Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވެނެޒުއޭލާ

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ސަރުކާރާ ދެކޮޅަށް ދަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 24 ޖުލައި 2017 | ހޯމަ 10:10
ވެނެޒުއޭލާ ގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

ވެނެޒުއޭލާ ގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

ވެނެޒުއޭލާގައި ސިޔާސީ ހަލަބޮލިކަން އިންތިހާއަށް ގޮސްފިއެވެ. ގައުމުގައި ބޮޑު ކަންކަން ހިނގަމުންދާއިރު ނުވަތަ ބޮޑެތި ކަންކަން ހިންގަން މަސައްކަތް ކުރާއިރު ރައްޔިތުންގެ ބަސް ހޯދުމެއް ނެތެވެ.

އިންތިހާއަށް ފާޑުކިޔުން އޮތަސް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ގެންދަވަނީ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވަމުންނެވެ. ރައީސް މަޑޫރޯ ގައުމުގައި ހަމަނުޖެހުން ހިނގާ ކަމަށް ގަބޫލުފުޅު ކުރައްވައެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މެދުގައި ގުޅުމާއި އެއްބާރުލުން އޮންނަން ޖެހޭ ވަރަށް ނެތްކަންވެސް ގަބޫލުފުޅު ކުރައްވައެވެ. ގައުމުގެ ހަމަޖެހުން ގާއިމު ކުރައްވައި އަދި ދައުލަތުގެ ވުޒާރާތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމު ކުރުމަށްޓަކައި މަޑޫރޯ ވިދާޅުވަމުން ގެންދަނީ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ. އެ ގާނުނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ޝެޑިއުލްކޮށްފައި ވަނީ ޖުލައި 30 ގައެވެ.

ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި އާ ގާނުނު އަސާސީއެއް ބޭނުންވާ ކަމަށް ރައީސް މަޑޫރޯ ވިދާޅުވަމުން ގެންދެވިޔަސް އޮބްޒާވަރުން ވިދާޅުވަމުން ގެންދަވަނީ ގާނޫނު އަސާސީ އެކުލަވާލައިފި ނަމަ އެއީ ޑިމޮކްރެޓިކް އުސޫލުތަކާއި ޚިލާފު ކަމެއް ކަމަށެވެ. ބައިނަލްއަގްވާމި މުޖުތަމައު އިން ދަނީ ރައީސް މަޑޫރޯގެ އަމަލުފުޅުތައް ކުށްވެރި ކުރަމުންނެވެ. އެގޮތުން މެކްސިކޯ، ޗިލީ، އާޖެންޓީނާ އަދި ކޮލަމްބިއާއިން ވަނީ ވެނެޒުއޭލާއަށް އަލުން ޑިމޮކްރެސީ ގެނައުމަށް ގޮވާލާފައެވެ. ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުުރުން ހުއްޓާލުމަށް ކޮލަމްބިއާ، ފްރާންސް، ސްޕެއިން، އެމެރިކާ އަދި އީޔޫ އިން ވަނީ ވެނެޒުވޭލާގެ ސަރުކާރަށް ގޮވާލާފައެވެ.

ވެނެޒުވޭލާ އިން އާ ގާނޫނު އަސާސީ އެކުލަވާލުމަށް ކުރާ މަސައްކަތާ ގުޅިގެން އެމެރިކާ އިން ވަނީ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަަށްވެސް އިންޒާރުދީފައެވެ. ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު ސެމިއުއެލް މޮންކަޑާ ދާދިފަހުން ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަލައި ބަޔަކު އިންތިޚާބު ކުރުމަކީ އެގައުމަށް ލިބެގެންވާ ސިޔާސީ މިނިވަންކަމުގެ ތަރަހައިގެ ތެރެއިން ލިބިދޭ ހައްގައެއް ކަމަށެވެ. އަދި އެކަން ދާނީ ހިނގަމުން ކަމަށާ އެއީ އެއްވެސް ފަރާތަކަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.

ދާދިފަހުން ވެނެޒުއޭލާގައި އިދިކޮޅު ފަރާތްތަކުން ވަނީ އަލުން ގާނޫނު އަސާސީ އެކުލަވާލުމާއި ދެކޮޅަށް ބޮޑު މުޒާހަރާއެއްވެސް ބާއްވާފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުރި މުޒާހަރާގައި މިލިއަނުން މީހުން މުޒާހަރާއަށް ނިކުތް ކަމަށް ރިޕޯޓުތައް ބުނެއެވެ. ވެނެޒުއޭލާގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާއިރު ވެނެޒުވޭލާގެ އިދިކޮޅު ފަރާތްތަކުން ބުރާސްފަތި ދުވަހު ކުރި ބޮޑު މުޒާހަރާގައި، މުޒާހިރީންނާއި އަދި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން ތިން މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިހާތަނަށް 300 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ހުއްޓާނުލާ އާ ގާނުނު އަސާސީ އެކުލަވާލުމާ ދެކޮޅަށް އަޑުއުފަލުންދާއިރު މުޅިގައުމުގައި ދެދުވަހަށް ކުރެވޭ ބޮޑު މުޒާހަރާއެއް ކުރުމަށް އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮންމެއަކަސް، ވެނެޒުވޭލާގެ ރައީސް ރައްޔިތުންގެ ބަހެއް ހޯދުމެއް ނެތި ގައުމުގެ ބޮޑެތި ކަންކަމުގައި ގޮތް ނިންމަން ފައްޓަވައިފިއެވެ. ކަމާބެހޭ މާހިރުން ވިދާޅުވަމުން ގެންދަވަނީ މިހާރު އޮތް ގާނޫނު އަސާސީއަށް ބަލާއިރު ގާނޫނު އަސާސީ އަލުން އެކުލަވާލާ މަޖިލީހެއް އިންތިޚާބު ކުރާ ނަމަ ރައީސް މަޑޫރޯ، އެކަމާ މެދު އާންމުން ދެކޭގޮތް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލަން ޖެހޭ ކަމަށެވެ.

ވެނުޒުއޭލާގެ މަޝްރަހު ވަނީ ވަރަށް ހަަލަބޮލިވެފައެެވެ. ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން މަޑޫރޯއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ ތިން މަސް ވެއްޖެއެވެ. އަދި ސަރުކާރުގެ ތެރެއިން ވެސް މަޑޫރޯއާ ދެކޮަޅަށް ދެކޮޅުވެރިކަން ވަނީ ފާޅުވެގެން ގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނުއަސާސީ ހަމައެކަނި ދެލިގަނޑެއް

ގާނޫނުއަސާސީ ހަމައެކަނި ދެލިގަނޑެއް

08 އޯގަސްޓު 2017
ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

08 އޯގަސްޓު 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

16 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

02 ޖުލައި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު