Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަމަޟާން 1438

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

ކޮންމެ ދުވަހަކުވެސް ފިހުނުމަސް ވިއްކާ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 18 ޖޫން 2017 | އާދީއްތަ 06:36
ބިންމާ ސްޓޯރު ސްޓޯރު ކައިރީ ހުރި ފިހުނު މަސް ވިއްކާ ސްޓޯލުން މީހަކު މަސް ގަންނަނީ

ބިންމާ ސްޓޯރު ސްޓޯރު ކައިރީ ހުރި ފިހުނު މަސް ވިއްކާ ސްޓޯލުން މީހަކު މަސް ގަންނަނީ

ފިހުނުމަހަކީ ދިވެހިންގެ ކެޔުމުގައި ވަރަށް މުހިއްމު ބާވަތަކެވެ. ޚާއްސަކޮށް ރަމަޟާން މަހުގައި ފިހުނުމަހަށް އޮންނަ ޑިމާންޑް ބޮޑުވެގެންދެ އެވެ. މާލެފަދަ ތޮއްޖެހިފައިވާ ސިޓީއެއްގައި އުޅޭ އިރު، ޒަމާނުއްސުރެ ދިވެހިން މަސް ފިހަމުން އައި ގޮތް ކަމުގައިވާ، ނާށި އަންދައިގެން އެ މަސައްކަތް ކުރުމަށް ކޮންމެ ދުވަހު، ކޮންމެ ގެއެއްގައި އެއީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ކަމުން، ޒަމާން ބަދަލުވެ މަސް ފިހުމުގައި ގެންގުޅެނީ އުކުޅުތައްވެސް މިހާރު ވަނީ ބަދަލުވެފަ އެވެ.

ނަމަވެސް ތަވާ މަތީގައި މަސް ފިހުމާއި ނާށި އަނގުރުގައި ނުވަތަ ޗާކޯލްގައި މަސް ފިހުމާ ތަފާތު ކަމަށް ގިނަ ބަޔަކު ދެކެވެ. ހަގީގަތުގައި ރަހަވެސް ތަފާތެވެ. އެހެންވެ، ގިނަ ބަޔެއްގެ އަނގައަށް އަދިވެސް މީރީ އަނގުރުން ފިހާ މަހެވެ. ބޭނުންކުރާ ލޮނު މިރުސްގަނޑުވެސް ދިވެހިންނަށް ކަމުދަނީ އެންމެ އިހު ޒަމާނުގައި އެކަން ކޮށް އުޅުނުގޮތެވެ.

މާލެއަކީ ތޮއްޖެހިފައިވާ ތަނަކަށްވުމާއެކު، ކޮންމެ ރޯދަ މަހެއްގައި ވެސް، ވަގުތުން މަސް ފިހެގެން ވިއްކާ މީހުން މަދުމަދުން ފެނެ އެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް ބައެއް ފަރާތްތަކުން އެކަން ވަނީ ފުޅާކޮށްފަ އެވެ.

ކޮންމެ ދުވަހެއްގެވެސް ހަވީރު، މާލޭގެ ބައެއް ސަރަހައްދުތަކުގައި ފިހުނު މަސް ވިއްކާ މަންޒަރަކީ، ފިހުނުމަސް ކުރީގެ ކާބަފައިން ތައްޔާރުކުރި ގޮތަށް ކާން ބޭނުންވާ ފަރާތްތަކަށްެވެސް ލިބިގެން ދިޔަ ވަަރަށް ބޮޑު ފަސޭހަ އެކެވެ.

ފިހުނު މަސް ވިއްކާ ސަރަހައްދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސަރަހައްދަކީ، ކެނެރީ މަގުގައި ހެދިފައިވާ ސްޓޯލެވެ. އެތަނުގައި ކޮންމެ ދުވަހަކުވެސް މަސްވިއްކުމުގައި ބިދޭސީ މީހަކު ހުރެ އެވެ. އެ ސަރަހައްދުން ހުރަސްކުރާ ކޮންމެ މީހަކަށްވެސް އެ ދުވަހުގެ ހަވީރު ވަގުތުގައި އަޑު އިވޭނީ މަސް ގަތުމައްޓަކާއި ހުރިހާ ފަރާތްތަކަށް އޭނާއަށް ގޮވާ އަޑެވެ. މަހުގެ މީރު ވަސް މާދުރަށް ހުރެ އެވެ.

އެތަނުން ލިބެން ހުރި މަހުތަކުގެ އަގުތަކަށް ބަލާ އިރު 40ރ އަށް ކުޑަ މަހެއް ލިބެން ހުރި އިރު، އެތަނުން ލިބެން ހުރި އެންމެ ބޮޑު ފިހުނު މަސް އުޅެނީ 150ރ. އަށެވެ. މީގެ އިތުރުން 50ރ އަށާއި 80ރ. އަށް ވެސް ބައެއް ބާވަތްތަކުގެ ފިހުނު މަސް އަންނަނީ ވިއްކަމުންނެވެ. އެތަނުން ދުވާލަކު، ގާތްގަނޑަކަށް 100 ވަރަކަށް މަސް ވިއްކާލެވޭ ކަމަށާއި، ކޮންމެ ދުވަހަަކުވެސް ފިހުނު މަސް ގަތުމަށް ގިނަ ބަޔަކު އަންނަ ކަމަށް އެތަނުގައި މަސް ވިއްކަން ހުރި މީހާ ބުންޏެވެ. މަސް ފިހުމަށްޓަކާއި މަސް ހޯދަނީ ކޮންމެ ދުވަހަކުވެސް މާރުކޭޓުން މަސް ގެނެސްގެންނެވެ. މިގޮތަށް ރަމަޟާން މަހުގައި އެ ސަރަހައްދުގައި މަސް ވިއްކާތާ 9 އަހަރު ވަނީ ވެފަ އެވެ.

މާލޭގައި މަސް ވިއްކާ ދެން އެންމެ ފާހަގަކޮށްލެވޭ އަނެއް ސަރަހައްދަކީ ބިންމާ ސްޓޯރ އިންނަ މަގުގައި ހެދިފައިވާ ސްޓޯލެވެ. މިއީ އަދި މާ ހާދަޔާ ހިލާފު ފިހުނު މަސް ވިއްކާ ބައެވެ. އެތަނުން ލިބެން ހުންނަ މަހުގެ އަދަދުވެސް، ބާވަތްތަކުގެ އަދަދުވެސް ތަފާތެވެ.

މިތަނުގައި މަސް ފިހަނީ ކާބަފައިން އެންމެ އިހު ޒަމާނުގައި މަސް ފިހުނު ގޮތަށް އޫ މަހައިގެންނެވެ. މަހުގެ ބާވަތްތަކުގެ އުތުރުން މިތަނުން ފިނުނު ކުކުޅާއި ސޮސެޖް ފަދަ ބާވަތްތައްވެސް ވިއްކަ އެވެ. މިތަނުގެ އަގުތައް ފެށެނީ 50ރ. އިންނެވެ. އެންމެ ބޮޑު ފިހުނު މަހެއްގެ އަގު އުޅެނީ 600ރ. އަށެވެ.

މި ސްޓޯލް ކޮންމެ ދުވަހެއްގެ 04:00 އިން ފެށިގެން، ރޭގަނޑު ދަންވަރު 03:00 ހަމައަށްވެސް މަސް ވިއްކުމުގައި އެ ސަރަހައްދު ވަނީ ހުޅުވާލެވިފަ އެވެ.

"މިތަނަށް ވަރަށް ޑިމާންޑު ބޮޑު، ދުވާލަކަށް 150 މަސް، އަދި ގާތްގަނޑަކަށް 100 ކުކުޅު ގަނޭ. މިތަނުގެ ތަފާތަކީ ހަމަ ހަވާދުގަނޑު،" ފިހަމުންދިޔަ މަސް ފުށުން ޖަހާލަމުން، އެތަނުގައި ހުރި އިބްރާހިމް މާޒިން ކިޔައިދިނެވެ.

މި މަސައްކަތް ކުރަނީ މާޒިން އާއި އޭނާގެ ބޭބެ ގުޅިގެންނެވެ. ދެ ބޭން ފެށި މި މަސައްކަތަށް ހީކުރި ވަރަށް ވުރެ ޑިމާންޑު މާބޮޑެވެ.

އެހެންވެ، ޓީމް ވެސް ވަނީ ބޮޑުކޮށްފަ އެވެ. މިހާރު ގާތްގަނޑަކަށް މަސް ފިހުމުގެ މަސައްކަތްތަކުގައި ދިހަ ވަރަކަށް މީހުން ހަރަކާތްތެރިވެ އެވެ.

ހަގީގަތުގައި ވެސް މާޒިން އާއި އޭނާގެ ބޭބެ އަދި ކެނެރީމަގުގައި ފިހުނު މަސްވިއްކާ ބިދޭސީ މީހާއަކީ ތަފާތު ބައެކެވެ. ރޯދަ މަހުގެ ފައިދާ ހުރިހާ ގޮތަކުން ހޯދަން މި މީހުންނަށް ވަނީ އެނގިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު