Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެކްސްޗޭންޖް ރޭޓް

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

ޓެކްސްގެ ނިޒާމް ތަޢާރަފްކުރީ 2008 ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 ޖުލައި 2017 | ހުކުރު 03:27
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ދިވެހިރާއްޖެއަކީ ބޭނުންކުރާ ހުރިހާ އެއްޗެއް އިމްޕޯޓްކުރާ ޤައުމެއްކަމާ، ފައިސާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އިންތިހާއަށް އަސަރުކުރާނެކަމީ އަދި މޮޅު އިކޮނޮމިސްޓަކަށް ނުވިޔަސް ހަމަ ބުއްދިން ވިސްނާ ކޮންމެ މީހަކަށްމެ ފަހުމްވާނެ ކަންކަމެވެ.

އަދުގެ އިޤްތިސާދީ ހަޤީޤަތަކީ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް މިހާރު 17 ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާކަމެވެ. މިކަމުގެ އަސަރުދަނީ ދިވެހި ވިޔަފާރިތަކަށް ނުހަނު ބޮޑަށް ކުރަމުންނެވެ. ވިޔަފާރިއަށް ނޭދެވޭ އަސަރުކުރާ ކޮންމެ ހާލަތެއްގައި އޭގެ ބުރަ ތަހައްމަލު ކުރާނީ މުޅި ޤައުމުގެ ރައްޔިތުންނެވެ. ޚާއްސަކޮށް ނިކަމެތި ރައްޔިތުންނެވެ. ވިޔަފާރިން ލިބޭ ގެއްލުން ފޫބެއްދުމަށް ތަކެތީގެ އަގު ބޮޑު ކުރުމަށް ވިޔަފާރިވެރިންނަށް މަޖުބޫރުވެއެވެ. ތަކެތީގެ އަގު ބޮޑުވަމުން ގޮސް މިހާރު ހަމަ ހަޤީޤަތުގައިވެސް ވިޔަފާރިވެރިންވެސް ހަނާވެ ފަނާވަނީއެވެ.

ތަކެތީގެ އަގު ބޮޑުވާ ވަރަކަށް ވިޔަފާރިވެރިންނަށް ގެއްލުންވުމުގެ ބަދަލުގައި ފައިދާ ބޮޑުވާނީ ނުންތޯ މީ އުފެދިދާނެ ސުވާލެކެވެ. ހަޤީޤަތަކީ ރާއްޖެއަކީ ގިނަ ރައްތަކެއްގެ މައްޗަށް އެކުލެވޭ ޖަޒީރާ ޤައުމަކަށްވާތީ ކޮންމެ ރަށެއްގައިވެސް އާންމުކޮށް ހުންނަނީ އެއްކަހަލަ ތަކެތި ވިއކާ ފިހާރަތަކެކެވެ. އެއްތަނަކުން ތަންކޮޅެއް އަގުބޮޑުވާއިރަށް އަނެއް ފިހާރައިން ގަނެލަނީއެވެ.

ކުއްޔާއި ފިހާރަ ހިންގުމުގެ ހަރަދު ބޮޑު ވިޔަފާރަވެރިޔާއަށް މަޖުބޫރުވާ އަގަށް ވުރެ ކުޑަ އަގެއްގައި މުދާ ވިއްކާލެވޭ ވިޔަފާރިވެރިޔާއަށް ފައިދާ ވާއިރު، އެއަގުގައި ހިފަހައްޓާ ނުލެވޭ ވިޔަފާރިވެރިން އިނދަޖެހެނީއެވެ. ވިޔަފާރީގެ ކޮމްޕެޓިޝަން ނުވަތަ ވާދަވެރިކަން އެހާމެ ބޮޑެވެ. ކުދި ކުދި ވިޔަފާރިތައް ކުރި ނުފަޅާ މަރުވެގެން ދަނީ މިހެންވެގެންނެވެ. އިޤްތިސާދަށް ނަގާ ބިޔަ ރާޅުތަކުގައި ޖެހި ކަނޑުވެ ފަރަށް އަރަނީ މިވިޔަފާރިތަކެވެ. ކޮންސިއުމަރސް ނުވަތަ މުދާ ގަންނަ ފަރާތްތަކުގެ އިތުރުން ޚުދު ވިޔަފާރިވެރިންވެސް އުފުލަންޖެހެނީ ބޮޑު ބުރައެކެވެ. ނަމަވެސް މޮޅު އިކޮނޮމިސްޓުންނަށް މިކަންކަމާ މެދު ވިސްނިފައިވިހެނެއް މިއަދަކު ހިއެއް ނުވެއެވެ.

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ އައު ވިޔަފާރިތައް އުފެދުމަށްވެސް އަދި ވިޔަފާރިތައް ހިނގައިގަތުމަށްވެސް އެޅޭ ބޮޑު ހުރަހެކެވެ. ސަބަބަކީ އެކްސްޗޭންޖް ރޭޓް ބޮޑުވެ ޑޮލަރުގެ އަގު އުފުލުމުން ވިޔަފާރީގެ ކެޕިޓަލް ޚަރަދު ބޮޑުވެގެން ދިއުމެވެ. މިއީ ގްރޭޑް 8 ގައި އިކޮނޮމިކްސް ކިޔަވަމުންދާ ދަރިވަރަކަށްވެސް ތަފްސީލުކޮށް ކިޔައިދޭން އެނގޭނެ ކަންކަމެވެ. ނަމަވެސް އިޤްތިސާދީ ސިޔާސަތު ކަނޑއަޅާ ސިޔާސަތު ތަންފީޒުކުރާ ފަރާތްތައް ވަނީ މިކަމާ މެދު އެއްވެސް ހަރުދަނާ ފިޔަވަޅެއް އެޅުމަށް ނުކުޅެދިފައެވެ.

2008ގައި ޓެކްސް ނިޒާމެއްގެ ތެރެއިން ވިޔަފާރީގެ ފައިދާ ޓެކްސްކޮށް، އާއްމުންގެ އަތުން ނެގޭ ޓެކްސް މަދުކޮށް، މިފައިދާއިން ނެގޭ ޓެކްސްއިން ތަރައްޤީގެ މަޝްރޫއުތަކަށް ޚަރަދުކުރުމުގެ މަސައްކަތް ފެއްޓިއެވެ. މިމޮޑެލްއާ މެދު އައިއެމްއެފް އާ ވަރލްޑްބޭންކް ފަދަ ބައިނަލް އަޤްވާމީ ޖަމިއްޔާތަކުން ވަނީ ހިތްހަމަޖެހުން ފާޅުކޮށް ތަރުހީބާއެކު ބަލައިގަނެފައެވެ. އަދި ރައްޔިތުންނަށާ ވޔަފާރިވެރިންނަށްވެސް މިކަމުގެ ލުއި އިހްސާސްކުރެވުނެވެ.

ނަމަވެސް މިއަދުގެ ވަނީ ރައްޔިތުންނާ ވިޔަފާރިވެރިންނަށް ގެއްލުންވާ ގޮތަށް 'ޑަބަލް ޓެކްސޭޝަން' ނެގެމުންނެވެ. އެގޮތުން އެތެރެކުރާ މުދަލުގެ ޑިޔުޓީ އިންތިހާއަށް ބޮޑުކޮށްނަގާ، ވިޔަފާރީގެ ފައިދާ ނުވަތަ ބީޕީޓީ އަދި މުދަލުގެ އަގުން ޖީއެސްޓީވެސް ދަނީ ނަގަމުންނެވެ. ރައްޔިތުންގެ ޖީބަށް ކުރާ އަސަރެކޭ އެއްފަދައިން ވިޔަފާރިތައްވެސް ނޭވާ ހޮޅިއަށް އެޅެނީއެވެ. ހިންދަމާލައިގެން ވިޔަފާރިއެއް ކުރެވެނީ ހަމައެކަނި އެއް އަތުން ގުނާލެވޭހާ މަދު ބިޔަ ބޮޑު ކުންފުނިތަކަކަށް އެކަންޏެވެ. ޒުވާން ވިޔަފާރިވެރިން ތިބީ މާޔޫސްކަން މަތީއެވެ. އެކި ނަންނަމުގައި މޮޅެތި މަޝްރޫއުތައް ކަމަށް ބުނެ ތައާރަފްކުރާ 'ސްކީމް' ތަކުން ލޯން ނަގައިގެން ފެށި ވިޔަފާރި އިނދަޖެހުމުން ބޯމަތީ އެތިބީ މާސިންގާ ލޯނުތައްވެސް އެޅި ހަތަރު އުދަރެސް ފެނުޖެހިފައެވެ.

ރާއްޖޭގައި މިފެނިގެންދަނީ ވިޔަފާރިކުރުމަށް އެޅޭނެ ހުރިހާ ހުރަހެއް އެޅެމުންދާ މަންޒަރެވެ. މާލޭގައި ޚާޢްސަކޮށް ކުލީގެ އަގުތައް ފިއްކަނޑައިގެންދާ ހިސާބަށް ދަނީ އަރަމުންނެވެ. ވިޔަފާރިކުރާ ތަންތަން ކުއްޔަން ހިފަނީ ލޯމަރާލާފައެވެ.

އެއަށްފަހު ލިބެން އޮތް ލުޔަކުންވެސް ވަނީ މަހްރޫމްކޮށްފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެތައް ގުނައަކުން ކުޑަވެގެނ ދިޔައިރު ރާއްޖޭގައި ކަރަންޓުގެ އަގުތައް ދިޔައީ މައްޗަށެވެ. ކުއްޔާއި ކަރަންޓު ބިލާ ނުވިތާކަށް ޓެކްސާ ޑިޔުޓީއާ ދައްކާފައި ވިޔަފާރިވެރިންނަށްވެސް މިއަދު އަނގަޔާ އަތާ ދިމާވަނީ ކިރިޔާއެވެ. ރައްޔިތުންވެސް ހަމަ އެއާއެކު ބިކަވަނީއެވެ. ކަންކަން ގޯހުން ގޯހަށް މިހެން ދަމުންދާއިރުވެސް ސަރުކާރުންމިކަންކަމާ އެކަށީގެންވާ ފިޔަވަޅެއް ނާޅާ ތާގައި، މިކަންކަމާ ކަންބޮޑުވާކަމުގެ ހިލަމެއްވެސް ނުފެނެއެވެ. ސަރުކާރާ ރައްޔިތުންނާ އެއް ޤައުމެއްގއި އުޅޭ ކަމަކަށް ނުފެނެއެވެ.

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2017

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

19 ނޮވެމްބަރު 2017
ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް
06 އޮކްޓޯބަރު 2017

ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

06 އޮކްޓޯބަރު 2017
ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟
10 ސެޕްޓެމްބަރު 2017

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
03 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟
22 އޯގަސްޓު 2017

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު