Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

ގާތް ރަހުމަތްތެރިޔާ ސިޔާމް، އަދި ޅިޔަނު އެއްލައިދޫ މަނިކަށް ސަރުކާރުން ގެރެންޓީ ދީގެން ލޯނު ނެގުމަށް ނިންމާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2017 | ހުކުރު 00:00
 ރައީސް ޔާމީން

ރައީސް ޔާމީން

ފާއިތުވެދިޔަ މަސްތަކުގައި މުޅިންވެސް އިވިގެން މިދަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ކޮރަޕްޝަނާ ހިނާޔާނާތުގެ ވާހަކަތަކެވެ. އެކިގޮތްގޮތަށް އެކިއެކި މީސް މީހުންނަށާއި އެކިއެކި ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ދައުލަތުގެ ފައިސާއަށް ކޮރަޕްޝަނާއި ހިޔާނާތް ވަމުންދާކަން ވާހަކައެވެ.

އެއްބަޔަކު ސަރުކާރުގެ ވިޔާފާރި ކުންފުނިތަކުން ހިދުމަތް ފޯރުކޮށް ދީފައިވާ ކަމަށް ބުނެ ބިލްކޮށް ބޮޑެތި އަދަދުތަކުން ސަރުކާރު ކުންފުނިތަކުން ފައިސާ ނަގަމުންދަނީ އެވެ. އެގޮތުން ދާދި ފަހުން ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ތެލުގެ ހިދްމަތް ފޯރުކޮށްދީފައިވާ ކަމަށް ބުނެ ނުދޭ ހިދްމަތަކަށް ބިލްކޮށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރުގެ މެރީޑިއަމް ކުންފުންޏަށް މިލިއަނުން ފައިސާ ދޫކޮށްފައި ވެއެވެ. އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެފައި ވަނީ އެމްޕީއެލްއަށް ބޭނުން ނުވާވަރަށް ތެޔޮ ސަޕްލައިކޮށްގެން އެ ކުންފުންޏަށް މަހަކު 1.2 މިލިއަން ރުފިޔާ ގެއްލުން ވަމުންދާ ކަމަށެވެ. އެއީ އެމްޕީއެލްގެ ތެރެއިން ހިންގާފައިވާ ފެންމަތިވި އެއްމައްސަލައެވެ. މީގެ ކުރިން ޑޮލަރު ގަންނަން ކަމަށް ބުނެ ކުރީގެ ނައިބުރައީސް އަހުމަދު އަބީދު ނެންގެވި ކަމަށް ބުނާ 77 މިލިއަން ރުފިޔާގެ ހިޔާނާތުގެ ލޯލާރިއެއް ވެސް އެމްޕީއެލްއަށް ނުވަތަ ދައުލަތަށް ލިބިފައެއް ނުވެއެވެ. މީގެ އެތައް ކޮރަޕްޝަންގެ އަމަލުތަކާއި ހިޔާނާތުގެ މައްސަލަތައް އެމްޕީއެލްގެ ތެރެއިން ފެންމަތިވާއިރު ދައުލަތުގެ ވަލިއްޔުލް އަމުރާއި ކަމާބެހޭ މިނިވަން މުއައްސަސާތައްކުން އެކަށީގެން އިސްލާހީ ފިޔަވަޅުތަކެއް އެޅާތަނެއް ނުފެނެއެވެ. ތަކުރާރުކޮށް މިލިޔަނުން ރައްޔިތުންގެ ފައިސާއަށް ހިޔާނާތް ވަމުންދަނީ އެވެ.

ޑޮލަރު ގަންނަން ކަމަށް ބުނެ 2014 ވަނަ އަހަރު އެމްޕީއެލްއިން 77 މިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާއިރު 2016 އާއި 2017 ވަނަ އަހަރު ފެށިގެން މިދަނީ ޑޮލަރު ގަންނަން ކަމަށް ބުނެ ދައުލަތުގެ ފައިސާއަށް ހިޔާނާތް ވަމުންނެވެ. ރައްޔިތުންނަށް ކަރަންޓްގެ ހިދްމަތް ފޯރުކޮށްދޭ ސަރުކާރުގެ ދެ ކުންފުނި ކަމަށްވާ ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނުން މިވަނީ ހިޔާނާތުގެ ބޮޑު ދެ މައްސަލައެއް ފެންމަތި ވެފަ އެވެ. ސްޓެލްކޯއިން 200 ޑޮލަރު ގަންނަން ކަމަށް ބުނެ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ އާއި ފެނަކަ ކޯޕަރޭޝަނުން ޑޮލަރު ގަންނަން ކަމަށް ބުނެ 17.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ އަދި ޑޮލަރު ވިއްކުމުގެ ހުންދަ ވެސް ނެތް ކުންފުންޏަކަށް ދޫކުރުއިރު އެ ދެ ކުންފުނީގެ ވެރިންގެ އިހުލާސްތެރިކަމާއި ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދެ އެވެ. ނަމަވެސް ފެނަކަ ކޯޕަރޭޝަންގެ އެ މައްސަލަ ފެންމަތި ވެފައިވަނިކޮށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ސަރުކާރުން ދެއްވި ރަންބިސް އަޅާ ކުކުޅެކެވެ. ދައުލަތަށް އެންމެ ބޮޑު އާމްދަނީ ވަންނަ ޓޫރިޒަމް އިންޑަސްޓްރީގެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަމެވެ.

ކަންކަން އެހެން އޮތްއިރު، ރައީސުލްޖުމްހޫރިއްޔާގެ ނަޒާހަތްތެރިކަމާ މެދު އެމަނިކުގާނުގެ ބޭބޭފުޅު އަދި ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސުވާލު އުފައްދަވާއިރު ރައްޔިތުން އުފައްދާ ސުވާލުތައް ގިނަވެފަ ބޮޑު ވާނެތާއެވެ.

ދެން އޮތީ ކޮރަޕްޝަނުގެ އަމަލުތައް ބަލާ ތަހުގީގު ކުރުމަށް އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން އެވެ. އެއީ ދުވަހަކު ވެސް މިފަދަ މައްސަލައެއް ނިންމާލެވޭ ވަރުގެ ގާބިލް ކޮމިޝަނެއް ނޫން ކަމަށް ރައްޔިތުން ބުނަމުންދަނީ ސައުދީ އަރަބިޔާއިން ހިލޭ ދިވެހި ރައްޔިތުންނަށް ބަހަށް ފޮނުވި ކަދުރުކޮޅު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހިންގާ ސޮދަގާތް ފައުންޑޭޝަނުން ބެއްސެވުމުގެ މައްސަލަ ނިންމު ގޮތުގެ ރިޕޯޓް އޮތް ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ވާހަކަ ވޮއްއަލިވާ ހިސާބުގައި ދެއްކުން ރަނގަޅެއް ނޫނެވެ. ބައެއް ރައްޔިތުންނާއި ސިޔާސީ ބައެއް ފަރާތްތަކުން އަދި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބުނަމުންދަނީ އެއީ ރައްޔިތުންގެ މަންދޫބުން ނޫން ކަމަށެވެ. އެއީ ވިޔަފާރި ގެއެކޭ ވެސް ކިޔާތީ އަޑު އަހަމެވެ.

މި ސަރުކާރުން މިހާރު ގެންގުޅޭ އެންމެ ބޮޑު އެއްއުކުޅަކީ މައްސަލަތައް ކޯޓަށް ވައްދައިގެން ކޯޓުގެ ހުކުމަކުން ފައިސާ ދޭންޖެހޭގޮތަށް ނިންމާ ނިންމުންތަކެވެ. މިއީ މިސަރުކާރުގެ އާވައްތަރެއްގެ ޖަރީމާއެއް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެގޮތުން ދާދިފަހުން ވަނީ 160 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދެއްކުމަށް މޯލްޑިވްސް ޕޯޓްސް މިލިޓެޑް (އެމްޕީއެމް)ގެ މައްޗަށް ހުކުމް ކޮށްފަ އެވެ. އަދި ސަރުކާރު ކޯލިޝަން އެމްޑީއޭގެ ލީޑަރު އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމް) ރާއްޖެއިން ބޭރުން ނަންގަވާ ތިން ބިލިއަން ރުފިޔާގެ ލޯން ގެރެންޓީއެއް ސަރުކާރުން ދޭން ނިންމާފައިވާކަން ވެސް ވަނީ ފެންމަތިވެ ރަށުތެރޭގައި ރަނގަޅަށް އެވާހަކަ ހިގައި ނުގަނެ އުޅެނިކޮށް ރައީސް ޔާމީންގެ ޅިޔަނު އެއްލައިދޫ މަނިކު އަށް 40 މިލިއަން ޑޮލަރުގެ ލޯނުގެ ގެރެންޓީއެއް ދީފައިވާ ކަން ވެސް މިވަނި ފެންމަތި ވެފަ އެވެ.

މި ސަރުކާރުގެ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަ އިންތިހާއަށް ފެންމަތިވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ތިއްބެވީ އަމިއްލަ ޖީބު ބޮޑު ކުރުމުގަ އެވެ. ރައްޔިތުންގެ މަޖިލީހަކީ މިހާރު ވިޔަފާރި ގެއެއް ކަމާއި ކޯޓުތައް އޮތީ ސަރުކާރުގެ ވެރިންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިންގަވާ ޖަރީމާތަކަށް މަގުފަހިކޮށްދޭން ތައްޔާރަށް ކަމަށް ބައެއް ސިޔާސީ ބޭފުޅުންނާއި ބައެއް ރައްޔިތުން ވެސް ދަނީ ބުނަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
ގާނޫނާ "ޚިލާފު" ހުކުމެއް ހަލާލުކުރުމަށް ގާނޫނު ބާތިލްކުރުން: ބުއްދީގެ ހަމަތަކުން ވެސް ބޭރު!

ގާނޫނާ "ޚިލާފު" ހުކުމެއް ހަލާލުކުރުމަށް ގާނޫނު ބާތިލްކުރުން: ބުއްދީގެ ހަމަތަކުން ވެސް ބޭރު!

12 އޯގަސްޓު 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު