Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޮޑުތިލަދުންމަތި

ބޮޑުތިލަދުން މައްޗަށްވީ އިހުމާލުގެ ހިތި 2018 ގައި ފެންނާނެ!

އެސްއީޒެޑްގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރަން ބުނި ބިޔަ އައިހެވަން މަޝްރޫއު އޮތީ ހުއްޓިފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2017 | އަންގާރަ 12:42
އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ސަރުކާރުން ވައުދުވީ އައިހެވަން މަޝްރޫއުގެ ކުރެހުމެއް

އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ސަރުކާރުން ވައުދުވީ އައިހެވަން މަޝްރޫއުގެ ކުރެހުމެއް

ފާއިތުވި ހަފްތާތަކުގައި ސަރުކާރާއި ސަރުކާރު ހިންގާ ޕީފީއެމްގެ ފަރާތުން އެންމެ އަޑު ހަރުކޮށް ދެއްކި އެއްވާހަކައަކީ މުޅި ބޮޑު ތިލަދުންމަތި އެއްކޮަށް ލުހިގެން އައިސް ސަރުކާރަށް ތާއީދު ކުރި ވާހަކައެވެ. މިމަހުގެ 12 ދުވަހު ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި "އުދުހޭ" ޖަލްސާގައި މީހުން ގިނަކަމުންނޯލައެވެ. ކުޅުދުއެްފުށީ ރައްޔިތުން އެއާޕޯޓެއް ބޭނުމެވެ. ދެން މިވީހާ ދުވަސްނުވެ ކުޅުދުއްްފުށީގެ ރައްޔިތުންނަށް އެއާޕޯޓެއް ލިބިދާނެތޯއްޗެކެވެ.

އުފެދޭ ސުވާލަކީ ކުޅުދުއްފުށީ ގައި އެއާޕޯޓެއް ހެދުމުން މުޅި ތިލަދުންމަތީގެ ތާއީދު ގަނޑުކޮށް ސަރުކާރަށް ލިބިދާނެބާވައެވެ. އެއާޕޯޓާއި ގުޅިގެން ހއ. އަދި ހދ. ގެ ހުރިހާ ރައްޔިތުންގެ ވޯޓް މި ސަރުކާރަށް ހަމަ ލިބިދާނެބާވައެވެ. މިހެން މި ދެންނެވީ އެއާޕޯޓް ހެދިނަމަވެސް ތިލަދުންމައްޗާއި ގުޅިލާމެހިފައިވާ ގިނަ މަޝްރޫއުތައް އަދިވެސް ހުރީ ހުއްޓިފައެވެ. އެގޮތުން ހއ. އުލިގަމުގައި ހަދަން ވައުދުވީ ޔޮޓްމެރީނާ ކޮބައިތޯއެވެ؟ ޔޮޓްމެރީނާގެ ވާހަކަ ސަރުކާރުން ނުދައްކާތާ ދުވަސްތަކެއް ވެއްޖެއެވެ. ވޯޓް ހޯދަން އަންނައިރު އުލިގަމު ރައްޔިތުން ތިބެންވީ ހައްޕު ކިޔައިގެންތޯއެވެ.

ދެންއޮތީ އުތުރުގައި ހަދަން ވައުދުވި ޓާޝަރީ ހޮސްޕިޓަލްގެ ވާހަކައެވެ. ހެދި ނުހެދިއެއް ނޭނގި ލިޔެކިއުންތަކެއްގައި ސޮއިކުރިއެވެ. އެކަމާއި ގުޅިގެން ކެނޑިފޮންޏާއި ތިލަދުން މަތީގެ ރައްޔިތުންނަށް ދެއްކި ހުވަފެން މަތީން އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. އެކަމަކު އަދި މިހާތަނަށް އައިއިރުވެސް އެ ހޮސްޕިޓަލް އެޅުމަށްޓަކައި އެންމެ ގާކޮޅެއް ވެސް ފުރޮޅާލި މަންޒަރެއް ނުފެނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮަށް ތަރައްގީކުރުމުގެ ވާހަކައަކީ ވެސް އެއް އިރެއްގައި މެދުނުކެނޑި އިވުނު ވާހަކަތަކެކެެވެ. ވެރިކަމުގެ ދައުރު ނިމެން އަހަރަކާ ގާތްވިއިރުވެސް ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމީ، މުޅިރާއްޖެ ހެކިވާނެކަމެވެ.

ހދ. އަތޮޅުގައި ރިސޯޓެއް ނެތްވާހަކައާއި އެ އަތޮޅުގައި ހަދާނެހާ ރިސޯޓްތަކުގެ ވާހަކައަކީވެސް ހަނދާން އާކޮށްލަންޖެހޭ ވާހަކައެކެވެ. ކެލާ އިންޓަގްރޭޓެޑް ރިސޯޓާއި ނޮޅިވަރަންފަރު ޓްރެއިނިންގ ރިސޯޓްގެ ވާހަކައެވެ. މީގެ އިތުރުން ވެސް ހދ. އަތޮޅުގެ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް ހަދަން ބުނިހާ ރިސޯޓްތައް ކޮބައިހެއްޔެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ކުރެހުމެއް

ތިލަދުންމަތީގެ ރައްޔިތުންނަށް ދެއްކި އަނެއް ހުވަފެނަކީ އެސްއީޒެޑްގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރަން ބުނި ބިޔަ އައިހެވަން މަޝްރޫއެވެ. އެކަމަކު މިހާރު އެވާހަކަ ދެއްކި މީހަކު އަދި ހަނދާން ހުރި މީހަކު ވެސް އުޅޭހެނެއް ހިޔެއްނުވެއެވެ. އެ މަޝްރޫއުގެ ހުވަފެން ދައްކާ 2015 ގައި ފީސިބިލިޓީއެއް ހެދިއެވެ. އޭގެފަހުން ސިންގަޕޫރު ބަޔަކާއި ހަވާލުކޮށް މާސްޓަރ ޕްލޭން ހަދާ ކޮންސަލްޓެންސީ މަސައްކަތް ވެސް ނިންމިއެވެ. މަޝްރޫއަށް ޝައުގުވެރިވާ ބޭރުގެ އެތައް ކުންފުންޏެއްގެ ލޯ ރާއްޖެއަށް އަމާޒުވެފައިވާ ކަމަށް ސަރުކާރުގެ މިނިސްޓަރުން ދިޔައީ ހަރުއަޑުން ވިދާޅުވަމުންނެވެ. ލަފާކުރިވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ. އޭރުވެސް މިހާރުވެސް މަޝްރޫއުގެ ނަން ބުނެލުންފިޔަވާ ވީކަމެއް ދައްކަބަލާށެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ފިޝަރީޒް މިނިސްޓަރު ޝައިނީއާއި ދެބޭފުޅުން މި މަޝްރޫއަށް ޝައުގުވެރިވާ އަރަތްބަކު ލިބޭތޯ އެ އޮތް ބޮޑު ސައުދީގައި އަތްފުނާ އެޅުއްވި ވާހަކަ އަޑުއިވުނެވެ. އެއްދުވަސްވަރެއްގެ ނޫސްތަކުގެ ހެޑްލައިންތަކުގެ އެންމެކުރިން ޖާގަހޯދަމުން ދިޔައީ، އައިހެވަންގެ ވާހަކަތަކެވެ. އެކަމަކު މިހާރު މަޝްރޫއާއިއެކު އެވާހަކަވެސް ވަޅުޖެހިއްޖެއެވެ. އެކަމަކު ތިލަދުންމަތީގެ ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެއެވެ.

2018 ބޭނުމިއްޔާ ފުރަތަމަ ޖެހިވަޑައިގަންނަވާނީ ވީ ވައުދުތައް ފުއްދަވާށެވެ. ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ އަހަރު ހޯރަފުށީގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫއު ފައްޓަވާނެކަމަށް ވިދާޅުވިއެވެ. ތިލަދުންމަތީގައި ހަދަންބުނި ޓްރާންޝިޕްމެންޓް ބަނދަރަކީވެސް ވައުދެކެވެ. އެކަމަކު ހޮޅި ވައުދެކެވެ. ހައްތަހާވެސް ތިލަދުންމަތީ ރައްޔިތުންނަށް ސަރުކާރުން އަދި މިހާތަނަށް ދައްކަމުންދަނީ ކުލަނުޖެހޭ ހުވަފެންތަކެކެވެ. ވޯޓް ލިބޭނެކަމަށް ހިތާ ރައްޔިތުން ގުނބޯ ހައްދަންވާނީ ވެސް ވަކިވަރަކަށް ނޫންތޯއެވެ. އެންމެފަހުން އިހަވަންދިއްޕޮޅަށް ނިސްބަތްވާ ދާއިރާތަކުގައި ތިއްބެވި ސަރުކާރަށް ނިސްބަތްވާ މެންބަރުންވެސް ރަތަށް އަރައިފިއެވެ.

މީގެން ޕްރޮޖެކްޓްއްގެ ވާހަކަ 2018 ވަނަ އަހަރުގެ ބަޖެޓްގައި އަމުދުން ހިމެނިފައިނިފައި ވެސް ނުވަނީއެވެ. މި ސަރުކާރާއިމެދު ބޮޑު ތިލަދުންމަތީގެ ރައްޔިތުންގެ އިތުބާރު ނުގެއްލެންވީ ސަބަބެއްނެތެވެ. ބޮޑު އާބާދީއެއް އޮތް ބޮޑުތިލަދުންމައްޗަށް މިހާވަރަށް އިހުމާލުވުމުން އެރައްޔިތުން ދެންބުނާނީ ސޮރީއޭ ނޫންތޯއެވެ. ރައްޔިތުންނާއި ގުޅުންހުރި މިފަދަ ބޮޑެތި ހުރިހާ މަޝްރޫއުތައް ފެއިލްވުމުން ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ވެސް ފެއިލްވަނީ ނޫންތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

2018: ނޫސްވެރިންނަށް ބިރުވެރި އަހަރެއް، ނިމުން އައީ ފޮނިކޮށް!

2018: ނޫސްވެރިންނަށް ބިރުވެރި އަހަރެއް، ނިމުން އައީ ފޮނިކޮށް!

01 ޖެނުއަރީ 2019
2018: މަރުތަކާއި، ހިޔާނަތުގެ ހަޤީޤަތް ނުހޯދުނު!

2018: މަރުތަކާއި، ހިޔާނަތުގެ ހަޤީޤަތް ނުހޯދުނު!

31 ޑިސެމްބަރު 2018
ހޮލީވުޑް 2018: ތަރިން، ފިލްމް އަދި މައްސަލަތައް

ހޮލީވުޑް 2018: ތަރިން، ފިލްމް އަދި މައްސަލަތައް

31 ޑިސެމްބަރު 2018
ކެހި ކަނޑުލުގެ ހިތި ފިލުވާން ޖެހޭނީ ހަމަ އެ މީހުންނެވެ.

ކެހި ކަނޑުލުގެ ހިތި ފިލުވާން ޖެހޭނީ ހަމަ އެ މީހުންނެވެ.

07 އޮކްޓޯބަރު 2018
ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

03 ޖޫން 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު