Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ދަރިފުޅު ކުރީ މަގާމުގެ ގޮތުން ކުރަންޖެހޭ ކަމެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2018 | ހޯމަ 07:54
ދިވެހި ރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕާފުޅު މުހައްމަދު ސައީދު

ދިވެހި ރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕާފުޅު މުހައްމަދު ސައީދު

އެއީ އަޑުއަހަން ފަސޭހަ ވާހަކައެއް ނޫނެވެ. ހާއްސަކޮށް މުސްކުޅިފުޅުވެ ސިއްހީހާލުކޮޅު ދެރަވެފައިވާ ބައްޕާފުޅަށް އެއީ ކުޅަދާނަ ކަމެއް ނޫނެވެ. ތިމާގެ ދަރިފުޅު ދަމާ ކޫއްތާފައި ފުލުހުންގެ ހައްޔަރަށް ގެންދިއުމަކީ އެއްވެސް ބަފަޔަކު ދެކެން ބޭނުންވާނެ ދުވަހެއް ނޫނެވެ. އެ ދުވަހުން ފެށިގެން އެބޭފުޅާގެ ދިރިއުޅުން ހުއްޓުމަކަށް އައި ކަހަލައެވެ. ނަމަވެސް އައްޑޫ ސިޓީ ހުޅުމީދޫ އަލިވާގޭގެ އުނދޯލީގައި މިއަދު ފިކުރުބޮޑުވެ ގޮތް ހުސްވެވަޑައިގެން އެ އިންނަވަނީ ކަންވެގެން ދިޔަ ގޮސް ހަމަ އެއްގޮތަކަށް ވެސް ވިސްނިވަޑައި ނުގަންނަވާތީއެވެ.

"ކެތްނުކުރެވިގެން ގޮސް ތަންމަތީގައި އޮށޯންނަ ވަގުތު ވެސް އަޅުގަނޑު އެބަ އާދޭ، މި ޙަބަރު އިވުނީމަ ހިތްދަތިވެގެން ގޮސް،. ފަނޑިޔާރުކަމުގައި ވެސް ހުންނަތާ ވެސް 10 ވަރަކަށް އަހަރު ވެއްޖެހެން އަޅުގަނޑަށް ހީވާނީ، މިއިން އެއްވެސް ކަމެއްގައި މައްސަލައެއް ޖެހިފައެއް ނެތް، ދެން އަޅުގަނޑު މިއުޅެނީ ހައިރާން ވެގެން، އެ ދަރިފުޅު ގެންގޮސް ހައްޔަރުކޮށްގެން އުޅެނީ ކީއްވެގެންކަން ނޭނގިގެން" މާޔޫސްވެވަޑައިގެން އިންނެވި ދިވެހި ރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕާފުޅު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕާފުޅު މުހައްމަދު ސައީދު

ކުއްލި ނުރައްކަލުގެހާލަތު އިއުލާންކޮށް ފުލުހުންނާއި ސިފައިން ލައްވާ އުއްތަމަ ފަނޑިޔާރު ދަމާ ކޫއްތާފައި ގެންގޮސް ޖަލުގެ ކުޑަ ގޮޅީގައި ވަނީ ބަންދު ކޮށްފައެވެ. އުއްތަމަފަނޑިޔާރުގެ ބައްޕާފުޅުގެ ހިތްޕުޅަށް ދުވަހަކު ވެސް އަރާފައި ނެތް ތުހުމަތުތަކެއް އުއްތަމަފަނޑިޔާރު އަބުދުﷲ ސައީދު ގެ މައްޗަށް މިހާރު ވަނީ ކޮށްފައެވެ.

" އެ ޙަބަރު ލިބުމަށް ފަހު އަޅުގަނޑު އުޅެއުޅެ ހުރި ގޮތްވެސް މި ވަނީ ކެނޑިފައި، އަޅުގަނޑު ހިތްދަތިވޭ، އެ ދަރިފުޅަކީ ވަރަށް ރީތިކޮށް ވަރަށް އޮމާންކޮށް އުޅޭ ދަރިފުޅަކަށްވީމާ، އެ ދަރިފުޅާއި ގުޅޭގޮތުން މިފަދަ ބޮޑު ތުހުމަތެއް އަޅުވައިގެން މިފަދަ ބޮޑުކަމެއް ކުރީމަ، އެ ދަރިފުޅު ކުށެއް ނުކުރައްވައޭ" ވަރަށް އަސާރާއެކު މުހައްމަދު ސައީދު ވިދާޅުވިއެވެ.

އަބްދުﷲ ސައީދުގެ ވާހަކަ އެމަނިކުފާނުގެ ބައްޕާފުޅު ފެއްޓެވީ އަލިވާގޭގެ ސިޓިންރޫމްގައި ހުރި އަލަމާރީގައި ބަހައްޓާފައި ހުރި ފޮތްތައް ދައްކާލެއްވުމަށް ފަހުގައެވެ. އެއީ އަބުދުﷲ ސައީދު އިންޑިއާ އާއި މިސްރުގެ ޔުނިވާސިޓީތަކުން ކިޔަވާވިދާޅުވަން އުޅުއްވި އިރު ބޭނުންކުރެއްވި ފޮތްތަކެވެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ ދަރިފުޅަށް ލިބިފައިވާ ތައުލީމްގެ އަލީގައި މީގެ ކުރިން ވެސް ނެރުއްވަމުން ގެންދެވި ގޮތަށް އިންސާފުން ކުރެއްވި ހުކުމެއް ކަމަށް މުހައްމަދު ޝައީދު ގަބޫލްކުރައްވައެވެ. އަދި އެހުކުމްގައި ސަރުކާރު ވައްޓާލާ ވާހަކަ ނެތް ކަމަށާއި، ސަރުކާރު ވައްޓާލަން އޭނާގެ ދަރިފުޅު މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕާފުޅު މުހައްމަދު ސައީދު

"އެކަހަލަ އެއްވެސް ކަމެއްގައި އޭނާ ބައިވެރިއެއް ނުވާނެ، ކޮން ކަޅުފޮއްޓެއް. އެ ދަރިފުޅު ކުށެއް ނުކުރައްވައޭ. އެދަރިފުޅު ކުރެއްވިހާ ކަމަކީ އެ ދަރިފުޅަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން އަމުރެއް ކުރީ. ހުރި މަގާމުގެ ގޮތުން. އެހެން އެއްވެސް ކަމެއް ނުކުރޭ. ވަކި އިތުރު ކަމެއް ކުރެއްވީއެއް ނޫން އެކަމާއި ބެހޭގޮތުން. ސަރުކާރު ވައްޓާލަން ސަރުކާރާ ގުޅިގެން އެއްވެސް ކަމެއް ކުރާ ވާހަކައެއް ނޯންނާނެ ކޯޓް އަމުރުގައި" އަބްދުﷲ ސައީދުގެ ބައްޕާފުޅު ވިދާޅުވިއެވެ.

އަބްދުﷲ ސައީދު ހައްޔަރު ކުރީ ބިންމަތީގައި ދަމާ ކޫއްތާފައި ކަމަށް ލިބުނު ޚަބަރަށް ފަހު އަބްދުﷲ ސައީދުގެ ޚަބަރެއް ނުވާ ކަމަށް އަބުދުﷲ ސައީދުގެ ބައްޕާޕުޅު ވިދާޅުވިއެވެ. އަދި އެފަދަ ގޮތަކަށް ފުލުހުންނާއި ސިފައިން ކަންތައް ކުރާނެ ކަމަށް ހިޔާލަށް ވެސް ނާންނަ ކަމަށް ވިދާޅުވިއެވެ. މިއަދު އަބްދުﷲ ސައީދުގެ ޚަބަރެއް ލިބިވަޑައިގަންނަވަނީ ޓީވީތަކުން ކަމަށް އަބުދުﷲސައީދުގެ ބައްޕާފުޅު ވިދާޅުވިއެވެ.

މުހައްމަދު ސައީދު ރާއްޖެޓީވީއަށް މައުލޫމާތު ހިއްސާކުރައްވަނީ

"އަޅުގަނޑު މިހުރީ ހަމަ ހައިރާންވެފައި، ފުލުހުން އެފަދަ ކަމެއް ކޮށްފާނެ ކަމަށް ހީވެސް ނުކުރަން. ރެޑިއޯއިންނާއި ޓީވީން ލިބޭ ޚަބަރެއް އަޅުގަނޑަށް ވެސް ލިބެނީ. އެމީހުން (ފުލުހުން) އެފަދަ ކަމެއް ކުރިޔަސް. ކުރާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިއަށް ވުރެ ހިތްދަތި ކަމެއް އަޅުގަނޑަކާ އަދި ދިމައެއް ނުވޭ،" މުހައްމަދު ސައީދު ވިދާޅުވިއެވެ.

ދަރިފުޅުގެ ޚަބަރެއް ލިބެން އޮތް ހަމައެކަނި މަގަކީ ޓީވީތަކެވެ. ނަމަވެސް ޓީވީތައް ބެއްލެވުމުން ވެސް އިތުރަށް ލިބިގެންދަނީ ހިތްދަތިކަމެއް ކަމަށް އުއްތަމަފަނޑިޔާރުގެ ބައްޕާފުޅު ވިދާޅުވިއެވެ. އިވޭ އަޑުތަކާއި ދައްކަމުންދާ ވާހަކަތަކުން ލިބިވަޑައިގަންނަވާ ހިތްދަތިކަމުގައި ތެދުވެ އުޅުއްވަން ވެސް ވަނީ ދަތި ކަމަކަށް ވެފައެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

"އަޅުގަނޑު މިހުރީ ހަމަ ހައިރާންވެފާ، ފުލުހުން އެފަދަ ކަމެއް ކޮށްފާނެ، ކޮށްފާނެ ކަމެއް ވެސް ނޭނގޭ، އަޅުގަނޑަކަށް ނޭނގެ، އަޅުގަނޑު ޔަގީން ވެސް ނުކުރެވޭ، އަދި އެ ދަރިފުޅުގެ ފަރާތުން އަޅުގަނޑުމެނަށް އާއިލާއަކަށް ވެސް ނޭނގޭ، އެހެން ނަމަވެސް ރެޑިއޯއާއި ޓީވީން އިވޭ އަޑު އަޅުގަނޑުމެންނަން މިއިވެނީ، އެހެން އެއްވެސް ކަހަލަ މައުލޫމާތެއް ނުލިބޭ، އަޅުގަނޑު ހީއެއް ނުކުރަން އެމީހުން (ފުލުހުން) އެފަދަ ކަމެއް ކޮށްފާނެ ކަމަށް" މުހައްމަދު ސައީދު ވިދާޅުވިއެވެ.

އައްޑޫ މީދޫ އަލިވާގޭ މުހައްމަދު ސައީދާއި މައުމޫނާ މުހައްމަދު ދީދީ އަށް ލިބިވަޑައިގެންނެވި ފަސް ބޭފުޅުންގެ ތެރެއިން އަބްދުﷲ ސައީދަކީ މިހާރު ދުނިޔޭގައި ތިއްބެވި ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާއެވެ. އޭނާގެ ހަގަށް ތިއްބެވީ އާމިނަތު ސައީދާއި އާއިޝަތު ސައީދާއި އިބްރާހިމް ސައީދެވެ. އަބްދުﷲ ސައީދުގެ ދައްތަ މަރިޔަމް ސައީދު ވަނީ ތުއްޕުޅުއިރު އަވަހާރަވެފަ އެވެ. އެހެންވެ، މިހާރު އެންމެ ދޮށްޓަށް ހުންނެވި އަބްދުﷲ ސައީދަށް ދެރަ ގޮތެއް ވުމަކީ ބައްޕާފުޅު ވިދާޅުވި ގޮތުން ކެތްކުރެވޭނެ ކަމެއް ނޫނެވެ.

"ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަޅުގަނޑުގެ ދަރިފުޅާ ދަރިފުޅާ އެއްކޮށް ހައްޔަރުކޮށްފައިވާ އަލީ ހަމީދު މިނިވަންކޮށްދެއްވަން އަޅުގަނޑު އެދެން" އުއްތަމަފަނޑިޔާރުގެ ބައްޕާފުޅު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!

ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!

24 ފެބުރުއަރީ 2018
ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

06 ފެބުރުއަރީ 2018
ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018
ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު