޑާލީ ނުރައްކާތެރި ޓެރަރިސްޓް ޤައުމަކަށް ވީތީއެވެ. ނުވަތަ އެފަދަ ފަރާތްތަކަށް ވާގިވެރިވާ ޤައުމަކަށް ވީތީއެވެ. އެކަމަކު އެވަރުގެ ބޮޑު ޓެރަރިސްޓް ގައުމަކާ ވިޔަފާރި ކުރަން އޯކޭއެވެ. އެވެރިންގެ އަތުން ލިބިދާނެ ވިޔަފާރި ފައިދާ އޯކޭވީތީއެވެ.

ބަލަގަ ތިޔަ ވިދާޅުވެވޭ އެއްޗެއް ހަމަ އެނގިވަޑައި ނުގަންނަވަނީތޯއެވެ. މީހަކުވާ ހަލާކެއް ނުވާނެ ހެއްޔެވެ. މަސްތުވާތަކެތި ވިއްކާތީ އެފަދަ މީހަކާ އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ކަނޑާލާފައި އޭނާއާ އެކު އޭގެ ވިޔަފާރިކުރުން އޯކޭއޭ ބުނުމެވެ. ތަންތަން ސުންނާފަތި ކުރާ ނުރައްކާތެރި ބޔަކާ ރަހުމަތްތެރިކަމުން އެއްކައިރިވެލާ އެވެރިން ވިއްކާ ވަގު ހަތިޔާރުތަކުން ލިބޭ ނަފާވެރިކަން އޯކޭކަމުގެ ވާހަކައެވެ. ނޫންނަމަ އެއީ އަނބިމީހާ އުޅޭލެއް ގޯސްވެގެން އޭނާ ވަރިކުރިއަސް އޭރުއޮތް ގުޅުން ނަހަމަ ގޮތުގައި ބޭއްވުން ކަހަލަ ކަމެކެވެ. ނޫނޭވާ ތިޔައީ ދެން ފުކެއް ބޮޑުވަރެވެ. ފައިސާއަށް މަރުދަން ޖެހުނަސް ތިޔައީ ބޮޑުވަރެކެވެ. ސައޫދީ ފަހަތުން އެކަމާ ނުވެސް ބެހޭ ޤައުމަކުން ގަތަރާ ގުޅުން ކަނޑާލީ ފައިސާގެ ދަހިވަތިކަމުގައޭ ބުނެ މީހުން ދައްކަމުންދާ ވާހަކަ އަދި މިއުޅެނީ ކަނޑައިގެން ނުގޮހެވެ. ގުޅުން ކަނޑާލީ ގަތަރަކީ ޓެރަރިސްޓް ޤައުމަކަށް ވެގެންނެވެ. އަދި ތިޔައުޅެނީ އެކަމުގެ ރަސްމީ ލިޔުން އެޤައުމަށް ނޭރުވިއެވެ. ޓެރަރިސްޓުންގެ އަތުން ހަތިޔާރު ގަނެ ވިއްކައިގެން އޭގެ ނަފާވެރިކަން ހޯދުން އޯކޭ ވީތީއެވެ. ގަތަރު އޯކޭއެއް ނޫނެވެ. ޓެރަރިިސްޓަކަށް ވީތީއެވެ. އެކަމަކު އެމީހުންނާ ވިޔަފާރިކުރުން ރަނގަޅެވެ. "ޓެރަރިސްޓުންނާ" އެކު ވިޔަފާރިކޮށް އެވިޔަފާރިން ލިބޭ ނަފާވެރިކަން އޯކޭއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

24 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު