Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލުކާކޫ އެއްބަސްވުން އާ ނުކުރި

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

އެވަޓަންގައި ލުކާކޫ 2019 ވަނަ އަހަރުގެ ނިޔަަލަށް މަޑުކުރަން ޖެހޭ

ލީވާން އަލީ
ލީވާން އަލީ | 15 މާރިޗު 2017 | ބުދަ 14:59
އެވަޓަންގެ ފޯވާޑް ލުކާކޫ

އެވަޓަންގެ ފޯވާޑް ލުކާކޫ

އެވަޓަން އިން ހުށަހެޅި އާ އެއްބަސްވުން އެޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރަމެލޫ ލުކާކޫ އަށް ކަމުނުދިޔަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑެއިލީ ޓެލެގްރާފް އިން ބުނީ އެވަޓަ އިން ލުކާކޫ އަށް އާ އެއްބަސްވުމެއް ހުށަހަޅާފައިވާ ކަމަށާއި، އެހެންނަމަވެސް އެ އެއްބަސްވުމާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށެވެ.

އެ ނޫހުން ބުނީ ލުކާކޫ އަށް ހުށަހެޅި އާ އެއްބަސްވުމާއެކު އޭނާ އަށް ހަފްތާއަކު 140،000 ޕައުންޑު ލިބޭނެ ކާމަށެވެ. އެހެންނަމަވެސް ލުކާކޫ ބޭނުންވަނީ އެއަށްވުރެ ބޮޑު މުސާރައެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ލުކާކޫ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަނީ އިޓަލީ ލީގުގެ ކްލަބްތަކުންނެވެ. އެގޮތުން ޔުވަންޓަސް އަދި އޭސީ މިލާނުން ވަނީ އޭނާ ހޯދުމަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.

އުމުރުން 23 އަހަރުގެ ލުކާކޫ އެވަޓަންއާއެކު އެންމެ ފަހުން ހެދި އެއްބަސްވުމާއެކު 2019 ވަނަ އަހަރުގެ ނިޔަލަށް އޭނާ އެ ކްލަބުގައި މަޑުކުރަން ޖެހެއެވެ. އެހެންނަމަވެސް ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ހޯދުމަށް އޭނާ މި ސީޒަނަށްފަހު އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޗެލްސީން 2014 ވަނަ އަހަރު އެވަޓަންއަށް ބަދަލުވި ލުކާކޫ ވަނީ ވެސްޓްބްރޮމް އަށް ވެސް ކުޅެފައެވެ. ޗެލްސީއާއެކު ދެ ސީޒަން ހޭދަކޮށްފައިވާ ލުކާކޫ ވަނީ އެ ޓީމަށް 15 މެޗު ކުޅެދީފައެވެ.

މީގެއިތުރުން އޭނާ ވަނީ މިވީތަނަށް އެވަޓަން އަށް ކުޅުނު 156 މެޗުގައި 81 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
06 ޖޫން 2017

އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

06 ޖޫން 2017
އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
01 އެޕްރީލު 2017

މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ

01 އެޕްރީލު 2017
މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު