Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް ލަދުގަންނަވާލުން

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

2-10 ގެ އެގްރިގޭޓަކީ އިނގިރޭސި ކުލަބެއް ފަރާތުން ފެނުނު އެންމެ ދަށް ނަތީޖާ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 8 މާރިޗު 2017 | ބުދަ 13:02
ބެޔާން އަތުން ބޮޑު ތަފާތަކުން ބަލިވުމުން އާސެނަލްގެ ކުޅުންތެރިން މާޔޫސްފައި

ބެޔާން އަތުން ބޮޑު ތަފާތަކުން ބަލިވުމުން އާސެނަލްގެ ކުޅުންތެރިން މާޔޫސްފައި

އިނގިރޭސި ކުލަބު އާސެނަލްގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެމިރޭޓްސް ސްޓޭޑިއަމްގައި އެ ކުލަބު ލަދު ގަންނަވާލުމަށްފަހު ޖަރުމަނުގެ ބެޔާން މިއުނިކުން ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން މުބާރާތާއި ވަކިވާންޖެހުނު އާސެނަލް ބެޔާންގެ އަތްދަށުވެފައި ވަނީ 1-5 އިންނެވެ. މިދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ބެޔާންގެ ދަނޑުގައި ނިމިފައިވަނީ 1-5 ބެޔާންއަށް ކުރި ލިބިގެންނެވެ.

އަންގާރަ ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުގެ ނަތީޖާއާއެކު ޖުމްލަ 2-10 ލަނޑުގެ ތަފާތުބޮޑު އެގްރިގޭޓެއް ބެޔާނަށް ލިބެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއަށް ކުޑަވެސް އުއްމީދެއް ލިބިގެންދިޔައީ މެޗުގެ 20 ވަނަ މިނިޓްގައި މި ތިއޯ ވޮލްކޮޓް ކާމިޔަބުކޮށްދިން ލަނޑާއެކުއެވެ. ނަމަވެސް އޭގެ ފަހުން ފުރަތަމަ ހާފުގައި އިތުރު ލަނޑެއް އެއްވެސް ޓީމަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ބައެއް ފަރާތްތަކުގެ ފާޑު ކިޔުންތަކާއި އެކު މި މެޗުގައި އާސެނަލްގެ ފުރަތަމަ އެގާރައިގައި މެސުޓް އޮޒިލް ހިމެނާފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން މާ ގިނަ އިރުތަކެއްނުވެ އާސެނަލްއަށް ބޮޑު މައްސަލައަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި އާސެނަލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ބަޔާންގެ ރޮބަޓް ލެވަންޑޯސްކީ އަށް ލޯރެންޓް ކޮޝިއެލްނީ ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ.

ކޮޝިއެލްނީ އެ ފައުލާ ގުޅިގެން ބެޔާންއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދިނީ ލެވަންޑޯސްކީ އެވެ.

ބެޔާންގެ ދެވަނަ ލަނޑު މެޗުގެ 68 ވަނަ މިނިޓްގައި ކާމިޔާބުކުރީ އާޔެން ރޮބެން އެވެ. އޭގެ ފަހުން 77 ވަނަ މިނެޓުގައި ޑަގްލަސް ކޮސްޓާ ތިން ވަނަ ލަނޑެއް ކާމިޔާބު ކޮށްދިންއިރު، ބަޔާންގެ އަނެއް ދެ ލަނޑު ޖެހީ ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އެވެ.

އާސެނަލްގެ މި ލަދުވެތި ނަތީޖާއަށްފަހު އެކުލަބުގެ ސަޕޯޓަރުން ވަނީ ދަނޑު ބޭރުގައި ޓީމުގެ ކޯޗު އާސެން ވެންގާގެ އިސްތިއުފާ އަށް ގޮވައިފަ އެވެ.

އާސެނަލް އާ ބެޔާންގެ މެޗު އެއްކޮށް ލަނޑުގެ އެގްރިގޭޓް 2-10 ގެ ބޮޑު ތަފާތަކީ އިނގިރޭސި ކުލަބަކުން ޗެމްޕިއަންސް ލީގުގައި މިހާތަނަށް ހޯދި އެންމެ ދައް ނަތީޖާއެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
03 މެއި 2017

އޭއެފްސީ ކަޕް: މޯހަން ބާގަން ލަދުގަންނަވާލުމަށްފަހު މާޒިޔާ އެއްވަނައަށް

03 މެއި 2017
އޭއެފްސީ ކަޕް: މޯހަން ބާގަން ލަދުގަންނަވާލުމަށްފަހު މާޒިޔާ އެއްވަނައަށް
22 އެޕްރީލު 2017

ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު

22 އެޕްރީލު 2017
ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު
20 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ބާސާ އަށް ލަނޑުދީ އެޓީމު ކަޓުވާލުމަށްފަހު ޔުވަންޓަސް ސެމީއަށް

20 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ބާސާ އަށް ލަނޑުދީ އެޓީމު ކަޓުވާލުމަށްފަހު ޔުވަންޓަސް ސެމީއަށް
11 އެޕްރީލު 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް

11 އެޕްރީލު 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު