Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސީހުގެ އިތުބާރު މައްސަލަ

މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

މަސީހުގެ މަގާމަށް ހޮއްވެވީ 43 މެމްބަރުންގެ ވޯޓުން، މަގާމުން ދުރުކުރަން 45 މެމްބަރުން ސޮއި ކުރެއްވި

ރާއްޖެ އެމްވީ | 31 ޖުލައި 2017 | ހޯމަ 13:49
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނެވި ވަށައިގެން ސިފައިންގެ ފާރެއް އަތުރާލައިގެން

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނެވި ވަށައިގެން ސިފައިންގެ ފާރެއް އަތުރާލައިގެން

މަޖިލީހުގެ ރައީސަކަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އިންތިހާބު ކުރެއްވީ، މެއި 28، 2014 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. މަޖިލީހުގައި އެންމެ ގިނަ ދުވަސްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަސީހު ރިޔާސަތަށް އިންތިހާބުކުރެއްވީ 43 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހަށް މަސީހު އިންތިހާބު ކުރެއްވި މެމްބަރުންނަށް ވުރެ ގިނަ އަދަދެއްގެ މެމްބަރުން، މަނިކުފާނު ރިޔާސަތުގައި އިންނަވަން ބޭނުންފުޅު ނުވާ ކަމަށް ބުނެފި އެވެ. ސާޅީސް 43 މެމްބަރުންގެ އަޣުލަބިއްޔަތުން އިންތިހާބުވެވަޑައިގެންނެވި އިރު، މަނިކުފާނު މަގާޟުން ދުރުކުރަން 85 މެމްބަރުންގެ ތެރެއިން 45 މެމްބަރުން ސޮއިކުރެއްވި އެވެ. ސޮއި އަނބުރާ ގެންދެވީ ހަމައެކަނި އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދެވެ. އެވަރުން ވެސް މަސީހަށް ރިޔާސަތުގެ ގޮނޑި ގެއްލިގެންދެއެވެ. އެކަން އެނގޭތީވެސް، ހެދުނު އެއްޗެއް ހަދައިގެން މައްސަލަ ބޭރުކޮށްލެވޭނެ ގޮތެއް ހެދި އެވެ. އިދާރީ ގޮތުން ކުރަންޖެހޭ ކަމެއް ކުރަން ބޭނުންނުވެ، މަސީހާ ދެކޮޅަށް ސޮއިކުރެއްވި މެމްބަރުންތަކެއް ހިފައި ހައްޔަރުކޮށް، އަދި ބައެއް މެމްބަރުންގެ ގޮނޑި ގެއްލުވާލި އެވެ. މިއީ އިތުބާރު އޮތުމެއް ނޫނެވެ. ހުދުމުޚްތާރުވުމެވެ.

މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ކުރެއްވި ބައެއް ކަންކަމަކީ ދިވެހި ތާރީހާއި، ބަރުލަމާނީ ހަޔާތުގެ ކަޅު ސޮފުހާތަކެކެވެ. އެކަމުގެ ސަބަބުން މަނިކުފާނަށް ފާޑުކިޔުން އަމާޒުވި އެވެ. މަޖިލީސް ހިންގެވުމުގައި އަމަލުކުރެއްވި ގޮތުން، އަމިއްލަ ޕާޓީ އާއި މަޖިލީހުގެ އެހެން މެމްބަރުންގެ ތެރޭގައި މަނިކުފާނަށް އޮތް ތާއިދު ދުވަހެއް ދުވަހަކަށް ދިޔައީ ދަށަށެވެ. ހިންގަމުންދިޔަ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު އަމަލުތަކުގެ ހިތްހަމަނުޖެހުން ފުނިޖެހެމުން ގޮސް، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު، އިދިކޮޅު ފަރާތްތައް މަޖިލީހުގެ ތަޅުމުން ބޭރުކޮށް، ފޮތުން ބޭރުން ރޯލްކޯލް ވޯޓެއް ނަގައި އެ މައްސަލަ ބޭރުކޮށްލި އެވެ. ދެ ވަނަ ފަހަރަށް މައްސަލަ ހުށަހެޅުމާއެކު، މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ކަނޑައެޅި އެވެ. އެ ވަރުން ވެސް ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ތިއްބެވީ ދޫކުރައްވާ ގޮތަކަށް ނޫނެވެ. ދަނޑު ބޭރުން ކުޅެގެން އިތުބާރު ނެތްކަމުގެ މައްސަލަ ދެފަހަރު ބޭރުކޮށްލުމަށް ފަހު، އަދި 42 މެމްބަރުންގެ ސޮޔާއެކު މައްސަލަ ހުށަހެޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކުރުމުން، ދެން ހީވީ މަޖިލީހުގެ ރިޔާސަތު ބަދަލުކުރެވޭ ވަރަށް ސޮއި ނުހޯދޭނެ ކަމަށެވެ. އެ ހިސާބު ޖެހުން ގޯސްވި އެވެ. ރައީސް ޔާމީނަށް ވުރެ އެތައް ކުޅިއެއް ކުރިއަށް، އިދިކޮޅު ފަރާތްތަކުން ކުޅެ، ސިއްސުވާލީ މަސީހާ ދެކޮޅަށް 45 މެމްބަރުންގެ ސޮޔާއެކު އެވެ. އެ ބޭފުޅުންގެ ތެރޭގައި މަސީހާއެކު އެންމެ ގާތުން އުޅުއްވި ބައެއް މެމްބަރުން ސޮއި ކުރެއްވެވި އެވެ.

ރައީސް ޔާމީނުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކުރި ހޯއްދެވުމުން، ގަވާއިދެއް އުސޫލެއް، ހަމައެއް ލަމައެއް ނެތެވެ. ސުޕްރީމް ކޯޓަށް ގޮސްގެން ނެރުނު ހުކުމަކާއެކު، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ހަ މެމްބަރެއްގެ ގޮނޑި ގެއްލުވާލި އެވެ. ހަތަރު މެމްބަރަކު ހައްޔަރުކުރި އެވެ. ސަބަބަކީ ހަމައެކަނި ގަދަބާރުން ވިޔަސް މަޖިލީހުގެ މެޖޯރިޓީ ބޭއްވުމަށެވެ. ވާނީވެސް އެހެންތާ އެވެ. މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެން ދިޔުމުން ރައީސް ޔާމީންގެ އަރުތެރޭގައި ހިތިރަހަލި އެވެ. ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ހިންގަމުން ދިޔަ ކަންކަމާއި ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ބަލަން ފަށައިފާނެ ކަމަށް ހީވަންފެށި އެވެ. އެހެންވެ، ބޭނުންފުޅުވީ ހެދުނު އެއްޗެއް ހަދައިގެން ވެސް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭއްވުމަށެވެ. މަޖިލީހުގެ ރިޔާސަތުގައި ތެރަސް ލައިގެން ވެސް މަސީހު ބެހެއްޓެވުމަށެވެ.

ގާނޫނީ ގޮތުން ވެރިކަން ކުރަންވަން ނިޔަތެއް އޮންނަމަ، މަޖިލީހުގެ ރިޔާސަތު ގެއްލިއްޖެކަން ގަބޫލުކުރަންވެއްޖެ އެވެ. އެކަން ގަބޫލުނުކޮށް ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން، ގޯހުގެ މައްޗަށް ހެދެނީ ގޯހެވެ. އެއްވެސް ހުއްޖަތެއް ނެތި، ނުހައްގުން މެމްބަރުންނަށް ތިޔަ ދަނީ އަނިޔާވެރިވަމުންނެވެ. މެޖޯރިޓީ ގެއްލުމަކީ މަޖިލީހާއި މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒަށް، އެމްއެންޑީއެފުން އަރައިގަތުމަށް ޖާގަދޭންވީ ސަބަބެއް ނޫނެވެ.

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތި ވެރިކަން ހިންގަން ދަސްކުރަންޖެހެ އެވެ. ރައްޔިތުން މަސީހަށް ނޫނެކޭ ބުނުމާއެކު، އެކަން ގަބޫލް ނުކޮށް ގަދަބާރުން ގޮނޑީގައި އިންނެވުމަށް ވުރެ ދުނިޔެމަތީގައި އިތުރު އަދި ލަދުހަޔާތްކުޑަ ކަމެއް އެބަ އޮތް ހެއްޔެވެ؟ ރައްޔިތުންގެ ބުނެފައި އެވަނީ މަނިކުފާނު ބޭނުމެއް ނުވާކަމަށެވެ. ހިއްސުތައް ސަލާމަތުން ހުރި ބޭފުޅަކަށް އެކަން އެނގޭނެ އެވެ.

ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިޔުންމުން ވެސް ރިޔާސަތުގެ ގޮނޑީގައި ބަގުޑި ބައްދައިގެން ތިޔަ އިންނަނީ ކާކުގެ އިތުބާރެއް ހޯދުމަށް ހެއްޔެވެ؟ ކާކުގެ ލޯތްބެއް ލިބޭނެ ކަމަށް ހެއްޔެވެ؟ ރައްޔިތުންގެ ލޯތްބާއި އިތުބާރަށް ވުރެ މަތިވަރި އެއްޗެއް ނޯންނާނެ އެވެ. އެކަން މިހާރު އެވަނީ މަސީހަށް ގެއްލިގެން ގޮސްފަ އެވެ. އެހެންވެ، އިތުރަށް ބަރުލަމާނު ހަރާބުކުރަން ނުހައްދަވާށެވެ.

ރައްޔިތުންގެ ނިންމުމަށް މަސީހު ނޫނެކޭ ބުނެ، ރިޔާސަތުގައި ބަގުޑި ބެއްދުން ކުރިއަށް ގެންދިއުމަކީ ގާނޫނު އަސާސީ ފުނޑުފުނޑުކޮށްލުމެވެ. މަޖިލީހުގެ ރިޔާސަތުގެ އިއްޒަތާއި ކަރާމަތް ތިޔަ ވަނީ ވެއްޔާ މޮޑެލައިފަ އެވެ. މަޖިލީހުގެ ރިޔާސަތާއި މަޖިލީހުގެ އިއްޒަތާއި ކަރާމަތަކީ ހަތަރު ފާރެއް ނޫނެވެ. ގާނޫނާއި ގަވާއިދާއި ބަރުލަމާނީ އުސޫލްތަކަށް އަމަލުކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018
ނިމިދިޔަ އަހަރަކީ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ އަނދިރި އަހަރު

ނިމިދިޔަ އަހަރަކީ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ އަނދިރި އަހަރު

01 ޖެނުއަރީ 2018
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު