Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލްގެ ޓްރާންސްފާތައް

އާސެނަލްގެ ފޯވާޑް ވޮލްކޮޓް އެވަޓަން އަށް ބަދަލުވުމާ ގާތަށް!

ވޮލްކޮޓް ވަނީ އެވަޓަންގެ މެޑިކަލް ޓެސްޓްތަކަށް ތައްޔާރުވެފައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2018 | އަންގާރަ 14:47
އާސެނަލް އަށް ކުޅޭ އިނގިރޭސި ފޯވާޑް ތިއޯ ވޮލްކޮޓް: އޭނާ ފެނުން އެންމެ ގާތީ އެވަޓަން އިން

އާސެނަލް އަށް ކުޅޭ އިނގިރޭސި ފޯވާޑް ތިއޯ ވޮލްކޮޓް: އޭނާ ފެނުން އެންމެ ގާތީ އެވަޓަން އިން

އާސެނަލް އަށް ކުޅޭ އިނގިރޭސި ފޯވާޑް ތިއޯ ވޮލްކޮޓް، އެވަޓަން އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބީބީސީ އިން ބުނީ، ވޮލްކޮޓްގެ ޓްރާންސްފަރ ފީގެ ގޮތުގައި އާސެނަލް އިން ހުށަހެޅި 20 މިލިއަން ޕައުންޑަށް އެވަޓަން އިން އެއްބަސްވެފައިވާ ކަމަށާއި، ކުޅުންތެރިޔާގެ ސޮއި ހޯދުމާއި ގާތަށް ގޮސްފައިވާ ކަމަށެވެ. އަދި އެވަޓަންގެ މެޑިކަލް ޓެސްޓްތައް ހެދުމަށް ވޮލްކޮޓް ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ 12 އަހަރު ކުރިން ސައުތެމްޕްޓަން އިން އާސެނަލް އާ ގުޅުނު 28 އަހަރުގެ ފޯވާޑް މިސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އަށް ކުޅެފައި ވަނީ އެންމެ ހަ މެޗެވެ.

ވޮލްކޮޓްގެ ސޮއި ހޯދުމަށް އޭނާގެ ކުރީގެ ކްލަބް ސައުތެމްޕްޓަން އިން ވެސް މަސައްކަތް ކޮށްފައިވެއެވެ.

އާސެނަލް އަށް 397 މެޗު ކުޅެ، 108 ލަނޑު ޖަހާދީފައިވާ ވޮލްކޮޓާއި އާސެނަލްގެ ކޯޗު އާސެން ވެންގާއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ.

އާސެނަލްއާ އެކު ވޮލްކޮޓް ހަދާފައިވާ އެއްބަސްވުމުގައި ބާކީ 18 މަސް ދުވަސް އޮތްއިރު، އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ، ވޮލްކޮޓް އެޓީމުގައި މަޑު ކުރުމަށް އެދޭ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އޭނާ އަށް އެކްލަބުގެ ފުރަތަމަ އެގާރައިން ޖާގަ ދޭނެ ކަމުގެ އިޝާރާތެއް ވެންގާ ދީފައެއް ނުވެއެވެ.

އެވަޓަންގެ ކޯޗު ސެމް އެލާޑީސް ވަނީ، ވޮލްކޮޓަކީ އެކްލަބުގެ ސްކޮޑަށް އިތުރު ކުރަން އެންމެ ރަނގަޅު އެއް ކުޅުންތެރިޔާ ކަމަށާއި، އޭނާއަކީ އިދިކޮޅު ޓީމްތަކުގެ ގޯލަށް ނުރައްކާ ކުރާނެ ކުޅުންތެރިޔެއް ކަމަށެވެ.

މިހާރު މަޝްވަރާ ކުރަމުންދާ ގޮތަށް ތިއޯ ވޮލްކޮޓް ވިއްކާލެވިއްޖެ ނަމަ، އާސެނަލް އިން ބޭނުން ވަނީ ޖަރުމަނުގެ ބޮރޯޝިއާ ޑޯޓްމުންޑަށް ކުޅޭ ޕިއޭ އެމެރިކް އައުބަމެޔަންގ އަދި ފްރާންސް ބޯޑޯގެ ގޯވާޑް މަލްކޮމް ގެނައުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އާސެނަލްގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ޔުނައިޓެޑަށް ވިއްކާލުމަށް ފަހު، ޔުނައިޓެޑްގެ މިޑްފީލްޑަރ ހެންރިކް މިޚިތަރްޔަން ގެނައުމަށް އެކްލަބުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް އާސެނަލް އިން އެ ތިން ކުޅުންތެރިން އެކުގައި ގެނައުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށާއި، މިޚިތަރްޔަންގެ ޓްރާންސްފަރގެ ކަންކަމުގައި އެއްބަސްވުމަކާއި ގާތްވެފައިނުވާ ކަމަށް އޭނާގެ ގާތް ފަރާތަކާ ހަވާލާދީ ބީބީސީ އިން ބުނެއެވެ.

މީގެ އިތުރުން އާސެނަލް އިން ވަނީ އެކްލަބަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރ ޖެކް ވިލްޝެއަރ އަށް އާ އެއްބަސްވުމެއް ހުށަހަޅާފައެވެ. އާ އެއްބަސްވުމުގެ ދަށުން ވިލްޝެއަރ އަށް ހުށަހަޅާފައިވާ މުސާރައަކީ، މިހާރު އޮތް އެއްބަސްވުމުގެ ދަށުން ދޭ މުސާރަ އަށް ވުރެ ކުޑަ މުސާރައެއް ނަމަވެސް، އާ އެއްބަސްވުމުގައި ވިލްޝެއަރ ޝައުގުވެރިވާނެ އެހެން ބައެއް ކަންކަން ހިމަނާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 26 އަހަރުގެ ވިލްޝެއަރ އެކްލަބާ އެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

18 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު