Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މެމްބަރު އަމީތު

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އޮންނެވި އިރު ބަންގި ގޮވަނީ ގޮޅިއެއްގައި އޮތް މީހަކު

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2017 | އަންގާރަ 13:13
މެމްބަރު އަމީތު ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫއަށް ގެންދަނީ

މެމްބަރު އަމީތު ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫއަށް ގެންދަނީ

"މަޑުން މި އޮވެ ނިދާލާތޯ ކިޔޭ ކިޔޭ ނާނާ، މަވީ މަވީ ލޯބިން ނަޔާ ރާގުގާކި ނާނާ," މިއީ މަޔަކު އޭނާގެ ބަނޑުން ވިހެއި ދަރިޔަކު ނިންދަވަން އޮވެ ކިޔައިދިން ނާނާއެވެ. މި ނާނާގައި މައިމީގެ ހިތުގައި ދަރިޔަކަށް އޮތް ލޯތްބާއި، އޭނާގެ ދަރިޔަކީ ރައްޔިތުންގެ ގަދަރާއި، މަތިވެރި ޝަރަފް ގައުމަށް ހޯދައިދޭނެ ދަރިޔަކަށް ވުމަށް އުންމީދު ކުރާ ވާހަކަތައް ގެނެސްދީފައިވެއެވެ. ހަލާލު މަސައްކަތުން ތާހިރު ދިރިއުޅުމަކާއެކު އުފާވެރި ހަޔާތެއް އޭނާގެ ދަރިއަށް އެދޭ ކަމުގައި ބުނެއެވެ.

ގދ. ގައްދޫއަށް އުފަން މުހައްމަދު އަމީތަކީ މިއަދު ރައްޔތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރެވެ. އެއީ އޭނާގެ މައިންބަފައިންގެ އުންމީދު ތަކުގައި ކޮޅުފައިން ޖެއްސެވި ދަރިއެއް ނޫނެވެ. ރައްޔިތުން އިންތިހާބުކުރި މަގާމެއްގައި ހުންނަވައިގެން ދިވެހި ގައުމަށް އޭނާ ކޮށްދެއްވަމުން ގެންދަވާ ޚިދުމަތަކީ ކުރިން ބުނެވުނު ނާނާގައި މައިމީހާ އެދޭ ފަދަ ފުރިހަމަ ޚިދުމަތެކެވެ. އޭނާ މައިންބަފައިން އެދިވަޑައިގެންނެވި ގޮތަށް ޝަރަފްވެރިއެއް ގޮތުގައި ހުންނަވަން ބޭނުންފުޅުވީ ރައްޔިތުންނަށް ޚިދުމަތެއް ކޮށްދެއްވައިގެންނެވެ.

26 ޖުލައި 2017 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކުރީ އޭނާ މަސައްކަތްކުރައްވާ އޮފީހުގައި ހުރި ކުޑަދޮރަކުން ފުލުހެއް އޮފީސްތެރެއަށް ކުއްލި ގޮތަކަށް ފުންމާލައިގެންނެވެ. ލިބިލެއްވި ހައިރާންކަމާއެކު ކުއްލި ސިހުމެއް އަމީތަށް ލިބިވަޑައިގަތެވެ. އެހެން ނަމަވެސް ތާރީހުގެ ސޮފްހާތައް ހެކިދޭ ގޮތުން ޒާލިމުންގެ އާރާބާރަކީ އިސާހިތަކު ފިލައިދަނިވި އެއްޗެއްކަން އެރޭ ވެސް އޭނާ ގަބޫލު ކުރެއްވި ކަމަށް ވިދާޅުވިއެވެ.

އަމީތު ކުޑަގޮޅިއަށް ގެންދެވިއްޖެއެވެ. އެހެން ނަމަވެސް އަމީތަކީ އުމުރުން 14 އަހަރުގައި އުފަން ރަށުން މާލެ ބަދަލުވީއްސުރެ 14 ފޫޓް 10 ފޫޓްގެ ކޮޓަރިއެއްގައި ދިރިއުޅުން ހޭދަކުރައްވައިފައިވާ ފަރާތަކަށް ވުމުން އެކުޑަ ގޮޅީގެ ކުޑަކަން މާބޮޑު މައްސަލައަކަށް ނުވިއެވެ. އެހެން ނަމަވެސް ފާހާނާގައި ހުރި އިސްކުރުގެ ފެން ބޯފެނުގެ ގޮތުގައި ބޭނުންކުރައްވަން ޖެހިވަޑައިގަތުމާއި ކުނާގަނޑެއްގައި ނިދިކުރައްވަން ޖެހިވަޑައިގަތުމުން އުނދަގޫތަކެއް އިހްސާސްކުރައްވަން ޖެހިވަޑައިގަތެވެ.

އަނދިރިކަމުން ތަނެއް ދޮރެއް ވަކިނުވާ ކުޑަގޮޅީގައި 26 ދުވަހު އޮންނެވި އިރު ޖެހިގެން ހުރި ގޮޅިއަކުން ގަވައިދުން ބަންގި ދެމުންދާ މީހަކު އުޅުނު ކަމަށް ވިދާޅުވިއެވެ. އަދި ފުރަތަމަ ކޮޅު ހެނދުނެއް ، މެންދުރެއް، ހަވީރެއް ، ރޭގަނޑެއް ވަކިކުރައްވަން އެނގިނުލައްވާ ކަމަށް ވިދާޅުވިއެވެ. އެ އެކަނިވެރިކަމުގައި އެގޮތަށް އޮންނެވި އިރު، ކުރިން އަމީތަށް އަމުރު މައުރޫފް ހިންގެވުމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަޑުފުޅުން ގަނޑިންވާވަރު އަޑުގެ ކޮޅަށް ވިދާޅުވާން ފެއްޓެވުމުން ހިތްހަމަޖެހުމެއް ލިބިލެއްވި ކަމަށް ވިދާޅުވިއެވެ.

ތައުލީމު ހާސިލް ކުރެއްވުމަށް އެމްއީއެސްގައި އުޅުއްވި އިރު އަދަބީ ކަންކަމަށް ދިން އިސްކަމެއްގެ ސަބަބުން އެއް ދުވަހު " ސްކައުޓް" ހަރަކާތެއްގައި ބައިވެރިވެ ނުލައްވައިގެން "އަވީގައި" ބެހެއްޓި ހަނދާނެއް ހުންނަ ކަމަށް އަމީތު ވިދާޅުވިއެވެ. އެހެން ނަމަވެސް އިރުގެ އަލިކަން ނެތް ކުޑަގޮޅީގައި ހުރި ހޫނުގެ ސަބަބުން ނިދިކުރެއްވުމަށް ފަސޭހައެއް ނުވި އެވެ.

ހަތަރު އަހަރެއްހާ ދުވަހު މީޑިއާގައި ވެސް މަސައްކަތް ކުރައްވައި 900 ޕްރޮގްރާމް ހުށަހެޅުއްވި އިރު ކުރިމަތީގައި ހުރި ކެމެރާއަށް ދެއްވި ސަމާލުކަމަށްވުރެ ހަގު އަންހެން ދަރިފުޅަށް ދެއްވި ސަމާލުކަން ޖަލުގައި ހުންނެވި އިރު ބޮޑުވި ކަމަށް އަމީތު ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ފުރަތަމަ ހުކުމް ކުރި ދުވަހަކީ އެދަރިފުޅަށް 1 އަހަރު ފުރުނު ދުވަސްކަމަށް އިއްތިފާގުން ނަމަވެސް ދިމާވުމެވެ.

ފަރިތަކަމާއެކު ޓޭބަލް ޓެނިސް ކުޅުއްވާ މުހައްމަދު އަމީތު ވިދާޅުވީ ދޮހޮއްކޮބޭގެ ލަވަތަކުގެ ޖަޒުބާތުގައި ޖެހިލެއްވުނު ދުވަސްވަރެއް ދިޔަ ކަމަށާ ، އެހެން ނަމަވެސް ޖަލުގައި އޭނާއަށް ނަފްސާނީ ގޮތުން ލިބިލެއްވި އަނިޔާގެ ބަދަލަށް ޖަޒުބާތުގައި ހުންނަވައިގެން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

އެހެން ނަމަވެސް އަމީތު ޖަލުގައި ހައްޔަރު ކުރި ސަބަބާ ބެހޭގޮތުން ދަރިން ސުވާލު އުފައްދާ އިރު އެކުދިންނަށް ކޮށްފައިވާ އަސަރު ވަރަށް ބޮޑު ކަމަށް އަމީތު ވިދާޅުވިއެވެ. އެވާހަކަތައް ކެމެރާގެ ކުރިމަތީގައި ފުރިހަމައަށް ވިދާޅުވެ ދެއްވުމަށް އުޒުރުވެރިވެ ވަޑައިގަތަސް އެއީ ކުޑަ ވާހަކައެއް ނޫނެވެ.

ޑިމޮކްރަސީ އާއި ރައްޔިތުންގެ ޚިދުމަތުގައި އޭނާ ކުރެއްވި މަސައްކަތްޕުޅަކާއި ގުޅިގެން ޖަލުގެ ކުޑަގޮޅިއަށް ލެއްވިޔަސް އަމީތު ހުންނެވީ ދޫދެއްވާކަށް ނޫނެވެ. އަނބިކަބަލުންނާއި ، ދަރިންނާއި، ލޯބިވާ މައިންބަފައިންގެ ހައްގުގައި އަމީތު ދައްކަވަނީ ފުރިހަމަ ނަމޫނާއެކެވެ. ޑިމޮކްރަސީ އަލުން މިގައުމަށް ގެނައުމަށް އޭނާ ކުރައްވާ މަސައްކަތުގައި އަރުއްވައިގެން އިންނެވި ސަވާރީގެ ދުވެލި ހައްތާ އެގެންދަވަނީ ބާރު ކުރައްވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާމިރާއި ވިސާމް ޖަލުގައި ހޭދަކުރި ހިތްދަތި 11 ދުވަސް

އާމިރާއި ވިސާމް ޖަލުގައި ހޭދަކުރި ހިތްދަތި 11 ދުވަސް

27 މާރިޗު 2018
ރައީސް މައުމޫން ޖަލުގެ ކުޑަގޮޅީގައި 50 ދުވަސް

ރައީސް މައުމޫން ޖަލުގެ ކުޑަގޮޅީގައި 50 ދުވަސް

27 މާރިޗު 2018
އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

27 މާރިޗު 2018
ރާއްޖެ ޓީވީ ނުފެނުމުގެ ހިތްދަތި އިހްސާސް

ރާއްޖެ ޓީވީ ނުފެނުމުގެ ހިތްދަތި އިހްސާސް

11 ފެބުރުއަރީ 2018
ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

25 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު