Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބ

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

ޓެވަރެސް ވަނީ ބެންފިކާގެ 12 އަހަރުންދަށަށް ކޯޗު ކޮށްދީފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 11 ޖެނުއަރީ 2017 | ބުދަ 20:00
ނިއުއަށް އަލަށް ގުޅުނު ކުޅުންތެރިންނާއި ކޯޗު އަދި އެޓީމުގެ އޮފިޝަލުން

ނިއުއަށް އަލަށް ގުޅުނު ކުޅުންތެރިންނާއި ކޯޗު އަދި އެޓީމުގެ އޮފިޝަލުން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބަށް ގެނައުމަށް ނިންމާފައިވާ ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ބުދަ ދުވަހު މާލެ އައިސް ޓީމާއި ގުޅިއްޖެ އެވެ.

ނިއުއަށް ގެނައި ބިދޭސީ ކޯޗަކީ މީގެ ކުރިން ޕޯޗްގަލްގެ ޕޯޓޯއަށާއި ބެންފީކާގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ބާނާޑޯ ޓެވަރެސް އެވެ. އޭނާ ވަނީ ބެންފިކާގެ 12 އަހަރުން ދަށުގެ ޓީމަށް ކޯޗު ކޮށްދީފަ އެވެ. މީގެ އިތުރުން ޕޯޓޯގައި އޭނާ މަސައްކަތްކޮށްފައި ވަނީ ސްކައުޓް ކޯޗެއްގެ ގޮތުގަ އެވެ.

އުމުރުން 36 އަހަރުގެ ޓެވަރެސް ވަނީ އޭޝިއާގެ ފުޓްބޯޅާގައި ވެސް މަސައްކަތް ކޮށްފަ އެވެ.

އޭނާ ވަނީ ބަހްރެއިންގެ އަލް ހިއްދުގެ އެސިސްޓެންޓް ކޯޗް ކަމާއި، އޮމާންގެ އަލް ނަހްދާގެ ހެޑް ކޯޗު ކަން ކޮށްފަ އެވެ. އެ ޓީމާ އެކު އޭނާ ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގް ޕްރިލިމިނަރީ ބުރުގައި ކުޅެފަ އެވެ. ނަމަވެސް އެޓީމަށް ގުރޫޕް ސްޓޭޖުން ޖާގަ ލިބިފައެއް ނުވެ އެވެ.

ނިއުއަށް ގެނައި ފޯވަޑަކީ ސްޕެއިނަށް އުފަން އެޑްރިއަން ގަލާޑޯ ވަލްޑެސް އެވެ. އޭނާއަކީ ފިލިޕީންސް ލީގުގެ ލަނޑު ލިސްޓުގެ ކުރި ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިދިޔަ ދެ ސީޒަންގައި ވެސް ފިލިޕީންސްގެ ސެރެސް އެފްސީ އަށް ކުޅެ އެ ދެ ސީޒަންގެ ވެސް ރަންބޫޓު ހާސިލް ކޮށްފަ އެވެ.

އުމުރުން 29 އަހަރުގެ އެޑްރިއަންއަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ދެވަނަ އަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ފިލިޕީންސް ލީގުގައި 22 މެޗު ކުޅެ 42 ގޯލް ޖަހާފަ އެވެ.

ނިއުއަށް ގެނައި ފިޓްނަސް ކޯޗަކީ ޕޯޗުގަލްއަށް އުފަން ޔަކީމް ވެލިންހޯ އެވެ. އޭނާ އަކީ ކޯޗިން ލައިސަންސް ވެސް އޮތް ފިޒިކަލް ފިޓްނަސް ޓްރެއިނަރެކެވެ.

ނިއުއިން ބުނެފައި ވަނީ ފިޓްނަސް ކޯޗަކީ ފިޓްނަސް ޓްރެއިނަރެއްގެ އިތުރުން ކޮންޑިޝަން އާއި ރިކަވަރީ ސްޕެޝަލިސްޓެއް ކަމަށެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2018

ލިވަޕޫލްގެ ފޯވާޑް ލައިނު ހުއްޓުވުން ގާޑިއޯލާއަށް ބޮޑު ގޮންޖެހުމަކަށް

03 އެޕްރީލު 2018
ލިވަޕޫލްގެ ފޯވާޑް ލައިނު ހުއްޓުވުން ގާޑިއޯލާއަށް ބޮޑު ގޮންޖެހުމަކަށް
30 މާރިޗު 2018

ކޭންއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑް: ކޮންޓޭ

30 މާރިޗު 2018
ކޭންއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑް: ކޮންޓޭ
16 ޖެނުއަރީ 2018

އާސެނަލްގެ ފޯވާޑް ވޮލްކޮޓް އެވަޓަން އަށް ބަދަލުވުމާ ގާތަށް!

16 ޖެނުއަރީ 2018
އާސެނަލްގެ ފޯވާޑް ވޮލްކޮޓް އެވަޓަން އަށް ބަދަލުވުމާ ގާތަށް!
02 ޖެނުއަރީ 2018

ދުނިޔޭގެ ޑާޓް ޗެމްޕިއަންކަން އަލަށް ވާދަކުރި ރޮބް ކްރޮސް ހޯދައިފި

02 ޖެނުއަރީ 2018
ދުނިޔޭގެ ޑާޓް ޗެމްޕިއަންކަން އަލަށް ވާދަކުރި ރޮބް ކްރޮސް ހޯދައިފި
30 އޮކްޓޯބަރު 2017

ސްޕެނިޝް ލަލީގާ: އަލަށް ޕްރޮމޯޓްވި ޖިރޯނާ އަތުން ރެއާލް ބަލިވެއްޖެ

30 އޮކްޓޯބަރު 2017
ސްޕެނިޝް ލަލީގާ: އަލަށް ޕްރޮމޯޓްވި ޖިރޯނާ އަތުން ރެއާލް ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު