Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤުދުސްގެ މައްސަލަ

އަނެއްކާ ވެސް ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދުކޮށްލައިފި

12 ޖެނުއަރީ 2018 | ހުކުރު 09:22

އިއްޔެ 16 އަހަރުގެ ކުޑަ ކުއްޖަކު ވެސް ޝަހީދުކޮށްލި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 12 ޖެނުއަރީ 2018 | ހުކުރު 09:22
އިސްރާއީލުގެ ބޯޑަރު ކައިރީގައި ފަލަސްތީނުގެ ޒުވާނަކު އިސްރާއީލާ ދެކޮޅަށް އިހުތިޖާޖުކުރަނީ

އިސްރާއީލުގެ ބޯޑަރު ކައިރީގައި ފަލަސްތީނުގެ ޒުވާނަކު އިސްރާއީލާ ދެކޮޅަށް އިހުތިޖާޖުކުރަނީ

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ ސިފައިންނާއި ފަލަސްތީނުގެ ޒުވާނުންނާ ދެމެދު ބުރާސްފަތި ދުވަހު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލުން ބަޑިޖަހައި ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.

އެއް ޒުވާނަކު ޝަހީދުވެފައި ވަނީ ޣައްޒާގެ ބުރީޖު ރެފިއުޖީ ކޭމްޕްގެ އިރުމަތީގައި އިސްރާއީލާ ދެކޮޅަށް އިހުތިޖާޖުކުރަމުން ދަނިކޮށް، އިސްރާއީލް ސިފައިން އޭނާގެ މެޔަށް ބަޑި ޖެހުމުންނެވެ. އަދި ހުޅަނގު އައްސޭރީގައި ނާބުލްސްގެ ދެކުނުން އޮންނަ އަވަށެއް ކަމަށްވާ އިރާޤް ބުރީންގައި 16 އަހަރުގެ ކުޑަ ކުއްޖަކަށް އިސްރާއީލް ސިފައިން ދިން ބަޑީގެ ހަމަލާއަކަށް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ.

ޣައްޒާގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި އިތުރު ތިން މީހަކަށް ވަނީ އަނިޔާވެފައެވެ.

އިސްރާއީލް ސިފައިންގެ ތަރުޖަމާނަކު ބުނީ ޣައްޒާ އާއި އިސްރާއީލް ގުޅޭ ސަރަހައްދީ ރޮނގުގެ ދެ ސަރަހައްދަކަށް ފަލަސްތީނުގެ ޒުވާނުން އެއްވެ، އިސްރާއީލް ސިފައިންނާ ކުރިމަތިލާފާއި ވާކަަށެވެ. އަދި އެމީހުންގެ ފަރާތުން ނުރައްކަލެއް އޮތްކަމަށް ފެންނާތީ އިސްރާއީލް ސިފައިން ބަޑި ޖަހާފައިވާ ކަމަށެވެ. އެހެން ނަމަވެސް މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފަލަސްތީނުގެ ޒުވާނުން އޮށްގައު އުކާއިރު، އޭގެ ސަބަބުން މާބޮޑު ބިރެއް ނެތް ނަމަވެސް އެމީހުންގެ ގަޔަށް ބަޑިޖެހުމަކީ އިސްރާއީލް ސިފައިންގެ އާދައެކެވެ.

ހުޅަނގު އައްސޭރީގައި ވެސް އިސްރާއީލް ސިފައިން ފަލަސްތީނުގެ ޒުވާނުންގެ ގަޔަށް ބަޑި ޖަހާފައި ވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައެވެ.

ނިމުނު ހަފްތާތެރޭގައި ގޮތް ނޭނގޭ ބަޔަކު ޢިބްރީންގެ ދީނީ މީހަކަށް ދިން ބަޑީގެ ޙަމަލާއަކާ ގުޅިގެން ހުޅަނގު އައްސޭރީގައި ދިރިއުޅެމުންދާ އެތައް ހާސް ރައްޔިތުންނަކަށް އިސްރާއީލުން ވަނީ ދަތިކޮށްފައެވެ. އެގޮތުން ބޮޑެތި މަގުތައް ބަންދުކޮށް، ބައެއް އަވަށްތަކަށް ވަދެ ނިކުތުން ވަނީ މަނާކޮށްފައެވެ.

އެމީހާއަށް ޙަމަލާދީފައި ވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ޖެނީވާ މުޢާޙަދާއާ ޚިލާފަށް އަޅާފައިވާ ގެތަކުގެ ތެރެއިން އޭނާ ދިރިއުޅޭ ގެ ކައިރީގައި ހުއްޓާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާ އިން ނިންމުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާއިރު، ކޮންމެ ދުވަހަކު ވެސް ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ނިކުމެ އިސްރާއީލާ ދެކޮޅަށް އިހުތިޖާޖުކުރަމުން ގެންދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
05 މާރިޗު 2017

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް